Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއޮސްޓްރޭލިއާ

އިންތިޚާބު ކާމިޔާބު ކުރައްވައި، ދެ ވަނަ ދައުރާ އެކު އަލްބަނީސް ތާރީޚުގެ ތެރެއަށް

އަލްބަނީސް ވެގެން ގޮސްފައި ވަނީ ފާއިތުވި 20 އަހަރުގެ ތެރޭގައި ވެސް، ވެރިކަމުގައި ހުންނެވި ފަރާތަކަށް ޖެހި ޖެހިގެން ދެ ވަނަ ދައުރެއް ކާމިޔާބު ކުރެއްވި ފުރަތަމަ ބޭފުޅާ އަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 މެއި 2025 | އާދީއްތަ 04:23
އިންތިޚާބުގައި ލިބިވަޑައިގެންނެވި ކާމިޔާބާ ގުޅިގެން އަލްބަނީސް އުފާ ފާޅު ކުރައްވަނީ

އިންތިޚާބުގައި ލިބިވަޑައިގެންނެވި ކާމިޔާބާ ގުޅިގެން އަލްބަނީސް އުފާ ފާޅު ކުރައްވަނީ

އޮސްޓްރޭލިއާގެ އާންމު އިންތިޚާބު ކާމިޔާބު ކުރައްވައި، ބޮޑު ވަޒީރު އެންތަނީ އަލްބަނީސް ވެރިކަމުގެ ދެ ވަނަ ދައުރެއް ކަށަވަރު ކުރައްވައިފި އެވެ.

އޮސްޓްރޭލިއާގެ ޤާނޫނު ހަދާ މަޖިލީހުގައި 150 ގޮނޑި ހިމެނޭއިރު، މެޖޯރިޓީ ހޯދުމަށް 76 ގޮަނޑި ކާމިޔާބު ކުރަން ޖެހެ އެވެ. އަލްބަނީސް ނިސްބަތްވެ ވަޑައިގަންނަވާ ލޭބާ ޕާޓީ އިން ވަނީ ޤާނޫނު ހަދާ މަޖިލީހުގެ 85 ގޮނޑި ކާމިޔާބު ކުރައްވާފައި އެވެ.

މި ކާމިޔާބާ އެކު އަލްބަނީސް އަށް ބޮޑު ވަޒީރު ކަމުގެ ދެ ވަނަ ދައުރެއް ލިބިވަޑައިގެންފައިވާއިރު، އޭނާ އަށް ވަނީ އެ ޤައުމުގެ ތާރީޚުން ވެސް ޖާގަ ލިބިވަޑައިގެންފަ އެވެ.

އެގޮތުން އަލްބަނީސް ވެގެން ގޮސްފައި ވަނީ ފާއިތުވި 20 އަހަރުގެ ތެރޭގައި ވެސް، ވެރިކަމުގައި ހުންނެވި ފަރާތަކަށް ޖެހި ޖެހިގެން ދެ ވަނަ ދައުރެއް ކާމިޔާބު ކުރެއްވި ފުރަތަމަ ބޭފުޅާ އަށެވެ.

އިންތިޚާބުގެ ކާމިޔާބީ އާއެކު، އުފާ ފާޅު ކުރައްވަމުން އަލްބަނީސް ވިދާޅުވެފައި ވަނީ އިސްޓްރޭލިއާގެ ބޮޑު ވަޒީރުގެ ގޮތުގައި ރައްޔިތުންނަށް ޚިދުމަތް ކުރުމަކީ އޭނާގެ ޙަޔާތުގައި ވެސް ލިބޭ އެންމެ ބޮޑު އުފާ ކަމަށެވެ.

މީގެ އިތުރުން އަލްބަނީސް ވިދާޅުވީ، އޮސްޓްރޭލިއާ ކުރިއަށް ދާން ވާނީ އެހެން އެއްވެސް ޤައުމަކަށް ނުވަތަ ބަޔަކަށް ބަރޯސާ ވުމެއް ނެތި ކަމަށެވެ. އަދި އޭނާގެ ސަރުކާރުން އަބަދު ވެސް އިސްކުރާނީ އޮސްޓްރޭލިއާގެ އަމިއްލަވަންތަކަން ކަމަށާއި، ޤައުމަށް ފައިދާ ވާނެ މަގުތަކުން ކުރިއަށް ދިޔުން ކަމަށް ވެސް އަލްބަނީސް ވަނީ ވިދާޅުވެފަ އެވެ.

މި އިންތިޚާބުގައި އޮސްޓްރޭލިއާގެ އިދިކޮޅު ލީޑަރު ޕީޓާ ޑަޓުން އަށް ވަނީ ބޮޑު ނާކާމިޔާބެެއް ކުރިމަތިވެފަ އެވެ. އެގޮތުން 20 އަހަރު ވަންދެން މަޖިލީހުގައި އޭނާ ތަމްސީލު ކުރައްވަމުން ގެންދިޔަ ގޮނޑި ވެސް ވަނީ ގެއްލިފަ އެވެ. އޭނާގެ މައްޗަށް ކުރި ހޯދީ ބޮޑު ވަޒީރު އަލްބަނީސްގެ ލޭބާ ޕާޓީގެ ކެންޑިޑޭޓް އެވެ. ޑަޓުން ވަނީ އިންތިޚާބުގައި ލިބިވަޑައިގެން ނާކާމިޔާބު ޤަބޫލު ކުރައްވައި، ބަލި ޤަބޫލު ކުރައްވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.

އަލްބަނީސް ހޯއްދެވި ކާމިޔާބާ ގުޅިގެން އެކި ޤައުމުތަކުގެ ރައީސުންނާއި، ބޮޑު ވަޒީރުން އަންނަނީ އޭނާ އަށް މަރުޙަބާ ވިދާޅުވަމުންނެވެ.

އޮސްޓްރޭލިއާއެންތަނީ އަލްބަނީސް

އިތުރަށް ކިޔާލަން

30 ނޮވެމްބަރު 2025

ބޮޑު ވަޒީރު ކަމުގައި ހުންނަވައި ކައިވެނި ކުރެއްވި ފުރަތަމަ ބޭފުޅަކަށް އަލްބަނީސް

30 ނޮވެމްބަރު 2025
ބޮޑު ވަޒީރު ކަމުގައި ހުންނަވައި ކައިވެނި ކުރެއްވި ފުރަތަމަ ބޭފުޅަކަށް އަލްބަނީސް
27 ނޮވެމްބަރު 2025

އީރާނުގެ ދައުލަތުގެ އަސްކަރިއްޔާ, އައިއާރުޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އޮސްޓްރޭލިއާ އިން ކަނޑައަޅައި، ސަފީރު ފުރައިގެންދާން އަންގައިފި

27 ނޮވެމްބަރު 2025
އީރާނުގެ ދައުލަތުގެ އަސްކަރިއްޔާ, އައިއާރުޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އޮސްޓްރޭލިއާ އިން ކަނޑައަޅައި، ސަފީރު ފުރައިގެންދާން އަންގައިފި
21 ނޮވެމްބަރު 2025

އޮސްޓްރޭލިޔާ ގައި 16 އަހަރުން ދަށުގެ ކުދިންނަށް ޑިސެމްބަރު 10 ން ފެށިގެން ސޯޝަލް މީޑިއާ ބޭނުން ކުރުން މަނާ ވާނެ

21 ނޮވެމްބަރު 2025
އޮސްޓްރޭލިޔާ ގައި 16 އަހަރުން ދަށުގެ ކުދިންނަށް ޑިސެމްބަރު 10 ން ފެށިގެން ސޯޝަލް މީޑިއާ ބޭނުން ކުރުން މަނާ ވާނެ
13 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު މޭޔަރުކަމުގައި އަހަރެއްހާ ދުވަހުގެތެރޭ 5 ގައުމަކަށް ދަތުރުކުރެއްވި، ހަރަދު މިލިއަނަކަށްވުރެ އިތުރު

13 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު މޭޔަރުކަމުގައި އަހަރެއްހާ ދުވަހުގެތެރޭ 5 ގައުމަކަށް ދަތުރުކުރެއްވި، ހަރަދު މިލިއަނަކަށްވުރެ އިތުރު
05 ސެޕްޓެމްބަރު 2025

އީރާންގައި ހުރި އޮސްޓްރޭލިއާގެ ސަފީރު ފުރައިގެން ދިޔައިރު، ދެ ޤައުމުގެ ޑިޕްލޮމެޓިކް ގުޅުން ދަށްކޮށްފި

05 ސެޕްޓެމްބަރު 2025
އީރާންގައި ހުރި އޮސްޓްރޭލިއާގެ ސަފީރު ފުރައިގެން ދިޔައިރު، ދެ ޤައުމުގެ ޑިޕްލޮމެޓިކް ގުޅުން ދަށްކޮށްފި
01 ޖުލައި 2025

ކުއަޑްގެ ޚާރިޖީ ވަޒީރުން މިއަދު އެމެރިކާ ގައި ބައްދަލު ކުރައްވަނީ

01 ޖުލައި 2025
ކުއަޑްގެ ޚާރިޖީ ވަޒީރުން މިއަދު އެމެރިކާ ގައި ބައްދަލު ކުރައްވަނީ
26 ޖުލައި 2024

ފަލަސްތީން މީހުންނާ މެދު ލާއިންސާނީ އަމަލު ހިންގި ޔަހޫދީ ބަޔަކަށް އޮސްޓްރޭލިއާ އަށް އެރުން މަނާކޮށްފި

26 ޖުލައި 2024
ފަލަސްތީން މީހުންނާ މެދު ލާއިންސާނީ އަމަލު ހިންގި ޔަހޫދީ ބަޔަކަށް އޮސްޓްރޭލިއާ އަށް އެރުން މަނާކޮށްފި
10 އެޕްރީލު 2024

އިސްރާއީލް-ޣައްޒާ ހަނގުރާމަ: ފަލަސްތީނުގެ ދައުލަތް ބަލައިގެންފާނެކަމުގެ އިޝާރާތެއް އޮސްޓްރޭލިޔާއިން ދީފި

10 އެޕްރީލު 2024
އިސްރާއީލް-ޣައްޒާ ހަނގުރާމަ: ފަލަސްތީނުގެ ދައުލަތް ބަލައިގެންފާނެކަމުގެ އިޝާރާތެއް އޮސްޓްރޭލިޔާއިން ދީފި
03 އެޕްރީލު 2024

ސިޑްނީގެ ބީޗް ތަކަށް ޑްރަގުގެ ޕާރުސަލު ތަކެއް ލައްގަނީ

03 އެޕްރީލު 2024
ސިޑްނީގެ ބީޗް ތަކަށް ޑްރަގުގެ ޕާރުސަލު ތަކެއް ލައްގަނީ
03 ފެބުރުއަރީ 2024

ފަހަތުން އަރައި އޮސްޓްރޭލިއާ ބަލިކޮށް، ކޮރެއާ ސެމީ ފައިނަލަށް

03 ފެބުރުއަރީ 2024
ފަހަތުން އަރައި އޮސްޓްރޭލިއާ ބަލިކޮށް، ކޮރެއާ ސެމީ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު