Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންޓަރ މިއާމީ

ޑި ޕައުލް މިއާމީ އަށް ބަދަލުވެއްޖެ

27 ޖުލައި 2025 | އާދީއްތަ 05:22

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، 2029 ވަނަ އަހަރުގެ ނިޔަލަށް ޑި ޕައުލްގެ އެއްބަސްވުން ދާއިމީ ކުރުމުގެ ފުރުސަތު މިއާމީ އަށް އޮންނާނެ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 ޖުލައި 2025 | އާދީއްތަ 05:22
އިންޓަރ މިއާމީ އަށް ބަދަލުވި އާޖެންޓީނާގެ ޑި ޕައުލް

އިންޓަރ މިއާމީ އަށް ބަދަލުވި އާޖެންޓީނާގެ ޑި ޕައުލް

އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ އާޖެންޓީނާގެ ރޮޑްރީގޯ ޑި ޕައުލް, އެމެރިކާ ލީގުގެ އިންޓަރ މިއާމީ އަށް ބަދަލުވެއްޖެ އެވެ.

އުޑިނޭސީ ދޫކޮށްލުމަށް ފަހު، ޑި ޕައުލް އެތުލެޓިކޯ އަށް ބަދަލުވީ 2021 ވަނަ އަހަރު އެވެ. އެ ކުލަބާ އެކު އޭނާ ސޮއި ކޮށްފައިވާ ފަސް އަހަރު ދުވަހުގެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރު އެވެ.

އޭނާގެ އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮތްއިރު، މިއާމީ އިން ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން ޑި ޕައުލް އެ ކުލަބަށް ގެނެސްފަ އެވެ. އެއީ 2025 ވަނަ އަހަރުގެ އެމެރިކާ ލީގުގެ ނިޔަލަށެވެ.

ނަމަވެސް، ލޯނު އެއްބަސްވުމުގެ މުއްދަތު ހަމަވުމުން މިއާމީ އިން ބޭނުންވާ ނަމަ ޑި ޕައުލް އަށް ދާއިމީ އެއްބަސްވުމެއް ދިނުމުގެ ފުރުސަތު އޮންނާނެ އެވެ. އެގޮތުން މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، 2029 ވަނަ އަހަރުގެ ނިޔަލަށް ޑި ޕައުލްގެ އެއްބަސްވުން ދާއިމީ ކުރުމުގެ ފުރުސަތު މިއާމީ އަށް އޮންނާނެ އެވެ.

ޑި ޕައުލް މިއާމީ އަށް ބަދަލުވުމާ އެކު، އެ ކުލަބުގެ މެނޭޖިން އޯނަރު ޖޯޖް މާސް ވިދާޅުވީ، ޑި ޕައުލް އަކީ މޮޅު ކުޅުންތެރިޔެއް ކަމަށާއި، ޑި ޕައުލް ވަނީ އޭނާގެ ފެންވަރު ދުނިޔެ އަށް ސާބިތު ކޮށްދީފައި ކަމަށެވެ.

މިއާމީ އިން ޑި ޕައުލް އެ ކުލަބަށް ގެނެސްފައިވާއިރު، އޭނާ އަކީ މިއާމީ އިން ބޭނުންވާ ފެންވަރުގެ ކުޅުންތެރިޔެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޑި ޕައުލްގެ އެހީތެރިކަމާއި، ހިއްސާއާއެކު މިއާމީ އިން އިތުރު ކަންތައްތަކެއް ޙާސިލު ކުރާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއާމީ އިން ޑި ޕައުލް ގެނެސްފައިވާއިރު، މިއާމީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އަކީ ޑި ޕައުލްއާ ގާތް ގުޅުމެއް އޮންނަ ކުޅުންތެރިޔެކެވެ. އާޖެންޓީނާ ޤައުމީ ޓީމުގައި މި ފަހަކަށް އައިސް މި ދެ ކުޅުންތެރިންގެ ގުޅުން ފާހަގަ ކޮށްލެވެ އެވެ.

ޑި ޕައުލް ވަނީ އޭނާ އެތުލެޓިކޯ އަށް ކުޅެދިން 187 މެޗުގައި 14 ލަނޑު ޖަހައިފަ އެވެ. މީގެ އިތުރުން އޭނާ ވަނީ އާޖެންޓީނާ ޤައުމީ ޓީމަށް ކުޅެދިން 78 މެޗުގައި ދެ ލަނޑު ޖަހައިފަ އެވެ. އާޖެންޓީނާ އާއެކު އޭނާ ވަނީ ފީފާ ކުލަބު ވޯލްްޑް ކަޕްގެ އިތުރުން، ކޮޕާ އެމެރިކާ އަދި ބައްރުތަކުގެ މެދުގައި ކުޅޭ ފައިނަލިސިމާ ކާމިޔާބު ކޮށްފަ އެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

05 ޖުލައި 2017

ރެއާލް ދޫކޮށްލުމަށް ފަހު ޕެޕޭ ބެސިކްޓަސްއަށް ބަދަލުވެއްޖެ

05 ޖުލައި 2017
ރެއާލް ދޫކޮށްލުމަށް ފަހު ޕެޕޭ ބެސިކްޓަސްއަށް ބަދަލުވެއްޖެ
31 މެއި 2017

ޗެލްސީގެ ކީޕަރު ބެގޮވިޗް އޭއެފްސީ ބޯންމައުތްއަށް ބަދަލުވެއްޖެ

31 މެއި 2017
ޗެލްސީގެ ކީޕަރު ބެގޮވިޗް އޭއެފްސީ ބޯންމައުތްއަށް ބަދަލުވެއްޖެ
03 އެޕްރީލު 2017

މިއާމީ އޯޕެންއަށް ފަހު ޖޮހޭނާގެ އަމާޒް ދުނިޔޭގެ އެއްވަނަ ކުޅުންތެރިއާއަށް ވުމަށް

03 އެޕްރީލު 2017
މިއާމީ އޯޕެންއަށް ފަހު ޖޮހޭނާގެ އަމާޒް ދުނިޔޭގެ އެއްވަނަ ކުޅުންތެރިއާއަށް ވުމަށް
01 އެޕްރީލު 2017

މިއާމީ އޯޕަން: ފައިނަލުގައި ބައްދަލުކުރާނީ ފެޑެރާ އަދި ނަޑާލް

01 އެޕްރީލު 2017
މިއާމީ އޯޕަން: ފައިނަލުގައި ބައްދަލުކުރާނީ ފެޑެރާ އަދި ނަޑާލް
26 މާރިޗު 2017

މިއާމީ އޯޕެންގައި ފެޑެރާގެ އެނބުރި އައުން ރަނގަޅުކޮށްފި

26 މާރިޗު 2017
މިއާމީ އޯޕެންގައި ފެޑެރާގެ އެނބުރި އައުން ރަނގަޅުކޮށްފި
21 މާރިޗު 2017

ޔުނައިޓެޑް ދޫކޮށްލުމަށް ފަހު ސްވައިންސްޓައިގާ ޗިކާގޯ އަށް ބަދަލުވެއްޖެ

21 މާރިޗު 2017
ޔުނައިޓެޑް ދޫކޮށްލުމަށް ފަހު ސްވައިންސްޓައިގާ ޗިކާގޯ އަށް ބަދަލުވެއްޖެ
19 މާރިޗު 2017

މިއާމީ އޯޕެން ޓެނިސް މުބާރާތުން މުރޭ ވަކިވެއްޖެ

19 މާރިޗު 2017
މިއާމީ އޯޕެން ޓެނިސް މުބާރާތުން މުރޭ ވަކިވެއްޖެ
01 ފެބުރުއަރީ 2017

ޗެލްސީ ދޫކޮށްލުމަށްފަހު އިވަނޮވިކް ޒެނިތަށް ބަދަލުވެއްޖެ

01 ފެބުރުއަރީ 2017
 ޗެލްސީ ދޫކޮށްލުމަށްފަހު އިވަނޮވިކް ޒެނިތަށް ބަދަލުވެއްޖެ
26 ޖެނުއަރީ 2017

ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ

26 ޖެނުއަރީ 2017
ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ
20 ޖެނުއަރީ 2017

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް