Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ

އެންމެ ރޭވުންތެރިކަމާއެކު، ސިޔާސީ މަސައްކަތްތައް ކުރެވޭ ޕާޓީއަކީ އެމްޑީޕީ: ޔާސިރު

13 ފެބުރުއަރީ 2024 | އަންގާރަ 00:46

އެހެން ނަމަވެސް، ހޯމަ ދުވަހުގެ އެ ހަރަކާތުން ވެސް ފެނުނީ އެއާ ޚިލާފު މަންޒަރެއް ކަމަށް މެންބަރު ވިދާޅުވި

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 13 ފެބުރުއަރީ 2024 | އަންގާރަ 00:46
ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލްލަތީފް

ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލްލަތީފް

އެންމެ ރޭވުންތެރިކަމާއެކު، ސިޔާސީ މަސައްކަތްތައް ކުރެވޭ ޕާޓީ އަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލްލަތީފް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން، ހޯމަ ދުވަހު އެ ޕާޓީގެ ފަރާތުން މަޖިލީހަށް ނުކުންނަވާ ކެންޑިޑޭޓުންގެ ފޯމުތައް އިލެކްޝަން ކޮމިޝަނަށް ހުށަހެޅުމަށް އެމްޑީޕީން ގެންދިޔަ ހަރަކާތާ ގުޅޭ ގޮތުން ޔާސިރު ވިދާޅުވީ، ހޯމަ ދުވަހުގެ ހެނދުނު ދަރުބާރުގޭގައި ކުރިއަށް ގެންދިޔަ ހަރާކާތުން ވެސް ފެނުނީ ހަގީގީ އެމްޑީޕީގެ އޭގެ ޒާތުގައި، އެބައޮތް ކަން ކަމަށެވެ.

ޔާސިރު ވިދާޅުވީ، އެމްޑީޕީގެ ވެރިކަން ނިމުމުން އެމްޑީޕީ ނޯންނާނެ ކަމަށް ބައެއް ބޭފުޅުން ވިދާޅުވި ނަމަވެސް، ހޯމަ ދުވަހުގެ އެ ހަރަކާތުން ވެސް ފެނުނީ އެއާ ޚިލާފު މަންޒަރެއް ކަމަށެވެ.

ޔާސިރު ވިދާޅުވީ، ހޯމަ ދުވަހު ދަރުބާރުގޭގެ އެ ހަރަކާތުގެ ތެރެއިން އެމްޑީޕީގެ ސީނީއާ ލީޑާޝިޕްގެ ބޭފުޅުންގެ އިތުރުން، މިދިޔަ ސަރުކާރުގެ ވަޒީރުން ވެސް ފެނިވަޑައިގެންނެވި ކަމަށާއި، އެއް ކެންޑިޑޭޓަކާއި އަނެއް ކެންޑިޑޭޓަކު ވެސް މަސައްކަތްތަކުގައި އެހީތެރިވި މަންޒަރު ވެސް ފެނިވަޑައިގެންނެވި ކަމަށެވެ.

އެ މަންޒަރުތައް ޔާސިރު ސިފަކުރެއްވީ ވަރަށް އުފާވެރި މަންޒަރުތަކެއްގެ ގޮތުގައިއެވެ.

ޔާސިރު އެފަދައިން ވިދާޅުވިއިރު، ރިޔާސީ އިންތިޚާބުން އެމްޑީޕީއަށް ކުރިމަތިވި ނާކާމިޔާބުގެ ފަހުން، އެމްޑީޕީން އެންމެ ފުރަތަމަ ބައިވެރިވި މާލެ ސިޓީ ކައުންސިލުގެ މޭޔަރުގެ އިންތިހާބުގެ ކެމްޕޭނުގެ ހަރަކާތްތަކުގައި ވެސް އެ ޕާޓީގެ ގިނަ މެންބަރުންނާއި ލީޑާޝިޕްގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

އެގޮތުން ދޮރުން ދޮރަށް ހިންގެވުމުގައި މާލެ ސިޓީ ކައުންސިލަށް ވާދަ ކުރެއްވި ކެންޑިޑޭޓުންނާއެކު ޗެއާޕާސަން ފައްޔާޒް އިސްމައީލް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ބައިވެރިވެވަޑައިގެންނެވި އިރު، ޖަލްސާތަކުގައި ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އަދި އޭގެ ފަހުން އެމްޑީޕީން ބޭއްވި މަޖިލިސް އެތެރޭގެ އިންތިހާބު ވެސް ނިމުނީ ވަރަށް އޮމާންކަމާއެކު، ބޮޑު ހަމަނުޖެހުމެއް ނުހިނގައެވެ.

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
15 ޖެނުއަރީ 2017

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް