Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޖިލިސް އިންތިހާބު 2024

މަޖިލިސް އިންތިޚާބު: 90 ކެންޑިޑޭޓުންނާއެކު ޕާޓީއަކުން އެންމެ ގިނަ ކެންޑިޑޭޓުން ނުކުންނަނީ އެމްޑީޕީން!

4 ކެންޑިޑޭޓެއް ނަން އަނބުރައި ގެންދެވި، 9 ކެންޑިޑޭޓެއްގެ ހުށަހެޅުން އީސީން ބަލައިގަނެފައިނުވޭ

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 16 ފެބުރުއަރީ 2024 | ހުކުރު 17:05
އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން

އަންނަ މަހު އޮންނަ މަޖިލިސް އިންތިހާބުގައި ޕާޓީއަކުން އެންމެ ގިނަ ކެންޑިޑޭޓުން ނުކުންނަނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީގެ ނައިބު ރައީސް އިސްމައީލް ޙަބީބް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އަންނަ މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ޔަގީން އަދަދުތައް ހިއްސާކުރައްވާފައެވެ. އެގޮތުން މި އިންތިހާބުގައި އަންހެން 42 ކެންޑިޑޭޓުންނާއި ފިރިހެން 326 ކެންޑިޑޭޓުންނާއެކު ޖުމްކަ 368 ކެންޑިޑޭޓުން ވާދަކުރައްވާނެ ކަމަށް ޙަބީބު ވިދާޅުވިއެވެ.

ޙަބީބު ވިދާޅުވި ގޮތުގައި، މި އަހަރުގެ އިންތިހާބުގައި އެންމެ ގިނައިން ވާދަކުރައްވަނީ ޕާޓީތަކުން ނުކުންނަ ޖުމްލަ ކެންޑިޑޭޓުންނެވެ. އެހެން ނަމަވެސް ވަކިވަކި ޕާޓީތަކުން ނުކުންނަ ކެންޑިޑޭޓުންނަށް ވުރެ، އަމިއްލަ ގޮތުން ނުކުންނަ ކެންޑިޑޭޓުންގެ އަދަދު އިތުރެވެ. އެގޮތުން އަމިއްލަ ގޮތުން އަންހެން 20 ކެންޑިޑޭޓަކާއި، ފިރިހެން 110 ކެންޑިޑޭޓަކާއެކު ޖުމްލަ 130 ކެންޑިޑޭޓަކު މި އިންތިހާބުގައި ވާދަކުރެއެވެ.

ޕާޓީއަކުން އެންމެ ގިނަ ކެންޑިޑޭޓުން ނުކުންނާނީ އިދިކޮޅު އެމްޑީޕީންނެވެ. އެގޮތުން 6 އަންހެން ކެންޑިޑޭޓަކާއި، 84 ފިރިހެން ކެންޑިޑޭޓަކާ އެކު އެމްޑީޕީން 90 ކެންޑިޑޭޓަކު އިންތިހާބުގައި ވާދަކުރެއެވެ. އެމްޑީޕީއަށް ވުރެ އެއް ކެންޑިޑޭޓަކު މަދުން، ސަރުކާރުގެ ޕީއެންސީން އިންތިހާބުގައި ވާދަކުރަނީ 89 ކެންޑިޑޭޓުންނެވެ. އެއީ އަންހެން ދެ ކެންޑިޑޭޓަކާއި ފިރިހެން 87 ކެންޑިޑޭޓުންނެވެ.

މި އިންތިހާބުގައި ވާދަކުރާ އިތުރު ޕާޓީތަކުގެ އަދަދުތަކަކީ:

މި އަދަދުތަކުގެ އިތުރުން، މި އިންތިހާބުގައި ވާދަކުރުމަށް ހުށަހެޅި ކެންޑިޑޭޓުންގެ ތެރެއިން 9 ކެންޑިޑޭޓެއްގެ ކެންޑިޑެންސީ އީސީން ބަލައިގަނެފައިނުވެއެވެ. އަދި ޝަރުތު ހަމަވި 372 ކެންޑިޑޭޓުންގެ ތެރެއިން، އެމްޑީޕީން މުލަކު ދާއިރާއަށް، ޕީއެންސީން ގައްދޫ ދާއިރާއަށް، ޑިމޮކްރެޓްސް އިން ހިތަދޫ މެދުދާއިރާއަށް އަދި އަމިއްލަގޮތުން ކިނބިދޫ ދާއިރާއަށް ކުރިމަތިލެއްވި ކެންޑިޑޭޓަކާއެކު ޖުމްލަ ހަތަރު ކެންޑިޑޭޓަކު ނަން އަނބުރާ ގެންދެވިކަމަށް ހަބީބު ވިދާޅުވިއެވެ.

އެއާއެކު، މި އަހަރުގެ މަޖިލިސް އިންތިހާބުގައި ވާދަކުރަނީ، 2019 ވަނަ އަހަރު ބޭއްވުނު އިންތިހާބަށް ވުރެ މަދު އަދަދެއްގެ ކެންޑިޑޭޓުންނެވެ. އެގޮތުން މި އަހަރު 368 ކެންޑިޑޭޓުން ވާދަކުރާއިރު، 2019 ވަނަ އަަހރު އަންހެން 43 ކެންޑިޑޭޓުންނާއި ފިރިހެން 343 ކެންޑިޑޭޓުންނާއެކު ޖުމްލަ 386 ކެންޑިޑޭޓަކު ވާދަކުރިއެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
17 ޖެނުއަރީ 2017

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު
16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
10 ޖެނުއަރީ 2017

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު