Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެމެރިކާ ލީގު

މެސީގެ ދެ ލަނޑާ އެކު މިއާމީން ނިއު ޔޯކް ރެޑް ބުލްސް ބަލި ކޮށްފި

މޮޅާއެކު މިއާމީ އޮތީ ލީގު ތާވަލްގެ ފަސް ވަނަ މަގާމުގަ އެވެ. އެއީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 21 މެޗުން 41 ޕޮއިންޓާ އެކު އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 20 ޖުލައި 2025 | އާދީއްތަ 04:33
މެޗުގައި ލަނޑު ޖެހުމަށް ފަހު މިއާމީގެ ކެޕްޓަން ލިއޮނަލް މެސީ އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު މިއާމީގެ ކެޕްޓަން ލިއޮނަލް މެސީ އުފާ ފާޅު ކުރަނީ

މޭޖާ ލީގު ސޮކާ (އެމެރިކާ ލީގު)ގައި ނިއު ޔޯލް ރެޑް ބުލްސްއާ ދެކޮޅަށް ކުޅުނު މެޗުން އިންޓަރ މިއާމީ މޮޅުވެއްޖެ އެވެ.

ރެޑް ބުލް އެރީނާގައި އާދީއްތަ ދުވަހުގެ ފަތިހު ކުޅުނު މެޗު މިއާމީ އިން ކާމިޔާބު ކުރީ 5-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ނިއު ޔޯލް ރެޑް ބުލްސް އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، މިއާމީ އިން ވަނީ ފަހަތުން އަރައި ތިން ލަނޑު ޖަހައިފަ އެވެ. އަދި މިއާާމީގެ އަނެއް ދެ ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގަ އެވެ.

މެޗު ފަށައިގެން 15 ވަނަ މިނެޓުގައި ނިއު ޔޯކް ރެޑް ބުލްސް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ އެލެކްޒެންޑާ ހެކް އެވެ. އޭނާ އެ ލަނޑު ޖެހީ އެމިލް ފޮސްބާގް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

ނަމަވެސް އޭގެ ނުވަ މިނެޓު ފަހުން މިއާމީ އިން ވަނީ މެޗުގައި ލަނޑު ޖަަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ލަނޑު ޖެހީ ޖޯޑީ އަލްބާ އެވެ. އަދި އޭގެ ތިން މިނެޓު ފަހުން ޓެލަސްކޯ ސެގޯވިއާ ޖެހި ލަނޑުން މިއާމީ އިން ވަނީ ލީޑު ނަގައިފަ އެވެ. އެއީ އަލްބާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.

އޭގެ ފަހުން މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މިއާމީގެ ތިން ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްދިނީ ވެސް ސެގޯވިއާ އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ފެޑެރިކޯ ރެޑޮންޑޯ އެވެ.

މެޗުގެ ދެ ވަނަ ހާފުގައި މިއާމީން ވަނީ އިތުރު ދެ ލަނޑު ޖަހައިފަ އެވެ. އެގޮތުން މެޗުގެ 60 ވަނަ މިނެޓުގައި ސާޖިއޯ ބުސްކެޓްސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ޓީމުގެ ހަތަރު ވަނަ ލަނޑު ޖެހީ މެސީ އެވެ. އަދި އޭގެ ފަހުން މެޗުގެ 75 ވަނަ މިނެޓުގައި ލުއިސް ސުއަރޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި މެސީ ވަނީ އެ ޓީމުގެ ފަސް ވަނަ ލަނޑު ޖަހައިފަ އެވެ.

މޮޅާއެކު މިއާމީ އޮތީ ލީގު ތާވަލްގެ ފަސް ވަނަ މަގާމުގަ އެވެ. އެއީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 21 މެޗުން 41 ޕޮއިންޓާ އެކު އެވެ. މިއާމީ އަތުން ބަލިވި ނިއު ޔޯކް ރެޑް ބުލްސް އޮތީ 24 މެޗުން 33 ޕޮއިންޓާ އެކު ލީގު ތާވަލްގެ 14 ވަނައިގަ އެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
15 ޖެނުއަރީ 2017

ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި
14 ޖެނުއަރީ 2017

ކީޕަރު ޒިޔަޒަން ނިއުރޭޑިއެންޓާ ގުޅިއްޖެ

14 ޖެނުއަރީ 2017
ކީޕަރު ޒިޔަޒަން ނިއުރޭޑިއެންޓާ ގުޅިއްޖެ
11 ޖެނުއަރީ 2017

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް
11 ޖެނުއަރީ 2017

ނިއުގެ ގާނާގެ ޑިފެންޑަރު އެޓީމާ ގުޅެން މާލެ އަތުވެއްޖެ

11 ޖެނުއަރީ 2017
ނިއުގެ ގާނާގެ ޑިފެންޑަރު އެޓީމާ ގުޅެން މާލެ އަތުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު