Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕެރިސް 2024

ޕެރިސް 2024 ގެ ރައީސާ ދެކޮޅަށް ތަހުގީގެއް ފަށައިފި

އޭނާއާ ދެކޮޅަށް ކުރާ ތަހުގީގަކީ މުސާރައާ ގުޅުން ހުރި ތަހުގީގެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 ފެބުރުއަރީ 2024 | ބުދަ 01:53
ެޕެރިސް އޮލިމްޕިކްސް 2024 ގެ ރައީސް ޓޯނީ އެސްޓަންގުއެޓް

ެޕެރިސް އޮލިމްޕިކްސް 2024 ގެ ރައީސް ޓޯނީ އެސްޓަންގުއެޓް

ޕެރިސް 2024 ގެ ރައީސް ޓޯނީ އެސްޓެންގުއެޓްގެ މުސާރައާ ގުޅިގެން ޝަރުއީ ތަހުގީގެއް ކުރަމުންދާ ކަމަށް މި އަހަރުގެ އޮލިމްޕިކްސް އިންތިޒާމްކުރާ ކޮމެޓީން ބުނެފި އެވެ.

އެ ކޮމެޓީން ވަނީ އަންގާރަ ދުވަހު މީޑިއާތަކަށް އެކަން ހިއްސާކޮށްފަ އެވެ. ޕެރިސް 2024 ގެ ކޮމެޓީން ބުނީ ތަހުގީގާ މެދު ހައިރާންވާ ކަމަށާއި، ނަމަވެސް ތަހުގީގު ކުރިއަށް ގެންދާ ފަރާތުން ކުރިމަތި ކުރާ ކޮންމެ ސުވާލަކަށް ޖަވާބު ދޭން ތައްޔާރަށް ތިބި ކަމަށެވެ. އެކަމާ ގުޅިގެން އެ ކޮމެޓީން އިތުރަށް ބުނެފައި ވަނީ، އިންތިޒާމް ކޮމިޓީގެ ރައީސްގެ މުސާރަ އަކީ ވަރަށް ހަރުކަށިކޮށް ރެގިއުލޭޓް ކުރެވިފައިވާ އުޖޫރައެއް ކަމަށެވެ.

އެކަމާ ގުޅިގެން ފައިނޭންޝަލް ޕްރޮސެކިއުޓާ އޮފީހުން ވަނީ އެއްޗެއް ބުނުމަށް ދެކޮޅު ހަދައިފަ އެވެ. އެސްޓަންގުއެޓްގެ މުސާރައިގެ އިބްތިދާއީ ތަހުގީގަކީ، ގޭމްސްގެ ވަށައިގެންވާ ގިނަ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ތަހުގީގެއް ކަމަށް މީޑިއާ ތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ކަމާބެހޭ ފަރާތްތަކުން ވަނީ ޕެރިސް 2024 ގެ ހެޑްކުއާޓާ ވެސް ބަލައި ފާސްކޮށްފަ އެވެ. ނޭޝަނަލް ފައިނޭންޝަލް ޕްރޮސެކިއުޓާ (ޕީއެންއެފް) އިން ބުނީ ޕެރިސް 2024 ގެ މައި އިދާރާ ބަލައި ފާސްކުރީ ސަމާ ގޭމްސް އިންތިޒާމް ކުރާ ކޮމިޓީން ހަދާފައިވާ އެއްބަސްވުންތަކާ ގުޅޭ އިބްތިދާއީ ތަހުގީގެއް 2017 ވަނަ އަހަރު ފެށުމަށް ފަހު ކަމަށެވެ. އަދި އެ އަހަރުން ފެށިގެން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މިއަހަރު ޕެރިހުގައި އޮލިމްޕިކްސް ބޭއްވުމަށް ތާވަލްކޮށްފައި ވަނީ އަންނަ އަހަރުގެ ޖުލައި 26 އިން އޯގަސްޓު 11 އަށެވެ.

އިތުރަށް ކިޔާލަން

11 މާރިޗު 2017

އޭއެފްސީ ކަޕް: އަބާނީއާ ދެކޮޅަށް ކުޅުމަށް މާޒިޔާ ބަންގްލަދޭޝްއަށް ފުރައިފި

11 މާރިޗު 2017
އޭއެފްސީ ކަޕް: އަބާނީއާ ދެކޮޅަށް ކުޅުމަށް މާޒިޔާ ބަންގްލަދޭޝްއަށް ފުރައިފި
08 މާރިޗު 2017

ޔޫވީއާ ދެކޮޅަށް ނުކުންނާނީ މޮޅެއް ހޯދުމަށް: ޓަވަރެސް

08 މާރިޗު 2017
ޔޫވީއާ ދެކޮޅަށް ނުކުންނާނީ މޮޅެއް ހޯދުމަށް: ޓަވަރެސް
04 މާރިޗު 2017

ޔޫވީ ތަރުތީބުކުރަން އެނގޭނީ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު: އާތީ

04 މާރިޗު 2017
ޔޫވީ ތަރުތީބުކުރަން އެނގޭނީ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު: އާތީ
28 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ފައިނަލުގައި ޓީސީއާ ދެކޮޅަށް ނިކުންނާނީ ކޮރެއާގެ ޕޮޗިއަން

28 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ފައިނަލުގައި ޓީސީއާ ދެކޮޅަށް ނިކުންނާނީ ކޮރެއާގެ ޕޮޗިއަން
27 ފެބުރުއަރީ 2017

ޓީސީއާ ދެކޮޅަށް ނިކުންނަ މަނަންގް ކްލަބަކީ ދަންނަންތަ؟

27 ފެބުރުއަރީ 2017
ޓީސީއާ ދެކޮޅަށް ނިކުންނަ މަނަންގް ކްލަބަކީ ދަންނަންތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު