Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގެވެށި އަނިޔާގެ މައްސަލަ

ގެވެށި އަނިޔާގެ މައްސަލަތައް އަވަހަށް ނިންމުން އެދި، ޕީޖީ އޮފީހުން ކޯޓަށް އޮޓޮމެޓިކުން ސިޓީއެއް ފޮނުވަނީ

ގެވެށި އަނިޔާގެ މައްސަލައެއްކަމަށް ބެލެވޭ ކޮންމެ މައްސަލައެއްގައި އެ ސިޓީ ފޮނުވާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 3 ފެބުރުއަރީ 2024 | ހޮނިހިރު 07:39
ޕީޖީ، ހުސައިން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަނީ

ޕީޖީ، ހުސައިން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަނީ

ގެވެށި އަނިޔާގެ މައްސަލަތައް އަވަހަށް ނިންމަވައިދެއްވުން އެދި، ޕީޖީ އޮފީހުން ކޯޓަށް އޮޓޮމެޓިކުން ސިޓީއެއް ފޮނުވޭގޮތް ހަދައިފިއެވެ.

އެކަމާ ގުޅޭގޮތުން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ބުނީ، އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް އިންސާފު ހޯދައިދިނުމަށް އެ އޮފީހުން އިސްނަގައިގެން ދައުލަތުގެ ތެރޭގައި ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.

އަދިއަނިޔާ ލިބުނު މީހާއަށް، މައްސަލަ ހިނގަމުންދާ ގޮތާއި، ޝެޑިއުލްކުރާ ދުވަސްތަކާއި، އެ ދުވަސްތަކުގައި މައްސަލައަށްވީ ގޮތް، އެ އޮފީހުގެ ވެބްސައިޓުން ބެލޭނެ އިންތިޒާމު ޕީޖީ އޮފީހުން ވަނީ ހަމަޖައްސާފައެވެ.

ޕީޖީ އޮފީހުން މައުލޫމާތު ދޭގޮތުގައި، އޭގެ ބޭނުމަކީ، ކުށުގެ ޝިކާރައަކަށްވީ މީހާއަށް ޖިނާއީ އަދުލުގެ ނިޒާމު ހިނގާގޮތާބެހޭ މައުލޫމާތު ދިނުމާއި، އޭނާއަށް އިންސާފު ހޯދައިދިނުމުގައި ދައުލަތުން ކުރާ މަސައްކަތްތައް އޭނާއަށް އަންގައިދިނުމާއި، މިކަމުގައި އޭނާގެ ބައިވެރިވުންވެސް އިތުރުކުރުމެވެ.

ގާނޫނު ނަންބަރު: 2012/3 (ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު)ގެ 2 ވަނަ މާއްދާ (މަގުސަދު)ގެ (ށ) ގައި ބަޔާންކުރާގޮތުން، އެ ގާނޫނުގެ އެއް މަގުސަދަކީ ގެވެށި އަނިޔާގެ އަމަލުގެ ޝިކާރައަކަށްވީ މީހާއަށް އެކަށީގެންވާ ރައްކާތެރިކަމާއި ހިމާޔަތް ލިބިދިނުމެވެ. 

ޕީޖީ އޮފީހުން ބުނީ، ގެވެށި އަނިޔާގެ އަމަލަކާ ގުޅިގެން ޖިނާއީ ދައުވާ އުފުލޭ ހާލަތުގައި، މައްސަލައިގެ ޝަރީއަތް އަވަހަށް ހިނގައި، މައްސަލަ ނިމި، އަވަހަށް އިންސާފު ގާއިމުވުމަކީ، ގެވެށި އަނިޔާގެ އަމަލުގެ ޝިކާރައަކަށްވީ މީހާއަށް އެކަށީގެންވާ ރައްކާތެރިކަމާއި ހިމާޔަތް ލިބިދިނުމަށްޓަކައި މުހިއްމު ކަމެއް ކަމަށެވެ.

ވުމާއެކު، ޕީޖީ އޮފީހުން ދައުވާކުރާ ގެވެށި އަނިޔާއާގުޅޭ މައްސަލަތަކުގެ ޝަރީއަތް ހިންގުމުގައި، ގާނޫނު ނަންބަރު: 2016/12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު)ގައި ހުރި މުއްދަތުތަކާ އެއްގޮތަށް، ވީ އެންމެ އަވަހަކަށް މައްސަލަ ތާވަލުކޮށްދެއްވައި، އެ ގާނޫނުގެ 142 ވަނަ މާއްދާ (އަދުލުވެރިކަމާއި، ތެދުވެރިކަމާއި، އަދި މެދުކެނޑުމެއްނެތި ޝަރީއަތް ހިންގުން)ގައި ބަޔާންކުރާ ގޮތުގެ މަތިން، މެދުކެނޑުމެއް ނެތި މި މައްސަލައިގެ ޝަރީއަތް ހިންގައިދީ މައްސަލަ ނިންމައިދިނުން އެދި، މިބާވަތުގެ ހަމަ ކޮންމެ މައްސަލައެއްގައި، އެމައްސަލައެއް ހުށަހަޅާ ކޯޓަށް ޕީޖީ އޮފީހުން ވަނީ އޮޓޮމެޓިކުން ސިޓީއެއް ފޮނުވަން ފަށާފައެވެ.  

ޕީޖީ އޮފީހުން ބުނީ، އެ މައްސަލައަކީ ގެވެށި އަނިޔާގެ މައްސަލައެއްކަމަށް ބެލެވޭ ކޮންމެ މައްސަލައެއްގައި، އެ ސިޓީ މިހާރު ދާނީ ތައްޔާރުކުރެވި ކޯޓަށް ފޮނުވެމުން ކަމަށެވެ.

އަދި މައްސަލަ ލަސްވެގެން، ނުވަތަ އެނޫންވެސް ސަބަބަކާހުރެ ފަހުން މީހަކު ބެލިޔަސް، އެ މުއާމަލާތުތައް ފެންނަން ހުންނާނެ ކަމަށާއި، މީގެ ބޭނުމަކީ، ގެވެށި އަނިޔާގެ މައްސަލަތައް އަވަހަށް ނިންމުމަށް ކޯޓުތަކަށް ބާރު އެޅުންކަމަށްވެސް ޕީޖީ އޮފީހުން މައުލޫމާތުދެއެވެ.  

ގެވެށި އަނިޔާ

އިތުރަށް ކިޔާލަން

28 މެއި 2023

އަނބިމީހާއަށް ގެވެށި އަނިޔާ ކުރި އިންޑިއާ މީހާ ބަންދުން ދޫކޮށްލައިފި

28 މެއި 2023
އަނބިމީހާއަށް ގެވެށި އަނިޔާ ކުރި އިންޑިއާ މީހާ ބަންދުން ދޫކޮށްލައިފި
20 މެއި 2023

މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ގެވެށިއަނިޔާގެ 57 މައްސަލަ އަދި ޖިންސީ ކުށްތަކުގެ 69 މައްސަލަ ތަހުގީގުކޮށްފައިވޭ

20 މެއި 2023
މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ގެވެށިއަނިޔާގެ 57 މައްސަލަ އަދި ޖިންސީ ކުށްތަކުގެ 69 މައްސަލަ ތަހުގީގުކޮށްފައިވޭ
13 ޑިސެމްބަރު 2022

ތުހުމަތެއް ކުރެވުނަސް ގެވެށި އަނިޔާ ރިޕޯޓު ކުރަން ޤާނޫނުގައި އޮވޭ

13 ޑިސެމްބަރު 2022
ތުހުމަތެއް ކުރެވުނަސް ގެވެށި އަނިޔާ ރިޕޯޓު ކުރަން ޤާނޫނުގައި އޮވޭ
12 ސެޕްޓެމްބަރު 2022

އޯގަސްޓުމަހު ފިރިހެނުންނަށް ގެވެށި އަނިޔާކުރުމާގުޅޭ 14 އިންސައްތަ މައްސަލަ ފެމިލީ ކޯޓަށް ހުށަހެޅި

12 ސެޕްޓެމްބަރު 2022
އޯގަސްޓުމަހު ފިރިހެނުންނަށް ގެވެށި އަނިޔާކުރުމާގުޅޭ 14 އިންސައްތަ މައްސަލަ ފެމިލީ ކޯޓަށް ހުށަހެޅި
27 ޖުލައި 2022

3 މަސް ތެރޭގައި ގެވެށި އަނިޔާގެ 169 މައްސަލައެއް

27 ޖުލައި 2022
3 މަސް ތެރޭގައި ގެވެށި އަނިޔާގެ 169 މައްސަލައެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު