Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެފްއެސްއެމް

އެފްއެސްއެމްއަށް ދެލައްކައަށްވުރެ ގިނަ ރުފިޔާ ދައްކަން އޮއްވާ ޝަހުދީއަށް އެކުންފުނިން ވަޒީފާ ދީފި

21 އޯގަސްޓު 2025 | ބުރާސްފަތި 14:00

ކުންފުނީގެ ޤަވާއިދުތަކާއި އުސޫލުތަކާއި ޚިލާފަށް މިފާއިސާ އެފްއެސްއަށް ދެއްކުމަށް ސެޓްލްމަންޓް އެގްރީމެންޓް އެއް ހަދާފައިވާކަންވެސް އެނގިފައި

ރާއްޖެ އެމްވީ | 21 އޯގަސްޓު 2025 | ބުރާސްފަތި 14:00
އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އާޝާން އަދި މުހައްމަދު ޝަހުދީ އަލީ - އެފްއެސްގެ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ދަނީ ފެންމަތިވަމުން

އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އާޝާން އަދި މުހައްމަދު ޝަހުދީ އަލީ - އެފްއެސްގެ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ދަނީ ފެންމަތިވަމުން

ފިއުލް ސަޕްލައި މޯލްޑިވްސްއާއި އެކު ވިޔަފާރި ކުރަމުން އަންނަ ފާލްގޯ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝަހުދީ އަލީ، އެފްއެސްއެމްއަށް ދެލައްކައަށް ވުރެ ގިނަ ރުފިޔާގެ ފާއިސާ ދައްކަންޖެހިފައިވަނިކޮށް، އެކުންފުނިން އޭނާއަށް ވަޒީފާދިން ކަން ހާމަވެއްޖެ އެވެ.

ރާއްޖެއެމްވީއަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތުދިން ގޮތުގައި ކޯޓް މަރުހަލާގައި މިމައްސަލަ އޮއްވާ ޝަހުދީއަށް ވަޒީފާ ދީފައިވަނީ ފުރަތަމަ އެކުންފުނީގެ އިންޖިނިއަރިންގ ޑިޕާރޓްމަންޓްއިން އޮފިސަރ އެޑްމިނިސްޓްރޭޝަންގެ މަޤާމު އެވެ. އެވަޒީފާ ގައި 15 ދުވަހު ބެހެއްޓުމަށްފަހު މިހާރު އޭނާ ވަނީ އެފްއެސްއެމްގެ ލޮޖިސްޓިކް ޑިޕާރޓްމަންޓަށް ޝެޑިއުލްއިންގ އަށް ބަދަލުކޮށްފަ އެވެ. ލޮޖިސްޓިކް ޑިޕާރޓްމަންޓަށް ބަދަލުކުރި ފަހުންވެސް ތެލުގެ ވަގު ވިޔަފާރި ކުރާ ކަމުގެ ތުހުމަތުވެސް މީނާގެ މައްޗަ ށް ކުރެވޭއިރު، މިއީ ކުންފުނީގެ އިސްވެރިންނަށް ބައި އެޅޭ ގޮތަށް ކުރަމުންދާ ކޮރަޕްޝަނުގެ ބޮޑު އަމަލެއް ކަމަށްވެސް އިތުބާރު ހުރި ފަރާތުން ވަނީ މައުލޫމާތު ހިއްސާކޮށްފަ އެވެ.

Advertisement - newsAdvertisement

އަދި ސާބިތު ދަރަނީގެ މައްސަލައެއް ޝަހުދީގެ މައްޗަށް އޮތް އިރު، ކުންފުނީގެ ޤަވާއިދުތަކާއި އުސޫލުތަކާއި ޚިލާފަށް މިފާއިސާ އެފްއެސްއެމް އަށް ދެއްކުމަށް ސެޓްލްމަންޓް އެގްރީމެންޓް އެއް ހަދާފައިވާކަންވެސް އެނގިފަ އެވެ.

ފެނަކައިގައި ކުރިން މަސައްކަތް ކުރި ޝަހުދީ އެތަނުގެ ވަޒީފާއިން ވަކިކުރިއިރު، ޝަހުދީއަކީ އެފްއެސްއެމްގެ އެމްޑީ އާޝާންއާއި ގާތްގުޅުމެއް އޮންނަ ފަރާތެއް ކަމަށްވަނީ މައުލޫމާތު ލިބިފަ އެވެ.

މިއަހަރުގެ ޖުލައި މަހުގެ ތެރޭގައިވެސް ފިއުލް ސަޕްލައި މޯލްޑިވްސް އިން ޑެލިވަރީ އެޕްއެއް ހަދަން 9 މިލިއަން ރުފިޔާއަށް ބަޔަކާއި ހަވާލުކޮށްފައި ވަނިކޮށް އެސްޓީއޯއިން އެކަން ވަނީ ހުއްޓުވާފަ އެވެ.

އެގޮތުން އެފްއެސްއެމްގެ ޑެލިވަރީ އެޕް ހެދުމަށް ދެ ފަރާތަކުން ޝައުގުވެރިކަން ފާޅުކުރި ކަމަށާއި، އެގޮތުން މި އެޕް ހެދުމަށް އެއް ފަރާތަކުން ހުށަހަޅާފައިވަނީ 2 މިލިއަން ރުފިޔާއަށް ކަމަށްވާއިރު، އަނެއް ފަރާތަކުން ހުށަހަޅާފައިވަނީ 9 މިލިއަން ރުފިޔާ އެވެ.

ރައީސް މުއިއްޒުގެ ސަރުކާރު އައުމަށްފަހު އެފްއެސްއެމްއާއި ގުޅުން ހުރި ތަފާތު ކޮރަޕްޝަންގެ ވާހަކަތަކެއް އަންނަނީ ދެކެވެމުންނެއެވެ. އެގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ގެ އެކިއެކި އޮޕަރޭޝަންތަކަށް ބޭނުންވާ ތެޔޮ، ފިއުލް ސަޕްލައި މޯލްޑިވްސް (އެފް.އެސް.އެމް) މެދުވެރިކޮށް ގަތުމުގައި ހިންގާފައިވާ މުޢާމަލާތްތަކުގައި އެމް.ޕީ.އެލްއާއި އެފް.އެސް.އެމްގެ މުވައްޒަފުންތަކެއް ގުޅިގެން ކޮރަޕްޝަންގެ ޢަމަލުތަކެއް ހިންގައި އެކުންފުނީގެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ދަޢުވާ ކުރުމަށް 27 ފެބްރުއަރީ 2025 ގައި ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފަ އެވެ.

މީގެ އިތުރުން އެކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ (އެމްޑީ) އިސްމާއިލް ސުހައިލް އާއި ގާތް ގުޅުމެއް އޮންނަ ދެ މީހަކު އެ ކުންފުނީގެ ގުދަނުގައި ހުރި މަސްދަޅުތަކެއް ވަގަށް ނެގި މައްސަލަ އެއް ފެންމަތިވެފައިވާއިރު، ސުހައިލް އަޑީގައި ހުންނަވައިގެން އެކުންފުނީގެ ތެޔޮބޯޓުތަކުން ނުއަގުގައި ތެޔޮ ވިއްކަވައިގެން ކަރަޕްޝަން ހިންގަވާ ކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއްވެސް ވަނީ ފެންމަތިވެފަ އެވެ.

އެފްއެސްއެމްގެ އެމްޑީގެ މަގާމަށް އާޝާން އައްޔަންކޮށްފައި ވަނީ އެ މަގާމުގައި ހުންނެވި އިސްމާއީލް ސުހައިލް، މިދިޔަ ނޮވެންބަރު 26ގައި އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އެފްއެސްއެމްމުޙައްމަދު ޝަހުދީއާޝާންކޮރަޕްޝަން އެފްއެސްއެމް-އެމްޕީއެލް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
07 ޑިސެމްބަރު 2025

މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

07 ޑިސެމްބަރު 2025
މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން
03 ޑިސެމްބަރު 2025

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

03 ޑިސެމްބަރު 2025
އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި
03 ޑިސެމްބަރު 2025

އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

03 ޑިސެމްބަރު 2025
އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި
01 ޑިސެމްބަރު 2025

ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި

ކަރަޕްޝަން އާ ދެކޮޅަށް ފިލިޕީންސްގައި ކުރި މުޒާހަރާގައި ރައީސް މާކޯސްގެ އިސްތިއުފާ އަށް ގޮވައިފި

01 ޑިސެމްބަރު 2025
ކަރަޕްޝަން އާ ދެކޮޅަށް ފިލިޕީންސްގައި ކުރި މުޒާހަރާގައި ރައީސް މާކޯސްގެ އިސްތިއުފާ އަށް ގޮވައިފި
29 ނޮވެމްބަރު 2025

ކޮރަޕްޝަންގެ ތުހުމަތު އަމާޒުވެފައި ވަނިކޮށް، ޒެލެންސްކީ ގެ އެންމެ ގާތް އަދި އަރިހުގައި ހުންނެވި ޔާމަކް އިސްތިއުފާ ދެއްވައިފި

29 ނޮވެމްބަރު 2025
ކޮރަޕްޝަންގެ ތުހުމަތު އަމާޒުވެފައި ވަނިކޮށް، ޒެލެންސްކީ ގެ އެންމެ ގާތް އަދި އަރިހުގައި ހުންނެވި ޔާމަކް އިސްތިއުފާ ދެއްވައިފި
28 ނޮވެމްބަރު 2025

އިއުލާނު ކުރުމެއް ނެތި ހުޅުމާލޭގައި ހުރި ހުސް ބިންތައް އަމިއްލަ ފަރާތްތަކަށް ވިއްކާލައިފި, އަގު ސާފެއް ނޫން

28 ނޮވެމްބަރު 2025
އިއުލާނު ކުރުމެއް ނެތި ހުޅުމާލޭގައި ހުރި ހުސް ބިންތައް އަމިއްލަ ފަރާތްތަކަށް ވިއްކާލައިފި, އަގު ސާފެއް ނޫން
25 ނޮވެމްބަރު 2025

އެމްޑީޕީގެ ސިޓީއެއް ބީއެމްއެލްއަށް - ޢައިރުޤާނޫނީ މުޢާމަލާތްތައް ކުރުމަށް ސަރުކާރަށް ވާގިވެރިވުން ހުއްޓާލާ

25 ނޮވެމްބަރު 2025
އެމްޑީޕީގެ ސިޓީއެއް ބީއެމްއެލްއަށް - ޢައިރުޤާނޫނީ މުޢާމަލާތްތައް ކުރުމަށް ސަރުކާރަށް ވާގިވެރިވުން ހުއްޓާލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް