Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އޮސްޓްރޭލިއާ

ބޮޑު ވަޒީރު ކަމުގައި ހުންނަވައި ކައިވެނި ކުރެއްވި ފުރަތަމަ ބޭފުޅަކަށް އަލްބަނީސް

ބޮޑު ވަޒީރު އަލްބަނީސް އާއި ހޭޑަން އެންމެ ފުރަތަމަ ބައްދަލުވެފައި ވަނީ މީގެ ގާތް ގަނޑަކަށް ފަސް ވަރަކަށް އަހަރު ކުރިން މެލްބޯންގައި ބެއްވި ރައްޔިތުންގެ ޙަރަކާތެއްގެ ތެރެއިންނެވެ. އޭގެ ފަހުން، 2024 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ ތެރޭގައި ހޭޑަން އަށް ކައިވެނި ހުށަހަޅުއްވައިފަ އެވެ. ވެލަންޓައިންސް ޑޭގައި ކައިވެންޏަށް ހުށަހަޅުއްވާފައި ވަނީ، ރޭގަނޑުގެ ޚާއްސަ ފަރިއްކުޅަކަށް ފަހު ދަ ލޮޖްގެ ބެލްކަނީގަ އެވެ.

އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒް ކުރިމަތިލާދޭ ޖޯޑީ ހޭޑަންއާ ރަސްމީ ގެދޮރު ދަ ލޮޖްގައި ކައިވެނިކުރައްވައި މަގާމުގައި ހުންނަވައި ކައިވެނިކުރައްވާ ފުރަތަމަ ލީޑަރުކަމުގެ ޝަރަފު ހޯއްދަވައިފި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 30 ނޮވެމްބަރު 2025 | އާދީއްތަ 06:02
އޮސްޓްރޭލިއާގެ ބޮޑު ވަޒީރު އަލްބަނީސް އަދި އަނބިކަނބަލުން ހޭޑަން

އޮސްޓްރޭލިއާގެ ބޮޑު ވަޒީރު އަލްބަނީސް އަދި އަނބިކަނބަލުން ހޭޑަން

އޮސްޓްރޭލިއާ ގެ ބޮޑު ވަޒީރު އެންތަނީ އަލްބަނީސް، އޭނާގެ ލޯބިވެރިޔާ ޖޯޑީ ހޭޑަންއާ ކައިވެނި ކުރައްވައިފި އެވެ.

އޮސްޓްރޭލިއާ ގެ ކެންބެރާގައި ހުންނަ ބޮޑު ވަޒީރު ގެ ރަސްމީ ގެކޮޅު ކަމަށްވާ ދަ ލޮޖްގައި ހޮނިހިރު ދުވަހު ގެ މެންދުރު ފަހުގެ ވަގުތެއްގައި ކައިވެނީގެ ޙަފްލާ ބާއްވާފައިވާއިރު، އެ ޙަފްލާގައި ބައިވެރިވެފައި ވަނީ މަދު އަދަދެއް މީހުންނެވެ. އަލްބަނީސްގެ ކައިވެނި ޙަފްލާގައި ބައިވެރި ވެފައި ވަނީ ދެ ފަރާތުގެ އާއިލާ އާއި، ގާތް ރަޙުމަތްތެރިން އެކަނި އެވެ.

މި ކައިވެންޏާ އެކު އަލްބަނީސް ވެގެން ގޮސްފައި ވަނީ އޮސްޓްރޭލިއާގެ ބޮޑު ވަޒީރު މަގާމުގައި ހުންނަވައި ކައިވެނި ކުރެއްވި ފުރަތަމަ ބޭފުޅާ އަށެވެ. އަލްބަނީސް މިހާރު ގެންދަވަނީ އޮސްޓްރޭލިއާގެ ބޮޑު ވަޒީރު ކަމުގެ ދެ ވަނަ ދައުރު ފުރުއްވަމުންނެވެ. ދެ ވަނަ ދައުރަކަށް އޭނާ ވަޑައިގެންފައި ވަނީ މިއަހަރުގެ މެއި މަހުގެ ތެރޭގައި އޮތް އިންތިޚާބު ކާމިޔާބު ކުރައްވައިގެންނެވެ.

އެއާ އެކު ވެސް އަލްބަނީސް އަށް ވަނީ އޮސްޓްރޭލިއާގެ ތާރީޚުން ޖާގަ ލިބިވަޑައިގެންފަ އެވެ. އެގޮތުން އަލްބަނީސް ވެގެން ގޮސްފައި ވަނީ ފާއިތުވި 20 އަހަރުގެ ތެރޭގައި ވެސް، ވެރިކަމުގައި ހުންނެވި ބޮޑު ވަޒީރަކަށް ޖެހި ޖެހިގެން ދެ ވަނަ ދައުރެއް ކާމިޔާބު ކުރެއްވި ފުރަތަމަ ބޭފުޅާ އަށެވެ.

ކައިވެނީގެ ޙަފްލާ އަށް ފަހު ނެރުނު ބަޔާނެއްގައި އަލްބަނީސް އާއި ހޭޑަން ވިދާޅުވީ، އާއިލާ އާއި ގާތް ރަޙުމަތްތެރިންގެ ކުރިމަތީގައި އެ ދެ ބޭފުޅުންގެ ލޯބީގެ ޙަޔާތް އަދި ދިރިއުޅުމުގެ ބާކީ އޮންނަ ދުވަސްތައް އެކުގައި ހޭދަ ކުރުމުގެ ވައުދު ހިއްސާ ކުރެވުނީ ވަރަށް އުފާވެރި ކަމާ އެކު ކަމަށެވެ.

ކައިވެނީގެ ޙަފްލާގައި ހޭޑަން ތުރު ކުރައްވައިގެން ހުންނެވީ ސިޑްނީގެ ޑިޒައިނަރު ރޮމޭންސް ވޯޒް ބޯން އިން ތައްޔާރު ކޮށްފައިވާ ހެދުމެކެވެ. ބޮޑު ވަޒީރު އަލްބަނީސް ތުރު ކުރައްވައިގެން ހުންނެވީ އެމްޖޭ ބޭލްގެ ސޫޓެކެވެ. ދެ ބޭފުޅުންގެ ކައިވެނީގެ އަނގޮޓިތައް ބައްލަވައި ގެންނެވީ ސިޑްނީގެ ލައިކްހާޑްގައި ގުންނަ ސެރޯން ޖުއެލާސް އިންނެވެ.

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުގައި އޮސްޓްރޭލިއާގެ ލޭބާ ޕާޓީ އިން ވަނީ ބޮޑު ވަޒީރު އަލްބަނީސްގެ ކައިވެނީގެ ތަފްސީލުތައް ވަރަށް ސިއްރިއްޔާތުގައި ގެންގުޅެފަ އެވެ. ކައިވެންޏަށް ކޮށްފައިވާ ޚަރަދުގެ އެއްވެސް ތަފްސީލެއް އެނގެން ނެތްއިރު، އެއީ އަލްބަނީސް އާއި ހޭޑަން އަމިއްލަފުޅަށް ކުރައްވާ ޚަރަދު ކަމަށް ބުނެފައިވެ އެވެ.

ބޮޑު ވަޒީރު އަލްބަނީސްގެ ކައިވެނީ ޙަފްލާގައި ބައިވެރިވެ ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ޓްރެޝަރާ ޖިމް ޗާލްމާސް އާއި އޭނާގެ އަނބިކަނބަލުން ބަލުން ލޯރާގެ އިތުރުން، ފޮރިން މިނިސްޓަރު ޕެނީ ވޮންގް އާއި، ފިނޭންސް މިނިސްޓަރު ކޭޓީ ގެލަގާ އަދި ލޭބާ ޕާޓީގެ ނެޝަނަލް ސެކްރެޓަރީ ޕޯލް އެރިކްސަން ހިމެނި ވަޑައިގަންނަވަ އެވެ. މީގެ އިތުރުން ބޮޑު ވަޒީރު އަލްބަނީސްގެ ޗީފް އޮފް ސްޓާފް ޓިމް ގާޓެލް ވެސް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.

އެކި އެކި މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ބޮޑު ވަޒީރު އަލްބަނީސް އާއި ހޭޑަން އެންމެ ފުރަތަމަ ބައްދަލުވެފައި ވަނީ މީގެ ގާތް ގަނޑަކަށް ފަސް ވަރަކަށް އަހަރު ކުރިން މެލްބޯންގައި ބެއްވި ރައްޔިތުންގެ ޙަރަކާތެއްގެ ތެރެއިންނެވެ. އޭގެ ފަހުން، 2024 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ ތެރޭގައި ހޭޑަން އަށް ކައިވެނި ހުށަހަޅުއްވައިފަ އެވެ. ވެލަންޓައިންސް ޑޭގައި ކައިވެންޏަށް ހުށަހަޅުއްވާފައި ވަނީ، ރޭގަނޑުގެ ޚާއްސަ ފަރިއްކުޅަކަށް ފަހު ދަ ލޮޖްގެ ބެލްކަނީގަ އެވެ.

އަލްބަނީސް މީގެ ކުރިން ކައިވެނި ކުރައްވައިގެން އުޅުއްވީ ވޭލްސްގެ ކުރީގެ ޑެޕިއުޓީ ޕްރިމިއާ ކާމެލް ޓެބަޓްއާ އެވެ. އަލްބަނީސް އެކަމަނާއާ ކައިވެނި ކުރެއްވީ 2000 ވަނަ އަހަރު ކަމަށްވާއިރު، 2019 ވަނަ އަހަރުގެ ތެރޭގައި ވަނީ އެ ކައިވެނި ރުޅާލައްވައިފަ އެވެ. 19 އަހަރަށް ފަހު އަލްބަނީސް އާއި ޓެބަޓް ކައިވެނި ރޫޅާލެއްވީއިރު، އެ ދެ ބޭފުޅުން ވަނީ ލޯބީގެ ގޮތުން 30 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ގުޅިގެން އުޅުއްވައިފަ އެވެ.

މަސްދަރު: ދި ގާޑިއަން

އެންތަނީ އަލްބަނީސްޖޯޑީ ހޭޑަންއޮސްޓްރޭލިއާ

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާނުގެ ދައުލަތުގެ އަސްކަރިއްޔާ, އައިއާރުޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އޮސްޓްރޭލިއާ އިން ކަނޑައަޅައި، ސަފީރު ފުރައިގެންދާން އަންގައިފި

އީރާނުގެ ދައުލަތުގެ އަސްކަރިއްޔާ, އައިއާރުޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އޮސްޓްރޭލިއާ އިން ކަނޑައަޅައި، ސަފީރު ފުރައިގެންދާން އަންގައިފި

27 ނޮވެމްބަރު 2025
އޮސްޓްރޭލިޔާ ގައި 16 އަހަރުން ދަށުގެ ކުދިންނަށް ޑިސެމްބަރު 10 ން ފެށިގެން ސޯޝަލް މީޑިއާ ބޭނުން ކުރުން މަނާ ވާނެ

އޮސްޓްރޭލިޔާ ގައި 16 އަހަރުން ދަށުގެ ކުދިންނަށް ޑިސެމްބަރު 10 ން ފެށިގެން ސޯޝަލް މީޑިއާ ބޭނުން ކުރުން މަނާ ވާނެ

21 ނޮވެމްބަރު 2025
ރައީސް މުއިއްޒު މޭޔަރުކަމުގައި އަހަރެއްހާ ދުވަހުގެތެރޭ 5 ގައުމަކަށް ދަތުރުކުރެއްވި، ހަރަދު މިލިއަނަކަށްވުރެ އިތުރު

ރައީސް މުއިއްޒު މޭޔަރުކަމުގައި އަހަރެއްހާ ދުވަހުގެތެރޭ 5 ގައުމަކަށް ދަތުރުކުރެއްވި، ހަރަދު މިލިއަނަކަށްވުރެ އިތުރު

13 ސެޕްޓެމްބަރު 2025
އީރާންގައި ހުރި އޮސްޓްރޭލިއާގެ ސަފީރު ފުރައިގެން ދިޔައިރު، ދެ ޤައުމުގެ ޑިޕްލޮމެޓިކް ގުޅުން ދަށްކޮށްފި

އީރާންގައި ހުރި އޮސްޓްރޭލިއާގެ ސަފީރު ފުރައިގެން ދިޔައިރު، ދެ ޤައުމުގެ ޑިޕްލޮމެޓިކް ގުޅުން ދަށްކޮށްފި

05 ސެޕްޓެމްބަރު 2025
ކުއަޑްގެ ޚާރިޖީ ވަޒީރުން މިއަދު އެމެރިކާ ގައި ބައްދަލު ކުރައްވަނީ

ކުއަޑްގެ ޚާރިޖީ ވަޒީރުން މިއަދު އެމެރިކާ ގައި ބައްދަލު ކުރައްވަނީ

01 ޖުލައި 2025

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު