Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ފަލަސްތީން އިސްރާއީލު ހަނގުރާމަ

ޣައްޒާގައި ބައިގެންދިއުމުގެ ނިސްބަތް 300 ޕަސެންޓް މައްޗަށް: ސިޒޭރިއަންވެސް ހަދަނީ އައްސި ނުކޮށް!

ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، ޣައްޒާގައި ޤަތުލުޢާންމު ފެށިފަހުން، ބައިގެން ދިއުމުގެ ނިސްބަތް ވަނީ 300 ޕަސެންޓް އިތުރުވެފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 6 ފެބުރުއަރީ 2024 | އަންގާރަ 07:55
ޣައްޒާގައި އަލަށް އުފަންވާ ކުދިން މަރުވާ ނިސްބަތްވެސް ދަނީ އިންތިހާއަށް އިތުރު ވަމުން

ޣައްޒާގައި އަލަށް އުފަންވާ ކުދިން މަރުވާ ނިސްބަތްވެސް ދަނީ އިންތިހާއަށް އިތުރު ވަމުން

މާބަނޑު ދުވަސްވަރަކީ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އަންނަ ދުވަސްވަރެކެވެ. ޖިސްމާނީ، ނަފްސާނީ އަދި ޞިއްޙީ ގޮތުންވެސް ހީވެސް ނުކުރާ ފަދަ އެތައް ކަމަކާ ކުރިމަތި ކުރުވާ ދުވަސްތަކެކެވެ. ހުރިހާ ކަމެއް ފުރިހަމަވެގެން، އެންމެ އުފަލުގައި އުޅޭ މީހާއަށްވެސް މާބަނޑު ދުވަސްވަރު އުފުލަންޖެހޭ ބުރައާއި ވޭން، ވަކި ކުޑައެއް ނުވެއެވެ. އެއީ ފުރަތަމަ ދަރިފުޅު ކަމުގައި ވިއަސް، ނުވަތަ 10 ވަނަ ދަރިފުޅު ކަމުގައި ވީ ނަމަވެސް، ބަލިވެއިންނަ ކޮންމެ ފަހަރަކީ ތަފާތު ފަހަރެކެވެ. ކުށެއް ނެތް ބަޔަކާ ދެކޮޅަށް، ހިންގަމުންދާ ޤަތުލުޢާންމެއްގެ ތެރޭގައި މާބަނދު ދުވަސްތައް ހޭދަ ކުރާނެ ގޮތް، އެ ޙާލަތުގައި ހުރި މީހަކަށް ނޫނީ އިޙްސާސްވެސް ނުކުރެވޭނެއެވެ.

ނިރުބަވެރި އިޒްރޭލުން ޤަތުލުޢާންމު ހިންގަމުންދާ ޣައްޒާގައި ތިބި މާބަނޑު މީހުން އެ ޙާލުގައި އުޅޭތާ މިހާރު ގާތްގަނޑަކަށް 4 މަސްވީއެވެ. ޣައްޒާގައި ތިބި މާބަނޑު މީހުންގެ ޙާލަތު ވަނީ އިންތިހާއަށް ހައްސާސްވެފައެވެ. ހުއްޓުމެއްނެތި ބަދަލު ކުރަމުންދާ ޙަމަލާތަކުގެ ސަބަބުން މުޅި ޣައްޒާ އޮތީ ހަފުސްވެފައެވެ. އެންމެ ޟަރޫރީ އަދި އަސާސީ ޚިދުމަތްތައްވެސް ޣައްޒާގައި މިއަދު ލިބެން ނެތް އިރު، ބައިގެން ދިއުމުގެ ނުރައްކާވެސް އިންތިހާއަށް ބޮޑުވެފައި އޮތް ކަން، ޣައްޒާގައި މަސައްކަތް ކުރާ ޑޮކްޓަރުން ވަނީ ފާހަގަ ކޮށްފައެވެ.

ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، ޣައްޒާގައި ޤަތުލުޢާންމު ފެށިފަހުން، ބައިގެން ދިއުމުގެ ނިސްބަތް ވަނީ 300 ޕަސެންޓް އިތުރުވެފައެވެ. ޞިއްޙީ ފަރުވާގެ ނިޒާމު އިނދަޖެހިފައި އޮތުމާއި، ކިރިޔާވެސް ޚިދުމަތެއް ދެވޭ ހޮސްޕިޓަލުތަކާ ހިސާބަށް ދިއުމުގައި ހުރި ދަތިތަކުގެ ސަބަބުން، މާބަނޑު، 60000 އެއްހާ މީހުންގެ ފުރާނަ މިހާރުވެސް އޮތީ ނުރައްކަލުގައި ކަމަށް އެ ވުޒާރާއިން ބުނެއެވެ.

އިޒްރޭލުން ދެމުންދާ ޢުދުވާނީ ޙަމަލާތަކުގެ ސަބަބުން ޣައްޒާގެ ގިނަ ޢަދަދެއްގެ ހޮސްޕިޓަލުތަކާއި ކުލިނިކުތައް ވަނީ ބަންދުކޮށްފައެވެ. ޚިދުމަތް ދެވޭ ޙާލަތުގައި ހުރި ތަންތަން އޮޕަރޭޓް ކުރަމުން ދަނީ، ކެޕޭސިޓީއަށް ވުރެ އެތައް ގުނައެއް އިތުރު ޕޭޝަންޓުންނާ އެކީގައެވެ. ބޭސްފަރުވާގެ ޢާލާތްތަކާއި އެހެނިހެން ސާމާނު މުޅިން ހުސްވެއްޖެއޭވެސް ދެންނެވިދާނެއެވެ.

އޮކްޓޯބަރ 2023 ގައި އިޒްރޭލުން ހިންގަން ފެށި ޤަތުލުޢާންމުގެ ކުރީކޮޅު، އެންމެ ވަރުގަދަ ޙަމަލާތަކެއް ދެމުން ދިޔައީ އުތުރުގެ ސަރަޙައްދުތަކަށެވެ. އުތުރުން ފޭބުމަށްވެސް އިންޒާރުތަކެއް ދިނެވެ. ފުރާނަ ސަލާމަތް ކުރުމުގެ އުންމީދުގައި އުތުރުގެ އެތައް ރަށްވެހިންނެއް، އެހެން ހިސާބުތަކަށް ބަދަލުވާން މަސައްކަތް ފެށިއެވެ. ގިނަ މީހުން، ޣައްޒާގެ މެދާއި ދެކުނުގެ ސަރަޙައްދުތަކަށް ބަދަލުވީ ފައިމަގުގައި ނާމާން ރާސްތާއެއް ކަޑަތު ކުރުމަށް ފަހުގައެވެ. އެފަދަ އެކަކީ ޝެރީން އަބޫ ދަހްރުއެވެ. އުތުރުގެ ކޯޅުންގަނޑުގެ ތެރެއިން ސަލާމަތް ވުމަށް ދެކުނަށް ކުރި ދަތުރުމަތީގައި ޝެރީންގެ ދަރިފުޅު ބައިގެން ދިޔައީއެވެ.

ޑރ ޖަމާލް އަލް-ހަމްސްއަކީ ދަރިމައިވުމާ ބެހޭ ސްޕެޝަލިސްޓެކެވެ. ޑރ ހަމްސް ވިދާޅުވި ގޮތުގައި، ބައިގެންދާ މިންވަރު އިތުރު ވެފައި ވަނީ، އިޒްރޭލުން ބޭނުން ކުރާ ހަތިޔާރުތަކުގެ ސަބަބުންނެވެ. އޭގެ ތެރޭގައި ފޮސްފަރަސް ބިމާއި، ސްމޯކް ބޮމުގެ އިތުރަށް، ޣައްޒާއަށް ޙަމަލާ ދިނުމަށް ބޭނުން ކުރާ ރޮކެޓްތަކުން ބޭރުވާ ވިހަ މާއްދާތަކުގެ ދައުރު އޮތްކަން، ރަފަޙުގައި ހިންގާ ކުވައިތީ ހޮސްޕިޓަލުގެ މެޑިކަލް ޑައިރެކްޓަރ، ޑރ ހަމްސް ފާހަގަ ކުރެއްވިއެވެ.

ބޭހުގެ ދަތިކަމާއި ވަޞީލަތްތަކުގެ ދަތިކަން އޭގެ އެންމެ އިންތިހާއަށް ކުރިމަތިވެފައި އޮތުމުން، ވިހެއުމުގެ ކަންކަން ކުރިއަށް ގެންދަނީ ވަރަށް ދަތި ޙާލުގައެވެ. އެކަށީގެންވާ މިންވަރަށް، އެންމެ އަސާސީ ވަޞީލަތްތައްވެސް ނުލައެވެ. ސިޒޭރިއަންވެސް ހަދަނީ ހޭ ނުނައްތާ، އައްސިވެސް ނުކޮށެވެ. އެވަރުން އަދި ނިމުނީއެއް ނޫނެވެ. ދަރިފުޅު އުފަންވާތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި ހޮސްޕިޓަލު ދޫކޮށް ނުކުންނަން މަޖުބޫރުވެއެވެ. ދެން ތިބި ޕޭޝަންޓުންނަށް ޖާގަ ނެތިގެންނެވެ. އޭރުވެސް، އިޒްރޭލުގެ ޢުދުވާންތައް ދާނީ ކުރިއަށެވެ. އެތައް ބަޔަކު ޒަޚަމްވަމުން ދާއިރު، އެމީހުންނަށް ފަރުވާ ދޭންވެސް މިއަދު ހުރީ އެ ދެތިން ހޮސްޕިޓަލެއް އެކަންޏެވެ.

ދެ ލޯ ނޭދި އެދުނު ދަރިފުޅު މި ދުނިޔެއަށް ނޭވާލާ ހިސާބުންވެސް ހަމަޖެހުމެއް ނެތެވެ. ޣައްޒާގައި އަލަށް އުފަންވާ ކުދިން މަރުވާ ނިސްބަތްވެސް ދަނީ އިންތިހާއަށް އިތުރު ވަމުންނެވެ. ސީރިއަސް އިންފެކްޝަންތަކުގެ ޝިކާރައަކަށް ވެގެންނެވެ. ވެކްސިންގެ ސަޕްލައި ނެތުމުގެ ސަބަބުންނެވެ. ކިރާއި ނެޕީ ފަދަ ޟަރޫރީ ތަކެތިވެސް ލިބެން ނެތަތީއެވެ.

ފަލަސްތީން - އިސްރާއީލް ހަމަނުޖެހުން

ކޮމެންޓް

އިތުރަށް ކިޔާލަން

ޣައްޒާގެ ސުލްހައިގެ ޕްލޭން ގަބޫލުކުރުމަށް ޔޫއެން ކައުންސިލަށް ޓްރަމްޕް ގޮވާލައިފި

ޣައްޒާގެ ސުލްހައިގެ ޕްލޭން ގަބޫލުކުރުމަށް ޔޫއެން ކައުންސިލަށް ޓްރަމްޕް ގޮވާލައިފި

14 ނޮވެމްބަރު 2025
ސިފައިންނަށް އަމުރުކޮށްފައި އޮންނަނީ އަރަބިންނަށް އެނބުރި ނާދެވޭ ގޮތައް މުޅި ތަން ފަނާ ކޮށްލަން: އިސްރާއީލުގެ ސިފައިންގެ މީހެއް

ސިފައިންނަށް އަމުރުކޮށްފައި އޮންނަނީ އަރަބިންނަށް އެނބުރި ނާދެވޭ ގޮތައް މުޅި ތަން ފަނާ ކޮށްލަން: އިސްރާއީލުގެ ސިފައިންގެ މީހެއް

07 ޖޫން 2025
ހުކުރު ދުވަހު ހެނދުނު ޣައްޒާ ގައި 20 މީހުން ޝަހީދު ކޮށްލައިފި

ހުކުރު ދުވަހު ހެނދުނު ޣައްޒާ ގައި 20 މީހުން ޝަހީދު ކޮށްލައިފި

16 މެއި 2025
ބުރާސްފަތި ދުވަހު ޣައްޒާ ގައި 100 ށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި

ބުރާސްފަތި ދުވަހު ޣައްޒާ ގައި 100 ށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި

15 މެއި 2025
އަލުން ހަމަލާ ދޭން ފެށި ފަހުން، އިސްރާއީލުން ޣައްޒާގެ 400 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި 

އަލުން ހަމަލާ ދޭން ފެށި ފަހުން، އިސްރާއީލުން ޣައްޒާގެ 400 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި 

20 މާރިޗު 2025

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު