Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނަޖީބް ރައްޒާޤް ގެ ޖަލުހުކުމް ކުޑަކުރުން

ނަޖީބް ރައްޒާޤް ގެ ޖަލުހުކުމް ދެބައިކުޅައެއްބައި ކުޑަކޮށްދީފި

ވަން އެމްޑީބީ ކޮރަޕްޝަން ގެ މައްސަލަ އަކީ ޕަބްލިކް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ތަކަށް އެއްކުރެވޭ ފައިސާ ބިލިއަނުން ނަޖީބްގެ އެކައުންޓްތައް ހިމެނޭ ގޮތުން އަމިއްލަ އެކައުންޓް ތަކަށް ޖަމާކުރި މައްސަލަ އެކެ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 2 ފެބުރުއަރީ 2024 | ހުކުރު 13:20
މެލޭޝިޔާ ގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާޤް

މެލޭޝިޔާ ގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާޤް

މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާޤްގެ މައްޗަށް އިއްވާފައިވާ 12 އަހަރުގެ ޖަލު ހުކުމް އެގައުމުގެ ކަމާބެހޭ ބޯޑުން ދެބައިކުޅައެއްބައި ކުޑަކޮށްދީފިއެވެ. ނަޖީބްގެ މައްޗަށް ކޮށްފައިވާ 210 މިލިއަން ރިންގިޓް ގެ ޖޫރިމަނާ ވެސް 50 މިލިއަން ރިންގިޓަށް ޕާޑަންސް ބޯޑުން ވަނީ ކުޑަކޮށްދީފައެވެ.

މެލޭޝިޔާގެ ދައުލަތުގެ ވެލްތު-ފަންޑް ވަންއެމްޑީބީ ގެ ފައިސާޔަށް ޚިޔާނާތްތެރިވެ ވަޑައިގަތުމާއި ގުޅިގެން ނަޖީބް ރައްޒާޤްގެ މައްޗަށް 12 އަހަރުދުވަހުގެ ޖަލުހުކުމެއް އިއްވާފައިވަނީ 2022 ވަނަ އަހަރުއެވެ. ޖޫރިމަނާ ފައިސާ 50 މިލިއަން ރިންގިޓް އެއްކޮން ދައްކަވައިފިނަމަ 2028 ވަނަ އަހަރުގެ އޮގަސްޓްމަހު ނަޖީބު މިނިވަންވެ ވަޑައިގަންނަވާނެއެވެ. ފައިސާ ނުދައްކަވައިފިނަމަ އެއްއަހަރުދުވަހަށް ހުކުމް ފަސްކުރެވޭނެއެވެ.

ނަޖީބް ރައްޒާޤްގެ މައްޗަށް ކުށް ސާބިތުވެފައިވަނީ 2020 ވަނަ އަހަރުއެވެ. ނަމަވެސް އިސްތިއުނާފްގެ މަރުހަލާޔަށް ދެއަހަރުގެ މުއްދަތެއް ހިނގާފައިވެއެވެ.

މެލޭޝިޔާގެ ވެރިކަންކުރާ ކޯލިޝަންގެ އިސްޕާޓީގެ ގޮތުގައި ކުރިން އޮތް، ނަޖީބު ރައްޤްގެ ޕާޓީ ޔޫއެމްއެންއޯ އިން ގެންދިޔައީ ރަސްގެފާނުގެ މައާފް އަކަށް އެދި ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. މިގޮތުން ނަޖީބް ރައްޒާޤް މިނިވަން ކޮށް ދިނުމަށް އެދި ހުށަހެޅި ހުހެޅުމަކާ ބެހޭގޮތުން މަޝްވަރާ ކުރުމަށް މެލޭޝިޔާގެ ކުރީގެ ރަސްގެފާނު އަބްދުﷲ އަހުމަދު ޝާހުގެ ވެރިކަމުގެ ފަހު ދުވަސްކަމަށްވާ އަންގާރަ ދުވަހު އެގައުމުގެ ޕާޑަންސްބޯޑުން ވަނީ ބައްދަލްވުމެއް ބާއްވާފައެވެ. ދައުރުވާ ރަސްކަމެއް އޮންނަ މެލޭޝިޔާގެ ރަސްކަމުގެ ބާރުތައް ބުދަދުވަހު ވަނީ އައު ރަސްގެފާނު ސުލްތާން އިބްރާހިމް އިސްކަންދަރު ގެ މައްޗަށް ބަދަލު ކުރެވިފައެވެ.

ވަން އެމްޑީބީ ކޮރަޕްޝަން ގެ މައްސަލަ އަކީ ޕަބްލިކް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ތަކަށް އެއްކުރެވޭ ފައިސާ ބިލިއަނުން ނަޖީބްގެ އެކައުންޓްތައް ހިމެނޭ ގޮތުން އަމިއްލަ އެކައުންޓް ތަކަށް ޖަމާކުރި މައްސަލަ އެކެވެ. ވަން އެމްޑީބީ ފަންޑަކީ ނަޖީބް ރައްޒާޤްގެ ވެރިކަމުގެ ދުވަސްވަރު 2009 ވަނަ އަހަރު ގާއިމް ކުރެވުނު ސޮވްރިން ވެލްތު ފަންޑެކެވެ. މިފަދަ ސޮވްރިން ފަންޑް ތަކަކީ ތެލުން ލިބޭ އާމްދަނީ އާއި އެކްސްޕޯޓް ރެވެނިއުފަދަ ދައުލަތުގެ އާމްދަނީ ބޭނުންކޮށްގެން ގައުމުގެ އިގްތިސާދު ރަގަޅު ކުރުމުގެ މަގްސަދުގައި އުފައްދާ ދައުލަތުގެ ފަންޑް ތަކެކެވެ.

ވަންއެމްބީޑީ ހިންގުމުގައި މަސްއަލަ ތަކެއް އުޅޭކަން ހާމަވެފައިވަނީ 2015 ވަނަ އަހަރު ބައެއްބޭންކް ތަކަށާ ބޮންޑް ހޯލްޑަރުންނަށް ދޭންޖެހޭ ޕޭމަންޓް ތަކެއް ނުދިން ހަމައިންނެވެ. އޭރު ކަމާބެހޭ އިދާރާތަކުން ބެލިބެލުމުން 4.5 ބިލިއަން ޑޮލަރުވަނީ ވަންއެމްބީޑީ ފަންޑުން ޕްރައިވެޓް އެކައުންޓް ތަކަށް ޖަމާކޮށްފައެވެ. މިފައިސާ ބޭނުންކޮށްގެން ލަގްޒަރީ ގެދޮރާ ޕްރައިޓް ޖެޓެއް އަދި އަގުބޮޑު ކުރެހުންތައްގަނެފައިވާކަން އޭރުވަނީ ހާމަވެފައެވެ.

މެލޭޝިއާކޮރަޕްޝަން

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
07 ޑިސެމްބަރު 2025

މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

07 ޑިސެމްބަރު 2025
މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން
03 ޑިސެމްބަރު 2025

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

03 ޑިސެމްބަރު 2025
އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި
03 ޑިސެމްބަރު 2025

އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

03 ޑިސެމްބަރު 2025
އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު