Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންޓަ މިއާމީ

ހޮންގް ކޮންގް މެޗުގައި މެސީ އަށް ކުޅެވޭނެ: މާޓިނޯ

ވީއެންމެ ގިނަ ވަގުތެއް، މެސީ ލައްވާ ކުޅުވަން ބޭނުންވާ ކަމަށް މާޓިނޯ ބުނި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 ފެބުރުއަރީ 2024 | އާދީއްތަ 00:08
އިންޓަ މިއާމީގެ ކެޕްޓަން ލިއޮނަލް މެސީ

އިންޓަ މިއާމީގެ ކެޕްޓަން ލިއޮނަލް މެސީ

އެމެރިކާގެ އިންޓަ މިއާމީން، ހޮންގް ކޮންގާ ދެކޮޅަށް ކުޅޭ މެޗުގައި ކެޕްޓަން ލިއޮނަލް މެސީ އަށް ކުޅެވޭނެ ކަމަށް އެ ޓީމުގެ ކޯޗު ޖެރާޑޯ މާޓިނޯ ބުނެފި އެވެ.

އޭނާ މިހެން ބުނީ ހޮންގް ކޮންގް މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. އޭނާ ބުނީ މެޗުގެ ކުރިން ކުޅުންތެރިންގެ ޙާލަތު ވަރަށް ރަނގަޅަށް ދެނެގަންނާނެ ކަމަށާއި، ސަބަބަކީ ޕްރީ ސީޒަންގެ ގިނަ މެޗުތަކެއް ކުޅެފައިވާތީ ކަމަށެވެ. އޭނާ ބުނީ އުންމީދު ކުރެވޭ ގޮތުގައި މެސީ އަށް އެ މެޗުގައި ކުޅެވޭނެ އެވެ. އަދި ވީއެންމެ ގިނަ ވަގުތެއް، މެސީ ލައްވާ ކުޅުވަން ބޭނުންވާ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. މެޗުގައި މެސީ ލައްވާ ކުޅުވާނީ ކިހާ ވަގުތެއްކަން ޔަގީން ވާނީ ފަހު ވަގުތުކަން ފާހަގަކޮށް އޭނާ ބުނީ، ޔަގީނުން ވެސް އެ މެޗުގައި މެސީ ފެންނާނެ ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނީ، ހޮންގް ކޮންގް މެޗަށް ނިކުންނައިރު، އެންމެ ފަހުން ކުޅުނު ދެ މެޗުގެ ނަތީޖާ އަށް ބެލުން އެއްވެސް މުހިންމެއް ނޫން ކަމަށެވެ. އޭނާ ބުނީ، މިއާމީން ކުޅެމުން އަންނަނީ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކުޅޭ މެޗުތަކެއް ކަމަށާއި، ބޭނުން ވަނީ ޓީމުގެ ޙާލަތާއި، ކުޅުންތެރިންގެ ފެންވަރު ދެނެގަންނަން ކަމަށެވެ. އަދި އެކަންކަމުގެ ސަބަބުން، އައު ސީޒަން ފަށެންވާއިރަށް، ބޮޑު ފަސޭހައެއް ލިބިގެން ދާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

މާޓިނޯ ބުނީ މިއާމީގައި ތިބި ކުޅުންތެރިންނަކީ ފެންވަރު ރަނގަޅު ކުޅުންތެރިންކަން، މިވީ ދުވަސްކޮޅުން ވެސް އޭނާ އަށް ފާހަގަވި ކަމަށެވެ. އެހެންކަމުން، ދެން ޖެހޭނީ އެ ކުޅުންތެރިންގެ ފެންވަރު އެގޮތުގައި ހިފަހައްޓައި، އިތުރަށް ފުޅާ ކުރުން ކަމަށް އޭނާ ބުންޏެވެ. އޭނާ އުންމީދު ކުރާ ގޮތުގައި އައު ސީޒަން ފެށެންވާއިރަށް، މިއާމީ އަށް ގިނަ ކަންތައްތަކެއް ރަނގަޅު ކުރެވޭނެ އެވެ.

ހޮންގް ކޮންގްގެ ކުރިން މިއާމީން ވަނީ ސައުދީ އަރަބިޔާގައި ދެ މެޗު ކުޅެފަ އެވެ. ސައުދީ ޕްރޯ ލީގުގައި އަލް ޙިލާލް އަދި އަލް ނަސްރާ ދެކޮޅަށް ކުޅުނު މެޗުން ވެސް މިއާމީ ވަނީ ބަލިވެފަ އެވެ. ހޮޮންގް ކޮންގްއާ ދެކޮޅަށް މިއާމީން ނިކުންނާނީ އާދީއްތަ ދުވަހުގެ މެންދުރު އެކެއް ޖަހާއިރު އެވެ.

އިންޓަ މިއާމީޖެރާޑޯ މާޓިނޯލިއޮނެލް މެސީ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް
07 ޑިސެމްބަރު 2025

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި
18 އޮކްޓޯބަރު 2025

"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

18 އޮކްޓޯބަރު 2025
"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ
08 އޮކްޓޯބަރު 2025

ޖޯޑީ އަލްބާ، ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމައިފި

08 އޮކްޓޯބަރު 2025
ޖޯޑީ އަލްބާ، ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމައިފި
27 ސެޕްޓެމްބަރު 2025

ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާ ކަމަށް ބުސްކެޓްސް އިއުލާން ކޮށްފި

27 ސެޕްޓެމްބަރު 2025
ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާ ކަމަށް ބުސްކެޓްސް އިއުލާން ކޮށްފި
20 ސެޕްޓެމްބަރު 2025

މެސީގެ އެއްބަސްވުން އައު ކުރުމަށް މިއާމީ އިން މަޝްވަރާ ކުރަނީ

20 ސެޕްޓެމްބަރު 2025
މެސީގެ އެއްބަސްވުން އައު ކުރުމަށް މިއާމީ އިން މަޝްވަރާ ކުރަނީ
08 ސެޕްޓެމްބަރު 2025

ކުޅު ޖެހި މައްސަލައިގައި ސުއަރޭޒް އަށް ހަ މެޗުގެ ސަސްޕެންޝަނެއް

08 ސެޕްޓެމްބަރު 2025
ކުޅު ޖެހި މައްސަލައިގައި ސުއަރޭޒް އަށް ހަ މެޗުގެ ސަސްޕެންޝަނެއް
06 ސެޕްޓެމްބަރު 2025

އެކުއެޑޯ މެޗުގައި މެސީ ނުކުޅޭނެ

06 ސެޕްޓެމްބަރު 2025
އެކުއެޑޯ މެޗުގައި މެސީ ނުކުޅޭނެ
21 އޯގަސްޓު 2025

ސުއަރޭޒްގެ ދެ ލަނޑުން މޮޅުވެ، މިއާމީ ލީގްސް ކަޕްގެ ސެމީ ފައިނަލަށް

21 އޯގަސްޓު 2025
ސުއަރޭޒްގެ ދެ ލަނޑުން މޮޅުވެ، މިއާމީ ލީގްސް ކަޕްގެ ސެމީ ފައިނަލަށް
08 އޯގަސްޓު 2025

މެސީގެ އަނިޔާ ސީރިއަސްއެއް ނޫން

08 އޯގަސްޓު 2025
މެސީގެ އަނިޔާ ސީރިއަސްއެއް ނޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް