Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިންޓަ މިއާމީ

ޑި ޕައުލް ހޯދުމާ ގާތަށް މިއާމީ އިން ޖެހިލައިފި

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، ކުރިއަށް އޮތް ދުވަސް ތަކުގެ ތެރޭގައި މިއާމީ އިން ޑި ޕައުލްގެ ޑީލް ކާމިޔާބުކޮށް، އޭނާގެ ސޮއި ހޯދުމުގެ ފުރުސަތު ވަރަށް ބޮޑު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 22 ޖުލައި 2025 | އަންގާރަ 05:45
އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ އާޖެންޓީނާގެ ރޮޑްރީގޯ ޑި ޕައުލް

އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ އާޖެންޓީނާގެ ރޮޑްރީގޯ ޑި ޕައުލް

އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ އާޖެންޓީނާގެ ރޮޑްރީގޯ ޑި ޕައުލް ހޯދުމަށް، އެމެރިކާގެ އިންޓަރ މިއާމީ އިން ކުރަމުން އަންނަ މަސައްކަތުގައި، އެ ކުލަބުން އޭނާ ހޯދުމާ ގާތަށް ޖެހިލައިފި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

އުޑިނޭސީ ދޫކޮށްލުމަށް ފަހު، ޑި ޕައުލް އެތުލެޓިކޯ އަށް ބަދަލުވީ 2021 ވަނަ އަހަރު އެވެ. އެ ކުލަބާ އެކު އޭނާ ސޮއި ކޮށްފައިވާ ފަސް އަހަރު ދުވަހުގެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރު އެވެ. އޭނާގެ އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮތްއިރު، މިއާމީ އިން އަންނަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށް މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ.

މިއާމީ އިން އަންނަނީ ޑި ޕައުލް ހޯދުމުގެ މަޝްވަރާތައް އެތުލެޓިކޯއާ އެކު ކުރިއަށް ގެންދަމުންނެވެ. މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، ކުރިއަށް އޮތް ދުވަސް ތަކުގެ ތެރޭގައި މިއާމީ އިން ޑި ޕައުލްގެ ޑީލް ކާމިޔާބުކޮށް، އޭނާގެ ސޮއި ހޯދުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން މިހާރު މިއާމީ އިން ވަނީ އެތުލެޓިކޯ އާއެކު އިބްތިދާއީ އެއްބަސްވަމަކަށް އައިސްފަ އެވެ. އެކަމުގައި ޝާމިލުވާ ހުުރިހާ ފަރާތްތަކެއް މެދުގައި އަދި ވެސް މަަޝްވަރާތައް ކުރިއަށް ގެންދަމުން އަންނަ ކަމަށާއި، މިހާރު ކުރިއަށް ދަނީ އެންމެ ފަހުގެ ކަންކަން ފައިނަލް ކުރުމުގެ މަޝްވަރާ ކަމަށް ބުނެފައިވެ އެވެ.

މީގެ ކުރިން މީޑިއާ ތަކުގައި ބުނެފައިވާ ގޮތުގައި ޑި ޕައުލް ހޯދުމަށް މިއާމީ އިން ދެ ޕްލޭނެއް ގެންގުޅުނެވެ. އެގޮތުން އެންމެ ފުރަތަމަ ބޭނުން ވަނީ މި ސީޒަންގައި އޭނާ ގެނައުމަށެވެ. އެގޮތުން އޭނާގެ އެއްބަސްވުން އުވާލުމަށް ދައްކަން ޖެހޭ ފީ ދެއްކުމަށް ވެސް މިއާމީ އޮތީ ތައްޔާރަށް ކަމަށް ބުނެފައިވެ އެވެ.

ނަމަވެސް އެކަން ނުވެއްޖެ ނަމަ، ދެން މިއާމީ އިން ބޭނުން ވަނީ އަންނަ އަހަރު އޭނާގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ހިލޭ ޓްރާންސްފާއެެއްގެ ދަށުން އޭނާ ހޯދުމަށް ކަމަށް ވެސް އޭރު މީޑިއާ ތަކުގައި ބުނެފައިވެ އެވެ.

މިއާމީ އިން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު، މިއާމީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އަކީ ޑި ޕައުލްއާ ގާތް ގުޅުމެއް އޮންނަ ކުޅުންތެރިޔެކެވެ. އާޖެންޓީނާ ޤައުމީ ޓީމުގައި މި ފަހަކަށް އައިސް މި ދެ ކުޅުންތެރިންގެ ގުޅުން ފާހަގަ ކޮށްލެވެ އެވެ.

ޑި ޕައުލް ވަނީ މިހާތަނަށް އޭނާ އެތުލެޓިކޯ އަށް ކުޅެދިން 187 މެޗުގައި 14 ލަނޑު ޖަހައިފަ އެވެ. މީގެ އިތުރުން އޭނާ ވަނީ އާޖެންޓީނާ ޤައުމީ ޓީމަށް ކުޅެދިން 78 މެޗުގައި ދެ ލަނޑު ޖަހައިފަ އެވެ. އާޖެންޓީނާ އާއެކު އޭނާ ވަނީ ފީފާ ކުލަބު ވޯލްްޑް ކަޕްގެ އިތުރުން، ކޮޕާ އެމެރިކާ އަދި ބައްރުތަކުގެ މެދުގައި ކުޅޭ ފައިނަލިސިމާ ކާމިޔާބު ކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިއާމީ އޯޕެން ޓެނިސް މުބާރާތުން މުރޭ ވަކިވެއްޖެ

މިއާމީ އޯޕެން ޓެނިސް މުބާރާތުން މުރޭ ވަކިވެއްޖެ

19 މާރިޗު 2017
ފަސްޕޮއިންޓްގެ ލީޑަކާއިއެކު ރެއާލް ހަމަޖެހިލައިފި

ފަސްޕޮއިންޓްގެ ލީޑަކާއިއެކު ރެއާލް ހަމަޖެހިލައިފި

19 މާރިޗު 2017
ބާސެލޯނާއަށް ބަދަލުވުމާ ގާތަށް ދިޔަ: ބަލޮޓެއްލީ

ބާސެލޯނާއަށް ބަދަލުވުމާ ގާތަށް ދިޔަ: ބަލޮޓެއްލީ

16 މާރިޗު 2017
މެންސިޓީން ތާވަލްގެ ތިންވަނައަށް ޖެހިލައިފި

މެންސިޓީން ތާވަލްގެ ތިންވަނައަށް ޖެހިލައިފި

06 މާރިޗު 2017
ޕްރިމިއާ ލީގު: ބޯންމައުތް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

ޕްރިމިއާ ލީގު: ބޯންމައުތް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

14 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

1 މެއި
ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި
20224 އަހަރު ކުރިން
ރާއްޖެ

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟
20215 އަހަރު ކުރިން
ފިލްމާއި މިޔުޒިކް

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު
20197 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!
20188 އަހަރު ކުރިން
ރާއްޖެ

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު