Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ55 ކައުންސިލް އިމާރާތް އެޅުން

އެއްބަސްވުން ބާތިލު ކުރި 55 ކައުންސިލް އިމާރާތް އެޅުމަށް، ކުރިޔަށްވުރެ އަގު ބޮޑުކޮށް އާރުސީސީ އަށް

17 އޯގަސްޓު 2025 | އާދީއްތަ 14:56

މެލޭޝިޔާގެ ހެކްޓަރ ގްލޯބަލް ކުންފުންޏާއި ހަވާލުކުރި 55 ކައުންސިލް އިމާރާތް އެޅުމުގެ މަޝްރޫއު ބާތިލުކޮށް އާރުސީސީއާ ހަވާލުކޮށްފި

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 17 އޯގަސްޓު 2025 | އާދީއްތަ 14:56
ކައުންސިލްތަކުގެ އާ އިމާރާތް އެޅުމަށް އާރުސީސީއާއެކު އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ލޯކަލް ގަވަމަންޓް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު ހާމިދު ޔޫސުފް (ކ) އާއި އާރުސީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު

މެލޭޝިޔާގެ ކުންފުންޔަކާ ހަވާލުކުރި 55 ކައުންސިލް އިމާރާތް އެޅުމުގެ މަޝްރޫއުގެ އެއްބަސްވުން ބާތިލު ކޮށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)އާ ހަވާލުކޮށްފި އެވެ.

މި މަޝްރޫއު އެންމެ ފުރަތަމަ މިދިޔަ ޖެނުއަރީ މަހު ހަވާލުކުރީ މެލޭޝިޔާގެ ހެކްޓަރ ގްލޯބަލް ކުންފުންޔާއެވެ. ނަމަވެސް އޭގެ ގާތް ގަނޑަކަށް 5 މަސް ދުވަސް ފަހުން ލޯކަލް ކައުންސިލް މިނިސްޓަރު އާދަމް ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މި އެއްބަސްވުން ބާތިލްކުރި ވާހަކައެވެ.

Advertisement - newsAdvertisement

އެޔަށްފަހު އާއްމުކޮށް އިއުލާނު ކުރުމެެއްނެތި، މެލޭޝިޔާގެ ކުންފުންޔާ ހަވާލުކުރި އަގަށްވުރެ ބޮޑުކޮށް، މި މަޝްރޫއުގެ މަސައްކަތް މިހާރު މިވަނީ ސަރުކާރާ ގާތް ގުޅުމެއް ބާއްވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްގެ އާރުސީސީއާ ހަވާލުކޮށްފައެވެ. އާރުސީސީއާ މި މަޝްރޫއުގެ މަސައްކަތް ހަވާލުކުރީ 631 މިލިއަން ރުފިޔާއަށެވެ. މިއީ މެލޭޝިޔާގެ ހެކްޓަރ ގްލޯބް ކުންފުންޔާ މި މަސައްކަތް ހަވާލުކުރި އަގުކަމަށްވާ 36 މިލިއަން ޑޮލަރަށްވުރެ 76 މިލިއަން ރުފިޔާ ބޮޑު އަގެކެވެ.

މިނިސްޓްރީ އިން މައުލޫމާތު ދެއްވަމުން ބުނީ މި މަސައްކަތް ހަވާލު ކުރީ، 55 ރަށު ކައުންސިލްގެ މަސައްކަތް އެއް އަހަރު ތެރޭގައި ނިންމާ ގޮތަށެވެ. އެއް މަސް ދުވަހުގެ ތެރޭގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށްވެސް މިނިސްޓްރީ އިން މައުލޫމާތު ދީފައިވެއެވެ. އަދި ކައުންސިލްތަކަށް ބޭނުންވާ ފަރުނީޗަރު ހޯދުމާއި ވަށާފާރު ރޭނުމަކީ ވެސް މި މަޝްރޫއުގެ އެއްބަސްވުމުގެ ދަށުން ކުރާނެ މަސައްކަތެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

55 ރަށެއްގެ ކައުންސިލް އިމާރާތް އަޅަން އާރުސީސީއާ ހަވާލުކުރިއިރު، 50 ރަށެއްގެ ކައުންސިލް އިދާރާގެ މަސައްކަތް ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މި މަހުގެ ތެރޭގައި ވަނީ ކައުންސިލް އިމާރާތްތަކުގެ ފީޒިބިލިޓީ ހެދުމަށްވާންޖެހޭ ތައްޔާރީތައް ވުމަށްޓަކައި ޗައިނާގެ ފަންނީ ޓީމާއެކު މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
14 ޖެނުއަރީ 2017

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
10 ޖެނުއަރީ 2017

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް