Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރެނާޓޯ ސަންޗޭޒް

ލޯނަށްވެސް ރެނާޓޯ ސަންޗޭޒް މި ޓްރާންސްފާގައި ދޫކޮށްނުލާނަން: އެންޗޮލޮޓީ

ސަންޗޭޒް ބަޔާންއާއެކު ހެދި އެއްބަސްވުން ހަމަވާނީ 2021 ވަނަ އަހަރު

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 1 އޯގަސްޓު 2017 | އަންގާރަ 06:47
ބަޔާން އަށް ކުޅެމުން އަންނަ އުމުރުން 19 އަހަރުގެ ރެނާޓޯ ސަންޗޭޒް

ބަޔާން އަށް ކުޅެމުން އަންނަ އުމުރުން 19 އަހަރުގެ ރެނާޓޯ ސަންޗޭޒް

ލޯން އެއްބަސްވުމެއްގެ ދަށުން ވިޔަސް ބަޔާން އަށް ކުޅެމުން އަންނަ ރެނާޓޯ ސަންޗޭޒް ދޫކޮށްނުލާނެ ކަމަށް އެޓީމުގެ ކޯޗު ކާލޯ އެންޗޮލޮޓީ ބުނެފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެމުން އެންޗޮލޮޓީ ބުނީ ރެނާޓޯ ސަންޗޭޒްއާ ބެހޭގޮތުން ދައްކަން މާގިނަ ވާހަކައެއް ނެތް ކަމަށާއި، މި ސީޒަން އޭނާ ފެށީ ބަޔާޏްއާ އެކު ކަމަށާއި، މި ސީޒަން ނިމެންދެންވެސް އޭނާ ކްލަބުގައި މަޑުކުރާނެ ކަމަށެވެ.

އެގޮތުން އެންޗޮލޮޓީ ބުނީ ސަންޗޭޒް އަންނަނީ ބަޔާންގައި ރަނގަޅު ކުޅުމެއް ދައްކަމުން ކަމަށާއި، އެންމެ ފަހުން ބަޔާން ކުޅުނު މެޗުގައި ވެސް ސަންޗޭޒްގެ ކުޅުން ފާހަގަކޮށްލެވޭ ކަމަށެވެ.

ސަންޗޭޒް ވަނީ އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕްގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އާސެނަލް، އޭސީ މިލާން އަދި އިންޓަ މިލާންއާ ދެކޮޅަށް ކުޅެފައެވެ. އޭނާ އެންމެ ފަހުން ކުޅުނު މެޗުގައި ޗެލްސީއާ ދެކޮޅަށް ނިކުތީ ފުރަތަމަ އެގާރައިގައި ހިމެނިގެންނެވެ.

އޭސީ މިލާންގެ އިތުރުން ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކްލަބްތަކުން އަންނަނީ ރެނާޓޯ ސަންޗޭޒް ހޯދުމަށް މަސައްކަތްކުރަމުންނެވެ. އޭގެ ތެރޭގައި ޔުވަންޓަސްވެސް ހިމެނެއެވެ.

ބެންފީކާ އިން ކެރިޔަރު ފެށި އުމުރުން އެންމެ 19 އަހަރުގެ ސަންޗޭޒް އަންނަނީ ޒުވާން އުމުރުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މިދިޔަ ސީޒަނުގައި އޭނާ ވަނީ ބަޔާނަށް 25 މެޗު ކުޅެފައެވެ.

ސަންޗޭޒް ބަޔާން އަށް ބަދަލުވީ މިދިޔަ އަހަރުގެ މެއި މަހު، ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 35 މިލިއަން ޕައުންޑަށެވެ. އެހެންކަމުން އޭނާގެ އެއްބަސްވުން ހަމަވާނީ 2021 ވަނަ އަހަރެވެ.

މި ސީޒަން ރަސްމީކޮށް ހުޅުވާ މެޗުގައި ބަޔާން ނިކުންނާނީ ޖަރުމަން ސުޕާކަޕްގައި ބްރޯޝިއާ ޑޯޓްމަންޑްއާ ދެކޮޅަށެވެ. އެ މެޗު ކުޅުމަށް އެޓީމު އަންނަ ހޮނިހިރު ދުވަހު ޑޯޓްމަންޑަށް ދަތުރުކުރާނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެފްއޭކަޕް ފައިނަލް މެޗަށް ސަންޗޭޒް ފިޓްވާނެ: ވެންގާ

އެފްއޭކަޕް ފައިނަލް މެޗަށް ސަންޗޭޒް ފިޓްވާނެ: ވެންގާ

24 މެއި 2017
ވާދަވެރި ކްލަބަކަށް ސަންޗޭޒް ވިއްކާލަންވީ ސަބަބެއް ނެތް: ވެންގާ

ވާދަވެރި ކްލަބަކަށް ސަންޗޭޒް ވިއްކާލަންވީ ސަބަބެއް ނެތް: ވެންގާ

26 އެޕްރީލު 2017
އެފްއޭކަޕް: ސަންޗޭޒްގެ ލަނޑުން ސިޓީ ބަލިކޮށް އާސެނަލް ފައިނަލަށް

އެފްއޭކަޕް: ސަންޗޭޒްގެ ލަނޑުން ސިޓީ ބަލިކޮށް އާސެނަލް ފައިނަލަށް

24 އެޕްރީލު 2017
ޓްރާންސްފާގައި އާސެނަލް އިން ރަނގަޅު ކުޅުންތެރިންތަކެއް ހޯދަން ޖެހޭ: އޮޒިލް

ޓްރާންސްފާގައި އާސެނަލް އިން ރަނގަޅު ކުޅުންތެރިންތަކެއް ހޯދަން ޖެހޭ: އޮޒިލް

10 އެޕްރީލު 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު