Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިންޓަ މިއާމީ

މެސީ ބޭނުންވަނީ ހޮންގް ކޮންގް ގައި އެހެން މެޗެއް ކުޅެން!

މެޗުގައި އޭނާ އަށް ނުކުޅެވުމުގެ ސަބަބުން، ސަޕޯޓަރުންގެ މެދުގައި ބޮޑު ހިތްހަމަ ނުޖެހުމެއް އަދިވެސް އޮތް ކަމަށް މެސީ ވަނީ ބުނެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 7 ފެބުރުއަރީ 2024 | ބުދަ 01:50
އިންޓަ މިއާމީގެ ކެޕްޓަން ލިއޮނަލް މެސީ

އިންޓަ މިއާމީގެ ކެޕްޓަން ލިއޮނަލް މެސީ

ހޮންގް ކޮންގް ގައި އިތުރު އެހެން މެޗެއް ކުޅެން ބޭނުންވާ ކަމުގައި، އިންޓަ މިއާމީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފި އެވެ.

އެމެރިކާ ލީގުގެ އިންޓަ މިއާމީގެ ކެޕްޓަންކަން ވެސް ކުރަމުން އަންނަ މެސީ މިހެން ބުނީ، މިއާމީން ދާދި ފަހުން ހޮންގް ކޮންގް ގައި ކުޅުނު މެޗުގައި އޭނާ އަށް ނުކުޅެވުމުންނެވެ. އެ މެޗުގައި މެސީ ކުޅޭނެ ކަމުގެ އުންމީދުގައި އެތައް ހާސް ސަޕޯޓަރުންނެއް ވަނީ ދަނޑަށް ވަދެފަ އެވެ. އަދި އެ މެޗުގެ ކުރިން މިއާމީން ކުރިއަށް ގެންދިޔަ ފަރިތަކުރުން ބަލާލުމަށް އެކަނި ވެސް، 40،000 (ސާޅީސް ހާސް) ސަޕޯޓަރުން ވަނީ ދަނޑަށް ވަދެފަ އެވެ. ނަމަވެސް އެ މެޗުގައި މެސީ ކުޅެފައެއް ނުވެ އެވެ. އެކަމާ ގުޅިގެން ދަނޑަށް ވަތް ސަޕޯޓަރުން ވެސް ވަނީ ހިތްހަމަ ނުޖެހި، ނުރުހުން ފާޅުކޮށްފަ އެވެ.

އެކަމާ ގުޅިގެން ވާހަކަ ދައްކަމުން މެސީ ބުނީ، ހޮންގް ކޮންގް ގައި އާންމުންނަށް ހުޅުވާލައިގެން މިއާމީން ކުރިއަށް ގެންދިޔަ ފަރިތަކުރުމުގައި ބައިވެރިވުމަށް އޭނާ ދަނޑަށް ނިކުތްއިރު، ވަރަށް ގިނަ ސަޕޯޓަރުން ތިބި ކަމަށެވެ. ޚާއްސަކޮށް ގިނަ އަދަދެއްގެ ކުޑަ ކުދިން ތިބި ކަމަށް ވެސް މެސީ ބުންޏެވެ. އެހެންކަމުން އޭނާ ވެސް ހުރީ، އެ މެޗު ކުޅެން ވަރަށް ބޮޑަށް ބޭނުންވެފައި ކަމަށް މެސީ ބުންޏެވެ. މެޗުގައި އޭނާ އަށް ނުކުޅެވުމުގެ ސަބަބުން، ސަޕޯޓަރުންގެ މެދުގައި ބޮޑު ހިތްހަމަ ނުޖެހުމެއް އަދިވެސް އޮތް ކަމަށް މެސީ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން މެސީ ބުނީ، ފުޓުބޯޅައިގައި އެފަދަ ގޮތަކަށް ކަންތައް ދިމާވެދާނެ ކަމަށެވެ. އަނިޔާއެއް ތަހަންމަލު ކުރަމުންދާ ނަމަ، ކޮންމެ ކަހަލަ މެޗެއްގައި ވެސް އެފަދަ ޙާލަތެއް ކުރިމަތިވެދާނެ ކަމަށް މެސީ ވަނީ ބުނެފަ އެވެ. މެސީ ބުނި ގޮތުގައި އޭނާ ބޭނުންވަނީ، ހޮންގް ކޮންގް ގައި އިތުރު މެޗެއް ކުޅުމަށެވެ. އަދި އެ ސަޕޯޓަރުންނާ ބައްދަލުކޮށް، އެމީހުންގެ ކުރިމަތީގައި އެހެން މެޗެއް ކުޅުމުގެ ފުރުސަތު ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް މެސީ ބުންޏެވެ. އޭނާ ބުނި ގޮތުގައި އެމީހުން ކުޅޭ މެޗެއް ބެލުމަށް ސަޕޯޓަރުން ތިބެނީ ވަރަށް ކެތްމަދުވެފަ އެވެ.

ހޮންގް ކޮންގް މެޗުގައި މެސީ ކުޅެފައި ނުވާތީ ސަޕޯޓަރުން ވަނީ ރުޅިގަދަވެފަ އެވެ. އަދި މެޗު އިންތިޒާމު ކުރި ފަރާތާ މެދު ހިތްހަމަ ނުޖެހުން ވެސް ފާޅުކޮށްފަ އެވެ. ސަޕޯޓަރުން ގޮވާލަމުން އަންނަނީ މެޗުގެ ޓިކެޓު ގަތުމަށް އެމީހުން ޚަރަދު ކުރި ފައިސާ އަނބުރާ ދިނުމަށެވެ. އެ މެޗުގެ ޓިކެޓު ވިއްކާފައި ވަނީ 125 ޑޮލަރަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ

ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ

10 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް

ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް

07 ޖެނުއަރީ 2017
ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

1 މެއި
ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި
20224 އަހަރު ކުރިން
ރާއްޖެ

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟
20215 އަހަރު ކުރިން
ފިލްމާއި މިޔުޒިކް

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު
20197 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!
20188 އަހަރު ކުރިން
ރާއްޖެ

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު