Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގެވެށި އަނިޔާގެ ކަންކަމާ ގުޅޭ ޓެކްނިކަލް ކޮމިޓީ

ގެވެށި އަނިޔާގެ ކަންކަމާ ގުޅޭ ޓެކްނިކަލް ކޮމިޓީއަށް އަމިއްލަ ފަރާތެއް ނުވަތަ ޖަމިއްޔާތައް ތަމްސީލު ކުރާނެ ފަރާތެއް ހޯދަނީ

15 ޑިސެމްބަރު 2023 | ހުކުރު 06:39

ގެވެށި އަނިޔާގެ ކަންކަމާ ގުޅޭ ޓެކްނިކަލް ކޮމިޓީގެ މެންބަރުންގެ ދައުރަކީ ފަސް އަހަރު ދުވަސް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 15 ޑިސެމްބަރު 2023 | ހުކުރު 06:39
ގެވެށި އަނިޔާ

ގެވެށި އަނިޔާ

ގެވެށި އަނިޔާގެ ކަންކަމާ ގުޅޭ ޓެކްނިކަލް ކޮމިޓީގައި ބައިވެރިވާން ބޭނުންވާ އަމިއްލަ ފަރާތްތަކަށް ނުވަތަ މަދަނީ ޖަމިއްޔާތައް ތަމްސީލު ކުރާނެ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ކޮމިޓީއަކީ ގެވެށި އަނިޔާ ހުއްޓުވުމާބެހޭ އާންމު ގަވާއިދުގައި، ގެވެށި އަނިޔާގެ ކަންކަމާގުޅޭ ގޮތުން އެކުލަވާލުމަށް ބަޔާންކޮށްފައިވާ ކޮމިޓީއެކެވެ. މި ކޮމިޓީއަކީ ގެވެށި އަނިޔާގެ ޢަމަލުން މީހުން ސަލާމަތްކުރުމަށްޓަކައި ރާއްޖޭގައި މަސައްކަތް ކުރާ އެކިއެކި ދާއިރާގެ މީހުން ހިމެނޭގޮތަށް އެކުލަވައިލާ ފަންނީ ކޮމިޓީއެކެވެ.

Advertisement - newsAdvertisement

ގަވާއިދުގެ ދަށުން އެކުލަވައިލާ ޓެކްނިކަލް ކޮމިޓީގައި ގެވެށި އަނިޔާއާ ދެކޮޅަށް މަސައްކަތްކުރާ އަދި ޚިދުމަތް ފޯރުކޮށްދޭ އަމިއްލަ ފަރާތްތައް ހިމެނުމަށް ބަޔާންކޮށްފައިެއެވެ. އެހެންވެ، އެ ކޮމިޓީގައި ބައިވެރިވުމަށް ޝައުގުވެރިވާ މަދަނީ ޖަމިއްޔާއަކަށް ނުވަތަ ގެވެށި އަނިޔާއާ ދެކޮޅަށް މަސައްކަތްކުރާ އަމިއްލަ ފަރާތަކަށް އެ ފުރުސަތު ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން މިހާރު ވަނީ ހުޅުވާލައިފައެވެ.

މި ޓެކްނިކަލް ކޮމިޓީ އެކުލެވިފައިވަނީ 10 މެންބަރުންގެ މައްޗަށެވެ. އެއީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ އާއި ޖެންޑަރ މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީ އާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި ދިވެހި ފުލުހުންގެ ޚިދުމަތާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީ އާއި އައިޖީއެމްޗް އަދި ގެވެށި އަނިޔާގެ އަމަލުން މީހުން ސަލާމަތްކުރުމަށްޓަކައި ރާއްޖޭގައި ގެވެށި އަނިޔާއާ ދެކޮޅަށް މަސައްކަތް ކުރާ ޖަމިއްޔާތަކާއި ޚިދުމަތް ފޯރުކޮށްދޭ އަމިއްލަ ފަރާތްތަކުން ތަމްސީލު ކުރާ ދެ މެންބަރުންނެވެ.

ގެވެށި އަނިޔާގެ ކަންކަމާ ގުޅޭ ޓެކްނިކަލް ކޮމިޓީގެ މެންބަރުންގެ ދައުރަކީ ފަސް އަހަރު ދުވަހުއެވެ. މި ކޮމިޓީގެ މަސައްކަތްތަކުގެ ތެރޭގައި ގެވެށި އަނިޔާގެ ކަންކަމާ ގުޅޭ ސްޓިއަރިންގ ކޮމިޓީގެ ލަފަޔާއި ގެވެށި އަނިޔާގެ ކަންކަމާ ގުޅޭ ޓެކްނިކަލް ކޮމިޓީގެ މެންބަރުްގެ މަޝްވަރާއާއެކ ޚިދުމަތް ފޯރުކޮށްދިނުމާއި ޕްރޮހްތާމްތަކާއި ހަރަކާތްތައް ހިންގުމުގެ ކަންކަން ވަސީލަތްތައް ލިބިގެންވާ މިންވަރަށް ބަލައިގެން އެންމެ ފުރިހަމައަށް ރޭވުން ހިމެނެއެވެ. އަދި ގެވެށި އަނިޔާގެ އަމަލުން މީހުން ސަލާމަތް ކުރުމަށްޓަކައި އެކި ދާއިރާތަކަށް އަމާޒުކޮށް ހިންގަން ޖެހޭ ތަމްރީނު ޕްރޮގްރާމުތަކާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ފަރުމާ ކުރުމާއި ގެވެށި އަނިޔާގެ އަމަލުން މީހުން ސަލާމަތްކުރުމައްޓަކައި ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރަން ޖެހޭ ކަންކަން ކުރުމަށް އެކި ދާއިރާތަކަށް ލަފާ ދިނުން ވެސް ހިމެނެއެވެ.

މި ކޮމިޓީގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 2023 ޑިސެންބަރު 26 ވަނަ ދުވަހުގެ 13:30 ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމަށް ވަނީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން އެދެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

މިދިޔަ އަހަރު އެންމެގިނައިން ހުށަހެޅުނީ ޕްރޮކިއުމެންޓާ ގުޅޭ މައްސަލަ:އޭސީސީ

14 ފެބުރުއަރީ 2017
މިދިޔަ އަހަރު އެންމެގިނައިން ހުށަހެޅުނީ ޕްރޮކިއުމެންޓާ ގުޅޭ މައްސަލަ:އޭސީސީ
13 ފެބުރުއަރީ 2017

ކުއީން މޭރީ ޔުނިވާރސިޓީ ގެ މޫސުމާއި ގުޅޭ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާ، ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ

13 ފެބުރުއަރީ 2017
ކުއީން މޭރީ ޔުނިވާރސިޓީ ގެ މޫސުމާއި ގުޅޭ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާ، ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ
13 ފެބުރުއަރީ 2017

ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި

13 ފެބުރުއަރީ 2017
ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި
11 ފެބުރުއަރީ 2017

"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް

11 ފެބުރުއަރީ 2017
"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް
09 ފެބުރުއަރީ 2017

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

09 ފެބުރުއަރީ 2017
އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި
08 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި

08 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް