Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުހައުސިން މިނިސްޓްރީން ޚިދުމަތް ނުލިބޭ މައްސަލަ

ފްލެޓު މައްސަލައާ ގުޅިގެން ރައްޔިތުން އެއްވާ އެއްވެސް ދުވަހެއްގައި މިނިސްޓްރީން އެއްވެސް ޚިދުމަތެއް ނުލިބޭ

13 ފެބުރުއަރީ 2024 | އަންގާރަ 00:10

މީހުން އެއްވާ އެއްވެސް ދުވަހެއް މިނިސްޓްރީން ޚިދުމަތެއް ނުލިބޭ

އަމްނާ އިމާދު
އަމްނާ އިމާދު | 13 ފެބުރުއަރީ 2024 | އަންގާރަ 00:10
ރިސެޕްޝަން އޭރިޔާއިން މުވައްޒަފުންތަކެއް ނުކުންނަނީ

ރިސެޕްޝަން އޭރިޔާއިން މުވައްޒަފުންތަކެއް ނުކުންނަނީ

މިދުވަސްވަރު ރައްޔިތުންގެ މެދުގައި އެންމެ ކަންބޮޑުވެގެން އުޅޭ އެއް މައްސަލައަކީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 4000 ފެލެޓްގެ މައްސަލައެވެ. ކުރީ ސަރުކާރުން ދޫކޮށްފައިވާ މި ފްލެޓުތައް މިސަރުކާރުގައި ހިފަހައްޓާފައިވަނީ ގިނަ މައްސަލަތަކެއް ހުރި ކަމަށް ބުނެއެވެ. އެގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް މިމައްސަލަ ތަހުގީގުކޮށްފައިވެއެވެ. އޭސީސީގެ ތަހުގީގު ލަސްވުމާއި ގުޅިގެން އާއްމު ރައްޔިތުން އެތައް ފަހަރެއްގެ މަތިން އެކޮމިޝަނަށް ގޮސް މުޒާހަރާކޮށްފައިވެއެވެ. ސިލްސިލާ މުޒަހަރާތަކާއެކު މާގިނަ ދުވަހެއް ނުވެ، އޭސީސީން ވަނީ ބަލަމުންދިޔަ މައްސަލަ ނިންމައި، ފްލެޓްތައް ދޫކުރުމަށް ހައުސިން މިނިސްޓްރީއަށް ހުއްދަދީފައެވެ. މި ހުއްދަ އެކޮމިޝަނުން ދިނީ އެކެއް ފެބްރުއަރީ 2024 ގައެވެ.

މި ހުއްދަ ލިބުމާއެކު އިންތިހާއަށް ބޯހިޔާވަހިކަން ބޭނުންވެފައި ތިބި އާއްމު ރައްޔިތުން ތިބީ ހައުސިން މިނިސްޓްރީން ފްލެޓުތައް ދޫކުރާނެ ތާރީހެއްގެ އިންތިޒާރެއްގައެވެ. ފްލެޓުތައް ދޫކުރާނެ ދުވަސް ބެލުމަށް ހައުސިން މިނިސްޓްރީއަށް ގުޅައި، އެމިނިސްޓްރީއަށް ގިނަ ބަޔަކު ދިއުމާއި ގުޅިގެން އެ މިނިސްޓްރީން އެކަމާއި ގުޅޭގޮތުން ނެރުނީ އަނެއްކާ ވެސް ރައްޔިތުން މާޔޫސްކޮށްލާފަދަ ބަޔާނެކެވެ. ފްލެޓުތައް ދޫކުރުމާއި ގުޅޭ ގޮތުން ސީދާ ސާފު ޖަވާބެއް ދީފައިނުވެއެވެ. 10 ފެބްވަރުއަރީ 2024 ގައި ނެރުނު ބަޔާނުގައި ބުނެފައިވަނީ ހައުސިންގ މިނިސްޓްރީން ބުނީ ފްލެޓް ލިސްޓްގައި ހިމެނޭ ހައްޤުވެރި ފަރާތްތަކަށް ފްލެޓް ދޫކުރުމުގެ އިންތިޒާމްތައް ހަމަޖެހިގެންދާނީ އޭ.ސީ.ސީ އަދި އެޓަރނީ ޖެނެރަލްގެ ލަފާގެ މަތިން ކަމަށެވެ.

މިޖަވާބާއެކު ފްލެޓު ލިބިފައި ތިބި ގިނަ އަދަދެއްގެ ރައްޔިތުން މާޔޫސްވިއެވެ. އެމީހުންނަށް ލިބުނު ފްލެޓުތައް ލިބޭނެ ކަމާމެދު ސުވާލު އުފެދުނެއެވެ. އޭސީސީން ދޫކުރުމަށް ހުއްދަ ދިނުމުން އިތުރަށް ލަފާ ހޯދަނީ ކީއްކުރަންތޯ ވެސް ބައެއް މީހުން ސުވާލު އުފައްދާފައިވެއެވެ. ފްލެޓަށް ވާނެ ގޮތެއް ނޭނގޭތީ އެކަމާއި ގުޅިގެން 11 ފެބްރުއަރީ 2024 ވީ އާދިއްތަ ދުވަހު ގިނަ ރައްޔިތުންތަކެއް ހައުސިން މިނިސްޓްރީއަށް ދިޔައެވެ. ހެނދުނު 10:00 ހާއިރު އެމީހުންތައް މިނިސްޓްރީއަށް ދިޔައީ އެ މީހުންނަށް ލިބިފައިވާ ފްލެޓުތައް ދޫކުރާނެ ދުވަހެއް ބެލުމަށާއި، މީގެ ކުރިން ހައުސިން މިނިސްޓްރީއަށް ހުށަހެޅި ސިޓީތަކުގެ ޖަވާބު ހޯދުމަށެވެ. އަދި އިތުރު ސިޓީތަކެއް ހުށަހެޅުމަށް ވެސް ދިޔަ މީހުން އެތަނުގައި އެދުވަހު ހަރަކާތްތެރިވިއެވެ.

އެމީހުންތައް ދިއުމުން ހައުސިން މިނިސްޓްރީގެ ރިސެޕްޝަންގައި ތިބި މުވައްޒަފުން ވަނީ އެތަން ދޫކޮށް ގޮސްފައެވެ. އެދުވަހުގެ ރަސްމީ ގަޑި 2:00 އާ ހަމައަށް އައިރު ވެސް އެއްވެސް މުވައްޒަފެއް ރިސެޕްޝަން ސަރަހައްދަށް ނާދެއެވެ. ފްލެޓު މައްސަލައާ ގުޅިގެން ރައްޔިތުންތައް އަޑުގަދަ ކުރަމުންދިޔައިރު ވެސް ގޮވާލަމުން ދިޔައީ ސިޓީތަކާއި ހަވާލުވުމަށް މުވައްޒަފަކު އައުމަށެވެ. ނަމަވެސް ރިސެޕްޝަން އޭރިޔާ ބޭރުން ގިނަ މުވައްޒަފުން ވަނީ ފޯނު ދިއްކޮށްގެން ފޮޓޯއާއި ވީޑީއޯ ނަގާފައިވެއެވެ. ރައްޔިތުންނަށް ޚިދުމަތް ދޭކަށް ނާދެއެވެ. ފްލެޓު މައްސަލާގެ މިނިސްޓްރީއަށް ދިޔަ މީހުންގެ އިތުރުން އިތުރު ޚިދުމަތްތައް ހޯދުމަށް ވެސް އެދުވަހު ހައުސިން މިނިސްޓްރީއަށް ދިޔަ އެއްވެސް ރައްޔިތަކަށް ޚިދުމަތެއް ނުލިބުނެވެ. ރިސެޕްޝަން އޭރިޔާގައި ހުރީ ހުސްގޮނޑިތަކެވެ. އިތުރަށް ތިބީ މިނިސްޓްރީގެ ތަކެއްޗަށް ގެއްލުން ދީފައިވާނެތީ، މަސްލަހަތު ހިމާޔަތް ކުރުމަށް އެތަނަށް އައިސް ތިބި ފުލުހުންނެވެ.

އެމިނިސްޓްރީއަށް ފްލެޓާއި ގުޅުމެއް ނެތް ޚިދުމަތެއް ހޯދުމަށް އައި މީހެއް ރާއްޖެއެމްވީއަށް ބުނެފައިވަނީ، މީހުން އެއްވާ އެއްވެސް ދުވަހެއް މިނިސްޓްރީން ޚިދުމަތެއް ނުލިބޭ ކަމަށާއި، ފޯނަށް ޖަވާބު ނުދޭ ކަމަށެވެ. މިގޮތަށް މިކަން ހިނގުމަކީ ވަރަށް ދެރަކަމެއް ކަމަށެވެ. އެމީހާ އެބުނި ބީދައިން މިކަން މިގޮތަށް ހިނގުމަކީ ގިނަ ރައްޔިތުންތަކެއްގެ ހައްގަށް ލިބޭ އުނިކަމެކެވެ. މަސްލަހަތު ހިމާޔަތް ކުރުމަށް ފުލުހުން މިނިސްޓްރީގައި ތިބިއިރު ޚިދުމަތް ނުދެވެންވީ ކޮން ސަބަބަކާއި ގުޅިގެންތޯ އެމީހުން ވަނީ ސުވާލު އުފައްދާފައެވެ. ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދުގެ އިތުރުން މިނިސްޓްރީގެ ސިޔާސީ ބޭފުޅުން އާއްމު ރައްޔިތުންނަށް ފިއްލެވި ނަމަވެސް ކައުންޓަރުތަކުން ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތްތައް ލިބެންވާނެއެވެ. ރައްޔިތުންތަކެއް ގޮސް ނުރުހުން ފާޅުކޮށްލާއިރަށް ޚިދުމަތް ދިނުން ހުއްޓާލާކަމަށްވަނަމަ ހައުސިން މިނިސްޓްރީއަށް ރައްޔިތުން ކުރާ ނަފްރަތު އިތުރުވެ، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ކުރާ އިތުބާރު ވެސް ގެއްލިގެން ދިއުމަކީ ދުރުގައި އޮތް ކަމެއް ނޫނެއެވެ!

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

15 އެޕްރީލު 2017

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް: އިސްލާހުވާން އެދޭނަމަ ފުރުސަތު ނަގާނުލާ!

15 އެޕްރީލު 2017
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް: އިސްލާހުވާން އެދޭނަމަ ފުރުސަތު ނަގާނުލާ!
03 އެޕްރީލު 2017

ފުލުހުން ލައްވާ ރައްޔިތުންގެ ލޮލަށް ގޮވުން

03 އެޕްރީލު 2017
ފުލުހުން ލައްވާ ރައްޔިތުންގެ ލޮލަށް ގޮވުން
18 މާރިޗު 2017

ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

18 މާރިޗު 2017
ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!
17 މާރިޗު 2017

ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

17 މާރިޗު 2017
ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!
16 މާރިޗު 2017

އެޗްވަންއެންވަން ވައިރަހާ ގުޅިގެން އޭވީސީ ވޮލީ މުބާރާތް ރާއްޖޭގައި ބޭއްވިދާނެތަ؟

16 މާރިޗު 2017
އެޗްވަންއެންވަން ވައިރަހާ ގުޅިގެން އޭވީސީ ވޮލީ މުބާރާތް ރާއްޖޭގައި ބޭއްވިދާނެތަ؟
11 މާރިޗު 2017

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!
08 މާރިޗު 2017

މަސީހު އަޒުލުކުރުން، ރައްޔިތުންނަށް ބާރު ލިބިމުގެ ފުރަތަމަ ނިޝާން!

08 މާރިޗު 2017
މަސީހު އަޒުލުކުރުން، ރައްޔިތުންނަށް ބާރު ލިބިމުގެ ފުރަތަމަ ނިޝާން!
07 މާރިޗު 2017

ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް

07 މާރިޗު 2017
ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް
02 މާރިޗު 2017

ރައީސް ޔާމީންގެ ސަރުކާރަށް ރައްޔިތުން އިތުބާރު ނުކަރީ ކީއްވެ؟

02 މާރިޗު 2017
ރައީސް ޔާމީންގެ ސަރުކާރަށް ރައްޔިތުން އިތުބާރު ނުކަރީ ކީއްވެ؟
17 ޖެނުއަރީ 2017

ރައްޔިތުން ހަނާވާއިރު، މުޅި މާލެ "މުއިއްޒުވެފައި" އެވެ. ހައްލެއް ބޭނުމެވެ.

17 ޖެނުއަރީ 2017
ރައްޔިތުން ހަނާވާއިރު، މުޅި މާލެ "މުއިއްޒުވެފައި" އެވެ. ހައްލެއް ބޭނުމެވެ.
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް