Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްއޭއެމް

ކޮންގްރެސްގެ ދައުވަތު ނުލިބޭ ކަމަށް ވެލެންސިއާ އިން ބުނެފި

އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އޮންނާނީ ބުރާސްފަތި ދުވަހު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 5 ފެބުރުއަރީ 2024 | ހޯމަ 00:08
އެފްއޭއެމްގެ ކުރީގެ ރައީސް ޓޮމް އަދި ކުލަބު ވެލެންސިއާގެ ޗެއާމަން ޢަބްދުﷲ އަޒްމީން

އެފްއޭއެމްގެ ކުރީގެ ރައީސް ޓޮމް އަދި ކުލަބު ވެލެންސިއާގެ ޗެއާމަން ޢަބްދުﷲ އަޒްމީން

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ ދައުވަތު ނުލިބޭ ކަމަށް ކުލަބު ވެލެންސިއާ އިން ބުނެފި އެވެ.

އެފްއޭއެމުން އަންނަނީ އަންނަ ބުރާސްފަތި ދުވަހު އެ އިދާރާގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބޭއްވުމަށް ތައްޔާރުވަމުންނެވެ. އެކަން އިއުލާންކޮށް، އެފްއޭއެމުން ވަނީ ކުލަބުތަކަށް ދައުވަތު ފޮނުވާފައިވާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް އެކަމާ ގުޅިގެން ކުލަބު ވެލެންސިއާގެ ޗެއާމަން ޢަބްދުﷲ އަޒްމީން ވިދާޅުވީ، ކޮންގްރެސްގެ ދައުވަތު އެ ކުލަބަށް ލިބިފައި ނުވާ ކަމަށެވެ. އަދި އެކަން އޭނާ އަށް އަންގާފައި ނެތް ކަމުގައި އަޒްމީން ވަނީ ވިދާޅުވެފަ އެވެ.

އެކަމާ ގުޅިގެން އެފްއޭއެމްގެ އެކްޓިން ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ޖައުޝަން ޝަރީފް (ޖައު) ވިދާޅުވީ، އެހެން ކުލަބުތަކަށް ވެސް ދައުވަތު ފޮނުވާފައިވާ ފަދައިން، ވެލެންސިއާ އަށް ވެސް ދަައުވަތު ފޮނުވާފައިވާނެ ކަމަށެވެ. އަދި އެ ކޮންގްރެސްގެ ދައުވަތު ލިބިފައިވާކަން އެ ކުލަބުން ޔަގީން ކޮށްދީފައިވާ ކަމަށް ޖައު ވިދާޅުވި އެވެ. ހަމަ އެހެންމެ ކުލަބުގެ އިދާރީ ހިންގުމުގެ ތެރެއިން ވަކި ވަކި ފަރުދުން ދައްކާ ވާހަކަ އެފްއޭއެމަށް ނޭންގޭ ކަމަށް ވެސް ޖައު ވަނީ ވިދާޅުވެފަ އެވެ.

އެފްއޭއެމުން ބާއްވާ މި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އަކީ، ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އަދި ސަރަހައްދީ ފުޓުބޯޅަ އިދާރާ (އޭއެފްސީ)ގެ އެންގުމުގެ މަތިން ބާއްވާ ކޮންގްރެސް އެކެވެ. އެއީ އެފްއޭއެމުގެ އަސާސީ ގަވާއިދުގެ ދަށުން، ކޮންމެހެން ހަދަން ޖެހޭ ބައެއް ކޮމިޓީތައް އެކުލަވާލާފައި ނުވާތީވެ، އެ ކޮމެޓީތައް އެކުލަވާލުމަށް ބާއްވާ ކޮންގްރެސް އެކެވެ. އެގޮތުން އެކުލަވާލަން ޖެހޭ ކޮމިޓީ ތަކަކީ، އިލެކްޓޯރަލް ކޮމިޓީ، އެޕީލްސް ކޮމިޓީ، އިންތިޚާބީ އެޕީލްސް ކޮމިޓީ އަދި ޑިސިޕްލިނަރީ ކޮމިޓީ އެވެ.

އެފްއޭއެމްގެ އިންތިޚާބާ ދިމާކޮށް، ކުލަބު ވެލެންސިއާގެ ތެރޭގައި މައްސަލަ ވަނީ ބޮޑުވެފަ އެވެ. އެއީ އިންތިޚާބުގައި ވާދަކުރާ އަޙުމަދު ޠާރިޤް (ޓޮމް) އަށް ވެލެންސިއާ އިން ތާއީދު ދީފައި ވަނިކޮށް، އިންތިޚާބުގައި ވާދަކުރާ މުފާވިޒް ހާޝިމް (މުފާ) އަށް ވެސް ވެެލެންސިއާގެ ބޯޑުން ތާއީދު ދީފައިވާ ކަމަށް ބުނެ އެވެ. އެ މައްސަލައިގައި ވެެލެންސިއާގެ ބޯޑު ދެ ފަޅިވީއިރު، މިހާރު އެ ކުލަބުގެ ބޯޑަށް ވަނީ ބަދަލުތަކެއް ވެސް ގެނެސްފަ އެވެ. އަދި ކޮމިޝަނަރ އޮފް ސްޕޯޓްސް އިން ވަނީ އެ ބަދަލު ބަަލައި ގަންނަން ވެސް ނިންމައިފަ އެވެ.

ކުލަބު ވެލެންސިއާފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

30 ނޮވެމްބަރު 2025
ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި

ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި

01 ނޮވެމްބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

25 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު