Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްއޭއެމް

ބާބާއަށް ބަދަލުދޭން އެފްއޭއެމަށް އެންގި، މުއްދަތަށް ފައިސާ ދައްކާނަން: ޖަވާ

މައުލޫމާތު ލިބިފައިވާގޮތުގައި، މި އެންގުމާއެކު އެފްއޭއެމުން ބާބާއަށް 35،000 ޑޮލަރު ނުވަތަ އެއަށްވުރެ ގިނައިން ދޭންޖެހޭނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 15 ސެޕްޓެމްބަރު 2022 | ބުރާސްފަތި 12:34
ގައުމީ އަންހެން ޓީމުގެ ކުރީގެ ކޯޗު ބާބާއާއި އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީ ޖަވާ

ގައުމީ އަންހެން ޓީމުގެ ކުރީގެ ކޯޗު ބާބާއާއި އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީ ޖަވާ

ގައުމީ އަންހެން ޓީމުގެ ކުރީގެ ކޯޗަކަށް ހުރި ސާބިއާގެ ޑޭވޯ ބާބާއަށް ބަދަލުދޭން ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާއިން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމަށް) އަންގައިފިއެވެ.

އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީ ޙުސެއިން ޖަވާޒް (ޖަވާ) ވަނީ ރާއްޖެ އެމްވީއަށް އެކަން ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް ބަދަލުގެ ގޮތުގައި ބަދަލުގެ ގޮތުގައި އޭނާއަށް ދިނުމަށް ފީފާއިން އަންގާފައިވާ އަދަދެއް ޖަވާ ވިދާޅެއްނުވެއެވެ. ޖަވާ ވިދާޅުވީ ބާބާއަށް ބަދަލު ދިނުމަށް މިހާރު އަންގާފައިވާ ކަމަށާއި، އެ މުއްދަތަށް ފައިސާ ދައްކާނެ ކަމަށެވެ.

ގައުމީ އަންހެން ޓީމުގެ ކޯޗުކަމަށް ބާބާ ހަމަޖައްސާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އެއަށްފަހު ބާބާއާއެކު ގައުމީ ޓީމުން ވަނީ ފަރިތަކުރުންތައް ފަށައި، އެކުވެރިކަމުގެ ތިން މެޗުވެސް ކުޅެފައެވެ. އެއީ ސީޝެލްސްއާ ދެކޮޅަށް ކުޅުނު ދެ މެޗާއި، ސައުދީ އަރަބިއާއާ ދެކޮޅަށް ކުޅުނު މެޗެވެ. ފުރަތަމަ މެޗުގައި ރާއްޖެއިން ވަނީ 1-0ން ސީޝެލްސް ބަލިކޮށްފައެވެ. ދެ ވަނަ މެޗުގައި ސީޝެލްސް އަތުން 4-0ން ބަލިވިއިރު، ފަހު މެޗުގައި ސައުދީ އަތުން ވަނީ 2-0ން ބަލިވެފައެވެ.

ބާބާއާއެކު ފަރިތަކުރުން ފަށައި، ސާފް ޗެމްޕިއަންޝިޕްގައި ރަނގަޅު ނަތީޖާއެއް ނެރުމުގެ މަސައްކަތް ފެށިނަމަވެސް، މުބާރާތުގައި ރާއްޖެއަށް އިރުޝާދު ދީފައިވަނީ އަހުމަދު ޝަރީފް (ޑުންގާ)އެވެ. މުބާރާތުގައި ރާއްޖެއިން ކުޅުނު ތިން މެޗުންވެސް ވަނީ ބަލިވެފައެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ފީފާއިން އެފްއޭއެމަށް އަންގާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ދޭން ޖެހޭ މުސާރަ ދިނުމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެންގުމާއެކު އެފްއޭއެމުން ބާބާއަށް 35،000 ޑޮލަރު، ނުވަތަ އެއަށްވުރެ ގިނައިން ދޭންޖެހޭނެއެވެ. އެއީ މަހަކު 5000 ޑޮލަރުގެ ރޭޓުންނެވެ. އެއީ ދިވެހި ރުފިޔާއިންނަމަ، 539،700 ރުފިޔާއެވެ.

މީގެ ކުރިން ގައުމީ ފިރިހެން ޓީމުގެ ކޯޗަކަށް ގެނައި މާޓިން ކޫޕްމަންއާއި އޭނާގެ އެސިސްޓެންޓް ކޯޗަކަށް ގެނައި ރެނޭ ހިޑިންކަށްވެސް ބަދަލުދިނުމަށް ފީފާއިން ވަނީ އެފްއޭއެމަށް އަންގާފައެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ފީފާހުސައިން ޖަވާޒް (ޖަވާ)

ކޮމެންޓް

އިތުރަށް ކިޔާލަން

2026 ވޯލްޑް ކަޕް މެޗުތަކަށް ފަސް މިލިއަން ޓިކެޓު ގަންނަން މިހާތަނަށް އެދިފައިވާ ކަމަށް ފީފާ އިން ބުނެފި

2026 ވޯލްޑް ކަޕް މެޗުތަކަށް ފަސް މިލިއަން ޓިކެޓު ގަންނަން މިހާތަނަށް އެދިފައިވާ ކަމަށް ފީފާ އިން ބުނެފި

13 ޑިސެމްބަރު 2025
ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

08 ޑިސެމްބަރު 2025
އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

08 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ސުލްޙައިގެ އިނާމު ޓްރަމްޕް އަށް އެރުވުމާ އެކު، އިންފަންޓީނޯގެ ތައުރީފު

ފީފާގެ ސުލްޙައިގެ އިނާމު ޓްރަމްޕް އަށް އެރުވުމާ އެކު، އިންފަންޓީނޯގެ ތައުރީފު

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު