Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ޗެލްސީއާ ދެކޮޅަށް ކުޅެން ޖެހޭނީ ޓަފް މެޗެއް: ގާޑިއޯލާ

ޗެލްސީއާ ދެކޮޅަށް ނިކުންނައިރު، ސިޓީ ދެ ވަނައިގައި އޮތީ މިހާތަނަށް ކުޅުނު 23 މެޗުން 52 ޕޮއިންޓާއެކު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 ފެބުރުއަރީ 2024 | ހޮނިހިރު 02:20
މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ

މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީއާ ދެކޮޅަށް ކުޅެން ޖެހޭ މެޗު ވަރަށް ޓަފް ވާނެ ކަމަށް، އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

އޭނާ މިހެން ބުނީ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ހޮނިހިރު ދުވަހުގެ ރޭ ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ. އެ މެޗަށް ނިކުންނައިރު، ސިޓީ އޮތީ ލީގު ތާވަލްގެ ދެ ވަނައިގަ އެވެ. މި ސީޒަންގައި ނަތީޖާތައް ދަށްވެފައިވާ ޗެލްސީ އޮތީ 10 ވަނައިގަ އެވެ. އެ މެޗުން މޮޅުވެގެން، ލީގު ތާވަލްގެ އެއް ވަނަ އަށް އެރުމުގެ ފުރުސަތު ސިޓީ އަށް އޮންނާނެ އެެވެ.

ގާޑިއޯލާ ބުނީ، ޗެލްސީ އަކީ ވަރުގަދަ ޓީމެއް ކަމަށާއި، އެ ޓީމުގެ ހުރިހާ ޑިޕާޓްމަންޓެއް ވެސް ވަރަުގަދަ ވާނެ ކަމަށެވެ. ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗަކީ، އަބަދު ވެސް ސީޒަންގައި ކުރިމަތިލާން ޖެހޭނެ އެންމެ ޓަފް މެޗުގެ ގޮތުގައި ވެސް އޭނާ ވަނީ ސިފަ ކޮށްފަ އެވެ.

މީގެ އިތުރުން ގާޑިއޯލާ ބުނީ ޗެލްސީ އަކީ ހުރިހާ ސިފަތަކަކުން ފުރިހަމަވެފައި އޮތް ޓީމެއް ކަމަށެވެ. އެ ޓީމުގައި ކުޅުމުގެ ފެންވަރާއި، ބޯޅަ ގެއްލުވައި ނުލާ ކުޅުމުގެ ފެންވަރު އެންމެ ފުރިހަމަ އަށް އޮންނާނެ ކަމަށް ވެސް އޭނާ ބުންޏެވެ. އޭގެ އިތުރުން، ޗެލްސީގައި ތިބި ކޮންމެ ކުޅުންތެރިޔަކީ ވެސް ބޯޅަ އާއެކު ފަރިތަ ކުޅުމެއް ކުޅޭނެ ކުޅުންތެރިން ކަމަށް އޭނާ ބުންޏެވެ.

ޗެލްސީއާ ދެކޮޅަށް ނިކުންނައިރު، ސިޓީ ދެ ވަނައިގައި އޮތީ މިހާތަނަށް ކުޅުނު 23 މެޗުން 52 ޕޮއިންޓާއެކު އެވެ. ސިޓީ އަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން އެއް ވަަނައިގައި ލިވަޕޫލަށް ލިބެނީ 54 ޕޮއިންޓެވެ.

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

ޓީސީއާ ދެކޮޅަށް ނިކުންނަ މަނަންގް ކްލަބަކީ ދަންނަންތަ؟

27 ފެބުރުއަރީ 2017
ޓީސީއާ ދެކޮޅަށް ނިކުންނަ މަނަންގް ކްލަބަކީ ދަންނަންތަ؟
25 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ޓީސީއާ ދެކޮޅަށް ސެމީގައި ނިކުންނާނީ ނޭޕާލްގެ މަނަންގް

25 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ޓީސީއާ ދެކޮޅަށް ސެމީގައި ނިކުންނާނީ ނޭޕާލްގެ މަނަންގް
25 ފެބުރުއަރީ 2017

މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ

25 ފެބުރުއަރީ 2017
މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ
23 ފެބުރުއަރީ 2017

ފުރަތަމަ މެޗު މާޒިޔާއާ އެކު ކުޅެން ޖެހުމަކީ ބޮޑު ޗެލެންޖެއް: ސާންތި

23 ފެބުރުއަރީ 2017
ފުރަތަމަ މެޗު މާޒިޔާއާ އެކު ކުޅެން ޖެހުމަކީ ބޮޑު ޗެލެންޖެއް: ސާންތި
19 ފެބުރުއަރީ 2017

އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ

19 ފެބުރުއަރީ 2017
އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު