Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބަޔާން މިއުނިކް

ގޯސްތަކެއް ހެދުނު، ދެން އޮތީ އަމިއްލަ ދަނޑުގައި ނަތީޖާ އަނބުރާލުން: ކޭން

ދެ ވަނަ ހާފަށް ބަޔާން ނިކުތްއިރު ޓީމުގައި އެއްވެސް ކަހަލަ ރޫހެއް ނެތް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 17 ފެބުރުއަރީ 2024 | ހޮނިހިރު 06:17
ބަޔާން އަށް ކުޅެމުން އަންނަ ހެރީ ކޭން

ބަޔާން އަށް ކުޅެމުން އަންނަ ހެރީ ކޭން

ޔުއެފާ ޗެމްޕިއަންސް ލީގުގައި ލާޒިއޯއާ ދެކޮޅަށް ކުޅުނު މެޗުގައި ބަޔާން މިއުނިކްގެ ކުޅުންތެރިންނަށް ގޯސްތަކެއް ހެދުނު ކަމަށް އެ ޓީމަށް ކުޅެމުން އަންނަ އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން ބުނެފި އެވެ.

ޗެމްްޕިއަންްސް ލީގުގެ ގަދަ 16 ވަނަ ބުރުގެ ފުރަތަމަ ލެގުގައި ލާޒިއޯއާ ވާދަކޮށް ބަޔާން ވަނީ ބަލިވެފަ އެވެ. އެހެންކަމުން، ކުއާޓާ ފައިނަލްގެ ޖާގަ ހޯދުމަށް ބަޔާނަށް ޖެހޭނީ އަމިއްލަ ދަނޑުގަައި ކުޅޭ ދެ ވަނަ ލެގު ކާމިޔާބު ކުރާށެވެ.

ލާޒިއޯ މެޗަށްފަހު ވާހަކަ ދައްކަމުން ކޭން ބުނީ، މި ހަފްތާ އަކީ ބަޔާނަށް ވަރަށް އުނދަގޫ ހަފްތާއެއް ކަަމަށެވެ. އޭނާ އެ އިޝާރާތް ކުރީ ޖަރުމަނު ލީގުގައި ބަޔާ ލެވަކޫސަން އަތުން ބަޔާން ބަލިވި ބަލިވުމަށެވެ. އެ މެޗުން ބަލިވެ، ބަޔާން ވަނީ ލީގު ރޭހުގައި ފަހަތަށް ސޮއްސާލައިފަ އެވެ. އެ ޕްރެޝަރުގައި އޮވެ ލާޒިއޯއާ ދެކޮޅަށް ކުޅެ ބަލިވުމާއެކު، ޕްރެޝަރު ވަނީ އިތުރަށް ބޮޑުވެފަ އެވެ.

ޓޮޓެންހަމް ދޫކޮށްލުމަަށްފަހު ބަޔާނަށް ބަދަލުވި ކޭން ބުނީ، މެޗުގެ ދެ ވަނަ ހާފުގެ ކުޅުން ދިޔައީ ވަރަށް ދަށްކޮށް ކަމަށާއި، އެކަމާ ވަރަށް ދެރަވާ ކަމަށެވެ. ދެ ވަނަ ހާފަށް ބަޔާން ނިކުތްއިރު ޓީމުގައި އެއްވެސް ކަހަލަ ރޫހެއް ނެތް ކަމަށާއި، ކުޅުންތެރިންގެ އިތުބާރު ވެސް ވަރަށް ބޮޑަށް އޮތީ ދަށްވެފައި ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް، ބަޔާން އަދިވެސް އޮތީ ފުރުސަތުގެ ތެރޭގައި ކަމަށާއި، ބަޔާންގެ އަމިއްލަ ދަނޑުގައި ކުޅޭ ދެ ވަނަ ލެގު އޮތްކަން އޭނާ ފާހަގަ ކުރި އެވެ. އެހެންކަމުން އުންމީދުގައި އަނެއްކާ ވެސް ކުރިއަަށް ދާން ޖެހޭ ކަމަށާއި، ބަޔާންގެ ދަނޑުގައި ކުޅޭ މެޗުން ނަތީޖާ އަނބުރާލައި، ބޭނުންވާ އަމާޒު ހާސިލު ކުރަން ޖެހޭ ކަމަށް ވެސް ކޭން ބުންޏެވެ. އޭނާ ޤަބޫލު ކުރާ ގޮތުގައި ބަޔާންގެ ކުޅުންތެރިންނަށް އެކަން ކުރެވޭނެ އެވެ.

މިދިޔަ އަހަރު ބަޔާނަށް ބަދަލުވި ކޭން ވަނީ މިހާތަނަށް ބަޔާނަށް ކުޅެދިން 29 މެޗުން 28 ލަނޑު ޖަހައިފަ އެވެ. ނަމަވެސް، ބޮޑެތި އަދި މުހިންމު މެޗުތަކުގައި ކޭންގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ނުފެންނާތީ، ޖަރުމަނުގެ މީޑިއާތަކާއި ބަޔާންގެ ސަޕޯޓަރުންގެ ފާޑު ކިޔުން އޭނާ އަށް އަމާޒުވެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް

ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް

21 މާރިޗު 2017
ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު

ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު

11 މާރިޗު 2017
އާސެނަލްގެ ދަނޑުގައި އެޓީމު ލަދުގަންނަވާލުމަށްފަހު ބެޔާން މިއުނިކް ކުއާޓާއަށް

އާސެނަލްގެ ދަނޑުގައި އެޓީމު ލަދުގަންނަވާލުމަށްފަހު ބެޔާން މިއުނިކް ކުއާޓާއަށް

08 މާރިޗު 2017
ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން

ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން

02 މާރިޗު 2017
މި ސީޒަނަށް ނިކުންނަނީ އަމިއްލަ އަށް އެވޯޑު ހޯދުމަށްވުރެ ބޮޑަށް ކްލަބަށް ތަށި ހޯދައިދޭން: ސެންޓޭ

މި ސީޒަނަށް ނިކުންނަނީ އަމިއްލަ އަށް އެވޯޑު ހޯދުމަށްވުރެ ބޮޑަށް ކްލަބަށް ތަށި ހޯދައިދޭން: ސެންޓޭ

01 މާރިޗު 2017

އަހަރުތަކުން މިއަދު

23 އެޕްރީލު
ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން
20251 އަހަރު ކުރިން
ރާއްޖެ

ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
20242 އަހަރު ކުރިން
ދުނިޔެ

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"
20224 އަހަރު ކުރިން
ރާއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
20197 އަހަރު ކުރިން
ރިޕޯޓު

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
20188 އަހަރު ކުރިން
ރިޕޯޓު

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު