Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ބިންހެލުމަށްފަހު ކެންސަރުގެ ނުރައްކާ ބޮޑުވުން

އަހަރެއް ކުރިން ތުރުކީ ހަފުސްވި ބިންހެލުމުން ކެންސަރުގެ ނުރައްކާ!

އެސްބެސްޓޯސްއަށް މީހާ ހުށަހެޅޭނަމަ، ޙަޖަމް ކުރުމުގެ ނިޒާމާއި ގޮހުރުގެ ކެންސަރު ފަދަ ބަލިތަކަށްވެސް ފުރުޞަތު ބޮޑުވޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 12 ފެބުރުއަރީ 2024 | ހޯމަ 04:25
ތަހުލީލުތަކުގެ ހޯދުންތަކުން އެނގުނު ގޮތުގައި، 16 ސާމްޕަލެއްގައި އެސްބެސްޓޯސް ހުރި

ތަހުލީލުތަކުގެ ހޯދުންތަކުން އެނގުނު ގޮތުގައި، 16 ސާމްޕަލެއްގައި އެސްބެސްޓޯސް ހުރި

ދެ ބައްރަކަށް ބެހިފައި އޮތް ތުރުކީވިލާތުގެ އެންމެ ދެކުނުގައި އޮންނަ ޕްރޮވިންސްއަކީ 1.6 މިލިއަނެއްހާ މީހުން ދިރިއުޅެމުންދާ ހަތޭ ނުވަތަ ތުރުކީވިލާތު މީހުން ކިޔައި އުޅޭ ގޮތުން ނަމަ ހަތާއިއެވެ. މީގެ އަހަރެއް ކުރިން ތުރުކީވިލާތަށް އައި ބާރުގަދަ ބިންހެލުމުގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު ސަރަޙައްދަކީވެސް އެއީއެވެ. ތުރުކީވިލާތުގެ ދެކުނުގެ ސަރަޙައްދަށް އައި ބާރުގަދަ އެ ބިންހެލުމުގެ ކާރިޘާގައި އެ ޤައުމުން އެކަނިވެސް ބައި ލައްކައަށް ވުރެ ގިނަ މީހުން މަރުވިއެވެ. އެތައް ހާސް ޢިމާރާތެއް ފުނޑުފުނޑުވެ، ބިމާހަމަވިއެވެ.

ތުރުކީވިލާތުގެ ބިންހެލުމުގެ ކާރިޘާގެ ވާހަކަ އެހާ ހިސާބުން ނިމުނީއެއް ނޫނެވެ. ބިންހެލުމާ ގުޅިގެން އިތުރު ބިރުވެރި ޚަބަރެއްގެ އިންޒާރުގެ ރަނގަބީލު މިހާރު ވަނީ އަޅަން ފަށާފައެވެ. އިންޒާރު ފެށިގެން އަންނަނީ ތަޖުރިބާކާރުންގެ ކަންބޮޑުވުންތަކާ ހިސާބުންނެވެ. ހަތާއިގައި ކެމިކަލްގެ ތަޣައްޔަރުކަން އޮތް ކަމަށް ބަލާ، ތަޖުރިބާކާރުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ތުރުކީވިލާތުގެ 11 ޕްރޮވިންސަކަށް އެ ބިންހެލުމުގެ އަސަރު ކުރި ފަނާކުރަނިވި ބިންހެލުމުގެ ކާރިޘާގެ ތެރޭގައި 100 މިލިއަން ކިއުބިކް މީޓަރުގެ ކުނި އުފެދުނު ކަމަށް ތަރައްޤީއާއި ބެހޭ އދގެ މަޝްރޫޢު (ޔޫއެންޑީޕީ) އިން ވަނީ ބުނެފައެވެ.

އެންމެ ބޮޑު ގެއްލުންތަކެއް ލިބުނު ހަތާއީގެ ގިނަ ޢަދަދެއްގެ ޢިމާރާތްތަކެއް ވަނީ މުޅިން ފުނޑުފުނޑުވެ، ބިމާހަމަވެފައެވެ. އެ ގައުކުނޑިތަކުގެ ތެރޭގައި، ފުރާނައަށް ގެއްލުންދެނިވި ކެމިކަލްގެ އަސަރު ހުރިކަން ފާހަގަކޮށް، ގިނަ ޢަދަދެއްގެ ތަޖުރިބާކާރުން ވަނީ އިންޒާރުގެ ރަނގަބީލު އަޅަންޖެހޭ ކަމަށް ގޮވާލާފައެވެ. މިކަން ގުޅެނީ 'އެސްބެސްޓޯސް' އާއެވެ.

އެސްބެސްޓޯސްއަކީ ޤުދުރަތީ ގޮތުން އުފެދިފައިވާ، ހޫނާއި ވީރާނާވެ ދިއުމުން ދިފާޢު ލިބިފައިވާ ފައިބަރު މަޢުދަންތަކުގެ ގްރޫޕަކަށް ކިޔާ ނަމެކެވެ. މި ސިފަތަކުގެ ސަބަބުން އިންސުލޭޝަން އަދި ފަޔަރޕްރޫފިންގް ސާމާނާއި، އުޅަނދުފަހަރުގެ ބުރެކި ނިޒާމާއި، ވޯލްބޯޑް ފަދަ ޢާންމު އުފެއްދުންތަކުގައި އެސްބެސްޓޯސް ބޭނުންކޮށްފައި ހުރެއެވެ. ނޭވާލުމުގެ ތެރޭގައި ހަށިގަނޑުގެ އެތެރެއަށް އެސްބެސްޓޯސް ފައިބަރު ދަތުރުކުރާނަމަ، އެސްބެސްޓޯސިސް، މެސޯތެލިއޯމާ އަދި ފުއްޕާމޭގެ ކެންސަރު ފަދަ ނުރައްކާތެރި ބަލިޖެހުމުގެ ފުރުޞަތު ބޮޑުވެއެވެ. އެސްބެސްޓޯސްއަށް މީހާ ހުށަހެޅޭނަމަ، ޙަޖަމް ކުރުމުގެ ނިޒާމާއި ގޮހުރުގެ ކެންސަރު ފަދަ ފަލިތަކަށްވެސް ފުރުޞަތު ބޮޑުވެއެވެ.

ތުރުކީވިލާތުގެ ޔޫނިއަން އޮފް އިންޖިނިއަރޒްގެ އެންޑް އަރކިޓެކްޓްސްއިން މިދިޔަ އަހަރު ވަނީ، ހަތާއީގައި އެސްބެސްޓޯސް އިންސްޕެކްޝަނެއް ހަދާފައެވެ. ތަފާތު ސަރަޙައްދުތަކުން، ހިރަފުސް ކުނޑީގެ 45 ސާމްޕަލެއް ނެގިއެވެ. އޭގެ ތެރޭގައި ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކާއި، ވެލިގަނޑުގެ މަތީ ސަތަހަ އަދި ގަސްގަހާގެހި ހިމެނޭ ސަރަޙައްދުތަކުން ނެގި ސާމްޕަލްތައް ހިމެނެއެވެ. ތަހުލީލުތަކުގެ ހޯދުންތަކުން އެނގުނު ގޮތުގައި، 16 ސާމްޕަލެއްގައި އެސްބެސްޓޯސް ހުއްޓެވެ.

އިޖިވިތު ކަލްކާންއަކީ ހަތާއި ބަރ އެސޯސިއޭޝަންގެ ވަކީލެކެވެ. އިޖިވިތު ވަނީ، ގައުކުނޑިތަކުގެ ކުނިބުނި ޖަމާ ކުރުމުގައި ކަމާ ބެހޭ ފަރާތްތަކުން އިހުމާލުވެފައި ވާ މިންވަރާ މެދު ޢާންމުންގެ މެދުގައި އުފެދިފައި އޮތް ހިތްހަމަނުޖެހުން ހިއްސާކޮށްފައެވެ. ކުނިބުނި އެއްކޮށް، ޖަމާކުރުމަށް ނިންމުންތައް ނިންމާފައި ވަނީ މާ ބޮޑު ފަރުވާލެއް ނެތިކަން ޢާންމުން ފާހަގަ ކުރެއެވެ.

ހަތާއިގައި ހުރި ކެމިކަލްތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކުގެ ސަބަބުން ބަލިވެދާނެ އެތައް މިލިއަން މީހުންގެ ތެރެއިން އެކަކަށް އޭނާ ވެދާނެ ކަމީ، އިޖިވިތުގެ އެންމެ ކަންބޮޑުވާ އެއް ކަންތަކެވެ.

އިޖިވިތު ހިމެނޭ ގޮތަށް، ބައެއް ތަޖުރިބާކާރުން ޤަބޫލުކުރާ ގޮތުގައި ތުރުކީވިލާތުގެ ކަމާ ބެހޭ ފަރާތްތަކުގެ ޢަމަލުތަކުގެ ސަބަބުން، ދުރުރާސްތާގައި މުޅި އެ ސަރަހައްދުން ނޭދެވޭ ނަތީޖާއެއް ނުކުތުމީ އެކަށީގެންވާ ކަމެކެވެ.

ބިންހެލުންތަކުގެ ސަބަބުން އިންސާނުންގެ ޞިއްޙަތަށް ފޯރާ ގެއްލުންތައް ހާމަވާން އަހަރުތަކެއް ނަގާނެ އެވެ. މިހާރު ބިންހެލުމާ އެއް މާނައެއްގައި މުހާތަބު ކުރެވޭ ހަތާއިއަކީ، މީގެ 15 ނުވަތަ 20 އަހަރު ފަހުން، އެސްބެސްޓޯސްގެ ސަބަބުން ޖެހޭ ކެންސަރުގެ މާނައިގެ ރިޢާޔަތަކަށްވެސް ވެދާނެ ކަމަށް ތަޖުރިބާކާރުން އިންޒާރުދެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޕީއެލްއިން ކަނޑާލީ އެތައް އަހަރެއްގެ ތަޖުރިބާހުރި ތަޢުލީމީ މީހުން، ބިކަ ކޮށްލީ އެތައް އާއިލާއެއް!

އެމްޕީއެލްއިން ކަނޑާލީ އެތައް އަހަރެއްގެ ތަޖުރިބާހުރި ތަޢުލީމީ މީހުން، ބިކަ ކޮށްލީ އެތައް އާއިލާއެއް!

28 މާރިޗު 2018
ނުބައި ރިސޯޓަކަށް ގެންދަން ޖެހޭ ރާފުޅި ހޯދުމުގެ ކުރިން ނުބައި އެކައުންޓަށް ޖަމާކުރި ފައިސާ ހޯދާ!

ނުބައި ރިސޯޓަކަށް ގެންދަން ޖެހޭ ރާފުޅި ހޯދުމުގެ ކުރިން ނުބައި އެކައުންޓަށް ޖަމާކުރި ފައިސާ ހޯދާ!

18 ޖެނުއަރީ 2018
ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟

05 ޖެނުއަރީ 2018
2017: ސިހުން ގެނުވި މަރުތައް ގިނަ އަހަރެއް

2017: ސިހުން ގެނުވި މަރުތައް ގިނަ އަހަރެއް

30 ޑިސެމްބަރު 2017
2017: ޚާރިޖީ ސިޔާސަތު ލާހޫރުނު އަހަރެއް

2017: ޚާރިޖީ ސިޔާސަތު ލާހޫރުނު އަހަރެއް

18 ނޮވެމްބަރު 2017

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު