Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ފަލަސްތީނު އިސްރާއީލް ހަނގުރާމަ

ލެޔާއި ކިސަޑުގެ ކޯރު ދެމުންދާ ޣައްޒާގެ މަގުތައް މަތީގައި އެތައް ބަޔަކު ހުސްފަޔާ!

ޤަތުލުޢާންމު ފެށުމާއެކުގައި ހެން އިޒްރޭލުން ވަނީ ޣައްޒާގެ ޢާންމު ޚިދުމަތްތަކުގައިވެސް އަތް އަޅާ، ބަންދުކޮށްފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 4 ފެބުރުއަރީ 2024 | އާދީއްތަ 06:56
މުޅި ޣައްޒާ ހަފުސްކޮށް، އިޤްތިޞާދު "ފުނޑާލާފައި" އޮތުމުގެ ނަތީޖާއެއްގެ ގޮތުން، ހެޔޮ އަގުގައި ފައިވާނެއް ގަތުމުގެ ނަޞީބުން ޣައްޒާގެ އެތައް ބަޔަކު ވަނީ މަޚްރޫމުވެފައި

މުޅި ޣައްޒާ ހަފުސްކޮށް، އިޤްތިޞާދު "ފުނޑާލާފައި" އޮތުމުގެ ނަތީޖާއެއްގެ ގޮތުން، ހެޔޮ އަގުގައި ފައިވާނެއް ގަތުމުގެ ނަޞީބުން ޣައްޒާގެ އެތައް ބަޔަކު ވަނީ މަޚްރޫމުވެފައި

ކޮންމެ ކަމެއްގައިވެސް ހެވެއް އޮވެއެވެ. ހިތްދަތި، ހިތާމަވެރި ކަމެއް މެދުވެރި ވާ ހިނދު، މުސީބާތުގެ ޝިކާރައަކަށް ވެ، އެ ގޮތުގައި ދުވަސްތައް ގުނަން އޮތުމުގެ ބަދަލުގައި، އަލިކަމުގެ ކަންފުޅެއްވެސް ވޭތޯ ބެލުމަށް ގަދަ އަޅާ މަސައްކަތް ކުރާ މީހަކަށް، ކިތަންމެ ނާމާން، ކަނު އަނދިރި ކަމުގެ ތެރެއިންވެސް އުޖާލާކަން ހޯދިދާނެއެވެ. އެކަން އެންމެ ސާފުކޮށް މިއަދު ފެންނަން އޮތީ، ނިރުބަވެރި ޔަހޫދީންގެ ޤަތުލުޢާންމުގައި ބަންދުގައި ވެފައި އޮތް ޣައްޒާގައެވެ.

އިޒްރޭލުން ހިންގަމުންދާ ރަޙުމެއް ނެތް ޤަތުލުޢާންމަށް 4 މަސް ވާން ދެން އޮތީ ހަފުތާއަކަށް ވުރެވެސް ކުޑަ ދުވަސްކޮޅެކެވެ. އެޔެއް މިޔެއް ބެލުމެއް ނެތި ދެމުންދާ ޙަމަލާތަކުގެ ތެރޭގައި، އިންސާނަކަށް ވީތީ ލިބިދޭ އެންމެ އަސާސީ ޙައްޤުތަކާއި، ދިރިއުޅުމައިގެން ކުރިއަށް ދިއުމަށް ބޭނުންވާ އެންމެ ޟަރޫރީ ޚިދުމަތްތައްވެސް ލިބެން ނެތް ތަނެއްގައި ޙަޔާތުގެ ދުވަސްތައް ގުނަމުން ދިއުމަކީ، މިއަދު ޣައްޒާގެ ރަށްވެހިންގެ "އައު އާންމު ޙާލަތަށް" ވެފައި އޮތް ފަދައެވެ.

އެމީހަކަށް ވީ ގޮތަކަށް ދިރިއުޅުމަށް މަސައްކަތެއް ކުރެވޭތޯ ބަލައެވެ. ޢާއިލާއާއި ރަޙުމަތްތެރިންގެ އެތައް ބަޔަކު ތާ އަބަދަށް ވަކިވެ ގޮސް، ޢުމުރު ދުވަހު އުޅުނު ގެދޮރު ގެއްލި، އުފަން ފަސްގަނޑުގައި ރެފިއުޖީއެއްގެ ގޮތުގައި އުޅެން ޖެހުނު ކަމުގައި ވީ ނަމަވެސް، ހިތްވަރާއެކު ދިރިއުޅުމާ ކުރިމަތިލާ އެތައް ބަޠަލުންނެއް ޣައްޒާއިން މިއަދު ފެނެއެވެ. އެފަދަ އެކަކީ ބޫޓާއި ފައިވާން ހެދުމުގެ މަސައްކަތް ކުރަމުން އަންނަ އަޙްމަދު ޙަތުޙޫތުއެވެ.

ޣައްޒާގެ އުތުރުގެ ސަރަޙައްދެއް ކަމަށް ވާ ޣައްޒާ ސިޓީއަށް ނިސްބަތްވާ އަޙުމަދު ބުނާ ގޮތުގައި، ޤަތުލުޢާންމުގެ ތެރޭގައި ފާއިތުވެ ދިޔަ ދުވަސްތަކަކީ، އަތު މަސައްކަތުން އޭނާ ތައްޔާރު ކުރާ ފައިވާނާއި ބޫޓުތަކަށް ޢާންމުންގެ މެދުގައި އޮތް ޑިމާންޑް، އިންތިހާއަށް އިތުރު ވެފައި އޮތް ދުވަސްތަކެކެވެ. ޣައްޒާގެ އަދުގެ ޙާލަތު އޮތް ގޮތުން، އައު ފައިވާނާއި ބޫޓު ގަތުމަކީ ޣައްޒާގެ ކޮންމެކޮންމެ މީހަކަށް ކުޅަދާނަ ކަމެއް ނޫނެވެ. އެހެން ކަމުން، ކިރިއާވެސް އެރެންޏާ އެ ބޫޓަކަށް ނުވަތަ ފައިވާނަކަށް އަރަނީއެވެ. ނޫނީ، ހެޔޮ އަގުގައި މަރާމާތުކޮށް، ހަދާލަނީއެވެ.

ޣައްޒާގައި މީގެ ކުރިން 15 ޝެކްލްސް ނުވަތަ 5 ވަރަކަށް އެމެރިކާ ޑޮލަރަށް ވިއްކި ފައިވާން، މިއަދު ލިބެން ހުރީ 80 ޝެކްލްސް ނުވަތަ 30 އަކަށް ޑޮލަރަށެވެ. މުޅި ޣައްޒާ ހަފުސްކޮށް، އިޤްތިޞާދު "ފުނޑާލާފައި" އޮތުމުގެ ނަތީޖާއެއްގެ ގޮތުން، އެ އަގުގައި ފައިވާނެއް ގަތުމުގެ ނަޞީބުން ޣައްޒާގެ އެތައް ބަޔަކު ވަނީ މަޚްރޫމުވެފައެވެ.

ޤަތުލުޢާންމު ފެށުމާއެކުގައި ހެން އިޒްރޭލުން ވަނީ ޣައްޒާގެ ޢާންމު ޚިދުމަތްތަކުގައިވެސް އަތް އަޅާ، ބަންދުކޮށްފައެވެ. ޣައްޒާއިން ކަރަންޓު ކަނޑާލުމަށް ފަހު ތެލުގެ ސަޕްލައިއަށްވެސް ހުރަސް އެޅީއެވެ. އަމިއްލަ ޖަނަރޭޓަރުގަނޑެއްވެސް ހިނގާ ނުލެވޭނެ ގޮތް ހެދިއެވެ. އެހެން ކަމުން، ފައިވާނާއި ބޫޓު މަރާމާތުކޮށް، ހަލާކުވެފައި ތަންތަން ހަދަނީ އެއްވެސް ކަހަލަ އިލެކްޓްރިކް ޢާލާތެއް ނުވަތަ މެޝިނަރީ އެއް ބޭނުން ނުކޮށެވެ. އެންމެ އިހު، އެވޭލާ ޒަމާނުގައި ކަން ކުރި ގޮތަށެވެ.

މިދިޔަ އޮކްޓޯބަރ މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ޣައްޒާއާ ދެކޮޅަށް އިޒްރޭލުން ޤަތުލުޢާންމު ފެށުމުގެ ކުރިންވެސް، ޣައްޒާގެ އިޤްތިޞާދަކީ އިނދަޖެހިފައި އޮތް އިޤްތިޞާދެކެވެ. 2007 ވަނަ އަހަރުގެ ދާޚިލީ ހަމަނުޖެހުންތަކަށް ފަހު ޙަމާސް ޖަމާޢަތުން ޣައްޒާގެ ކޮންޓްރޯލް ނެގުމާއެކު، ފަލަސްޠީނުގެ މައި ސަރުކާރާއި، މިޞްރު އަދި އިޒްރޭލުން ޣައްޒާ ފިއްތާލިއެވެ. ވިޔަފާރިއާ ބެހޭ އދގެ އިދާރާ (ޔޫއެންސީޓެޑް)ގެ ތަފާސް ހިސާބުތަކަށް ބަލާއިރު، 2023 ވަނަ އަހަރުގެ ފުރަތަމ 3 މަސްދުވަހު، ޣައްޒާގެ އިޤްތިޞާދު ހީނަރުވި ނިސްބަތް އުޅެނީ 4.5 ޕަސެންޓްގައެވެ.

4 މަހަށް ދިގުލައި ގޮސް، މިއިން ދުވަހަކުވެސް ހުއްޓުމެއް އައިސްދާނެ ކަމުގެ ކޮޅުމަތި ފެންނަން ނެތް ޤަތުލުޢާންމުގައި، ޣައްޒާގެ މުޅި އާބާދީހެން އޮތީ ރެފިއުޖީންނަށް ވެފައެވެ. ހުރިހާ ރަށްވެހިންހެން މިއަދު ތިބީ ބަނޑަށް ޖެހިފައެވެ. ޣައްޒާގައި މިވަގުތު އުފެދިފައި ވަނީ، އަދުގެ 21 ވަނަ ޤަރުނުގައި ދުނިޔެ ދުށް އެންމެ ވަރުގަދަ އިންސާނީ ކާރިޘާއޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ.

ޙަމާސް ޖަމާޢަތް ނައްތާލަން ކަމަށް ބުނެ އިޒްރޭލުން ދެމުންދާ ޙަމަލާތަކުގައި ފަލަސްޠީނުގެ 27000 އެއްހާ މީހުން މި ދުނިޔެއާ ވަކި ކޮށްފައި ވާ އިރު، ގިނައީ ކުޑަ ކުދިންނެވެ. ކޮންމެ 24 ގަޑިއިރެއްގެ ތެރޭގައި 200 އެއްހާ މީހުން މަރާލާއިރު، ނިރުބަވެރި އިޒްރޭލާ ދެކޮޅަށް، ދުނިޔޭގެ އެއްވެސް ބާރަކަށް ކުރެވުނު އެއްވެސް ކަމެއް ނެތެވެ.

ފަލަސްތީން - އިސްރާއީލް ހަމަނުޖެހުންޣައްޒާ

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު