Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގެވެށި އަނިޔާ

ގެވެށި އަނިޔާއިން ރައްކާތެރިވުމުގެ އަމުރަކަށް އެދޭއިރު ދައްކަންޖެހޭ 25 ރުފިޔާ ކަނޑާލުމަކީ ވަރަށް ރަނގަޅު ނިންމުމެއް: ޕީޖީ

25 ރުފިޔާ ނުދައްކާގޮތަށް ބަދަލުކުރުމަކީ މުހިންމުކަމެއްކަމަށް ހުރިހާ އިދާރާތަކަށްވެސް ފެނުނު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 20 ޖެނުއަރީ 2024 | ހޮނިހިރު 08:51
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް

ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް

ގެވެށި އަނިޔާއިން ރައްކާތެރިވުމުގެ އަމުރަކަށް އެދޭއިރު ދައްކަންޖެހޭ 25 ރުފިޔާ ކަނޑާލުމަކީ ރަނގަޅު ނިންމުމެއްކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް އެހެން ވިދާޅުވީ މި ސުރުހީގެ ދަށުން އޭނާގެބްލޮގްގައިޝާއިއު ކުރެއްވި ލިއުމެއްގައެވެ.

ޝަމީމް ވިދާޅުވީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މަސައްކަތުގެ މިއަހަރުގެ އެއް އަމާޒަކީ، ކުށުގެ ސަބަބުން އަނިޔާ ލިބޭ މީހުންނަށް އިންޞާފު ހޯދައިދިނުމުގެ މަސައްކަތް ހަރުދަނާކުރުން ކަމަށެވެ.

އޭގެ އިތުރުން، އަނިޔާލިބޭ މީހުންނަށް ޚިދުމަތްތައް ހޯދުމުގައި ހުރި ދަތިތައް ފިލުވައިދީ، ހުރިހާ އިދާރާތައް ގުޅިގެން، ދުނިޔޭގެ ފެންވަރުގެ ވިކްޓިމް ސަޕޯޓް ނިޒާމެއް ޤާއިމުކުރުމަކީވެސް އެ އޮފީހުގެ އަމާޒެއްކަން ފާހަގަ ކުރައްވާފައިވެއެވެ.

ޝަމީމް ވިދާޅުވީ، މި ކަންކަމާއި ގުޅޭގޮތުން ދައުލަތުގެ އިދާރާތަކާއި އަމިއްލަ ޖަމްޢިއްޔާ/ޖަމާޢަތްތަކާއެކު ނިމިދިޔަ އަހަރުގެ ތެރޭގައި މަޝްވަރާ ބައްދަލުވުމެއް ބާއްވައި، ޢަމަލީ ގޮތުން ކަންތައްތަކެއް ކުރުމަށް އެއްބަސްވެފައިވާ ކަމަށެވެ.

އަދި ގެވެށި އަނިޔާއިން ރައްކާތެރިވުމުގެ އަމުރެއް ހޯދުމަށް އެދި ހުށަހަޅާއިރު، ފެމިލީ ކޯޓުން އެމައްސަލައެއް ބަލައިގަތުމަށް 25 ރުފިޔާގެ ފީއެއް ދައްކަންޖެހޭ މައްސަލައެއް، އެ ބައްދަލުވުމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއިން ހުށަހެޅިކަންވެސް ޝަމީމް ފާހަގަ ކުރެއްވިއެެވެ.

ޝަމީމް ވިދާޅުވީ، ގެވެށި އަނިޔާއިން ރައްކާތެރިވުމުގެ އަމުރެއް ހޯދުމަށް އެދި ހުށަހަޅާ މީހާ، ޢާންމުކޮށް ހުންނާނެ ނިކަމެތި ޙާލަތަށް ވިސްނައި، މި 25 ރުފިޔާ ނުދައްކާގޮތަށް ބަދަލުކުރުމަކީ މުހިންމުކަމެއްކަމަށް ހުރިހާ އިދާރާތަކަށްވެސް ފެނުނު ކަމަށެވެ.

އެކަމާ ގުޅޭގޮތުން ފެމިލީ ކޯޓާ ވާހަކަ ދެއްކެވުމުން ފެމިލީ ކޯޓުން ވަނީ 25 ރުފިޔާގެ މައްސަލަ ކޯޓުގެ ސަމާލުކަމަށް އައިސްގެން، ފަނޑިޔާރުންގެ މަޖިލީހުން އެ 25 ރުފިޔާ ކަނޑާލަން ނިންމަވާފައިވާ ކަމަށާއި، ދެން އޮތީ ތަންފީޒުުކުރުންކަމަށް ޕީޖީ އަރިހުގައި ދަންނަވާފައެވެ.

އެގޮތުގެ މަތިން ފެމިލީ ކޯޓުން މިހާރު ވަނީ  "ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަށް އެދި ހުށަހަޅާ ފޯމު" ގައި ކުރިން ހިމަނާފައިވާ 25 ރުފިޔާ ދެއްކުމުގެ ވާހަކަ އުނިކޮށްފައެވެ.

މިކަމަށްޓަކައި، ފެމިލީ ކޯޓުގެ ފަނޑިޔާރުންނަށާއި ރަޖިސްޓްރާ އަށް ޝަމީމް ވަނީ އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާފައެވެ.

ޝަމީމް ވަނީ ގެނެވުނު ބަދަލުތަކާއެކު އަންނާނެ ލުއިފަސޭހަތަކާއި، އިތުރަށް ޚިދުމަތް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށްވެސް ބްލޮގްގައި އަލިއަޅުވާލައްވާފައެވެ.  

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2018

ފާރިސްގެ ފަރާތުން ހޭބިއަސް ކޯޕަސް އަމުރަކަށް އެދިއްޖެ

28 ޖެނުއަރީ 2018
ފާރިސްގެ ފަރާތުން ހޭބިއަސް ކޯޕަސް އަމުރަކަށް އެދިއްޖެ
18 ޖެނުއަރީ 2018

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެންމެ ގިނައިން ރިޕޯޓްކޮށްފައި ވަނީ ގެވެށި އަނިޔާގެ މައްސަލަ އާއި އާއިލީ މައްސަލަ: ޖެންޑަރ މިނިސްޓްރީ

18 ޖެނުއަރީ 2018
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެންމެ ގިނައިން ރިޕޯޓްކޮށްފައި ވަނީ ގެވެށި އަނިޔާގެ މައްސަލަ އާއި އާއިލީ މައްސަލަ: ޖެންޑަރ މިނިސްޓްރީ
15 ޑިސެމްބަރު 2017

ގާސިމްގެ އާދޭސް: މި އަނިޔާއިން ސަލާމަތްވުމަށް ހުރިހާ ބޭފުޅުން ދުއާ ކޮށްދެއްވާ

15 ޑިސެމްބަރު 2017
ގާސިމްގެ އާދޭސް: މި އަނިޔާއިން ސަލާމަތްވުމަށް ހުރިހާ ބޭފުޅުން ދުއާ ކޮށްދެއްވާ
14 ޑިސެމްބަރު 2017

ޝަރީޢަތް ނިމެންދެން ފާރިސް ބަންދުކުރި މައްސަލައިގެ އިސްތިއުނާފުގެ މައްސަލަ ތިން ދުވަސް ތެރޭގައި ނިންމައި ދިނުމުގެ އަމުރަކަށް އެދިއްޖެ

14 ޑިސެމްބަރު 2017
ޝަރީޢަތް ނިމެންދެން ފާރިސް ބަންދުކުރި މައްސަލައިގެ އިސްތިއުނާފުގެ މައްސަލަ ތިން ދުވަސް ތެރޭގައި ނިންމައި ދިނުމުގެ އަމުރަކަށް އެދިއްޖެ
29 އޮކްޓޯބަރު 2017

ކުޅުދުއްފުށީ ކުޅި ހިއްކުން ހުއްޓުވުމުގެ އަމުރަކަށް އެެދި ކޯޓަށް ހުށަހަޅައިފި

29 އޮކްޓޯބަރު 2017
ކުޅުދުއްފުށީ ކުޅި ހިއްކުން ހުއްޓުވުމުގެ އަމުރަކަށް އެެދި ކޯޓަށް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު