Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކަނޑު ދިރާސާ ކުރާ ޗައިނާގެ ބޯޓު

ކަނޑު ދިރާސާ ކުރާ ޗައިނާގެ ބޯޓު ރާއްޖޭގެ ސަރަހައްދަށް ވަތް، ހަރަކާތްތެރިވީ "ލައިވް ޓްރެކިން ސިގްނަލް"ނިއްވާލައިގެން!

މިހާރު މި ބޯޓު އޮތީ އިންޑޮނޭޝިއާގެ ގަޖަމްއާ ހިސާބުގައި ނަމަވެސް، އޭގެ ކުރިން އެ ބޯޓު ދަތުރުކުރި މިސްރާބު ފެންނާކަށެއް ނެތް

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ, ރާއްޖެ އެމްވީ | 2 ފެބުރުއަރީ 2024 | ހުކުރު 13:21
ރާއްޖެ އައުމަށް ހަމަޖެހިފައިވާ ޗައިނާގެ ބޯޓު

ރާއްޖެ އައުމަށް ހަމަޖެހިފައިވާ ޗައިނާގެ ބޯޓު

ކަނޑު ދިރާސާކުރާ ޗައިނާގެ އުޅަނދު، "ޒިއަންގް ޔެންގް ހޮންގް 3" ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ތެރޭގައި ވެސް ހަރަކާތްތެރިވި ކަމަށާއި، އެ ބޯޓު ހަރަކާތްތެރިވަމުންދަނީ "ލައިވް ޓްރެކިން ސިގްނަލް" ނިއްވާލައިގެންކަން ހާމަވެއްޖެއެވެ.

ދެކުނު ޗައިނާ ކަނޑުގެ ޝިއާމެންގެ އައްސޭރިފަށުގައި އޮވެފައި، ކްރޫއިންނާއި ކޮއްތު އައު ކުރުމަށް ކަމަށް ބުނެ މި މަހުގެ އަށްވަނަ ދުވަހު މާލެއަށް ބަނދަރުކުރަން ނިންމާފައިވާ މި ބޯޓަކީ ޒަމާނީ އެންމެ ފަހުގެ ވަސީލަތްތައް ހިމެނޭ ގޮތަށް ކަނޑުގެ ސަތަހައިން ފެށިގެން ހުރިހާ މައުލޫމާތެއް ބޯޓުގައި ތިބެގެން ނެގޭ ވަރުގެ ގާބިިލުކަން ހުރި ބޯޓެކެވެ.

އެގޮތުން މި ބޯޓުގެ ދަތުރުގެ މޫވްމަންޓް ހުރިގޮތް ފާހަގަ ކުރަމުން ބޭރުގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން، 30 ޖެނުއަރީން ފެށިގެން މި ބޯޓު ގެންދަނީ ރާއްޖޭގެ އިރުމަތީ ބިތުގައި އުތުރުަށް އަދި ދެކުނަށް ގިނަ ބުރުތަކެއް އަޅަމުންނެވެ.

އެގޮތުން އެ ބުރުތަކުގެ ތެރެއިން ބައެއް ސަރަހައްދުތަކުން އެ ބޯޓު އޮތް ހިސާބު ނޭނގޭ ގޮތަށް، ރިއަލް ޓައިމް ލޮކޭޝަން ވެސް އޮފްކޮށްގެން އެ ބޯޓު މަސައްކަތް ކުރާ ކަމަށް ބޭރުގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ.

މީގެ އިތުރުން، ޗައިނާގެ އެ ބޯޓު، ރާއްޖޭގެ އިރުމަތީގައި ކުރާ ބައެއް ދަތުރުތަކުގައި، ރާއްޖޭގެ އިގްތިސާދީ އިމުގެ ތެރޭގައި ހަރަކާތްތެރިވެފައިވާކަން ވެސް ފާހަގަކުރެވިފައިވެއެވެ. އެހެން ނަމަވެސް، ލައިވް ޓްރެކިން ސިގްނަލް ނިއްވާލައިގެން އެ ބޯޓު އެ ސަރަހައްދުގައި ކުރަމުންދާ ކަމަކާ ގުޅިގެން ސަރުކާރަށް ވެސް ދޭނެ ޖަވާބެއް ނެތެވެ.

މިހާރު އެ ބޯޓު އޮތް ހިސާބެއް ކަމަށް ދައްކަނީ، އިންޑޮނޭޝިއާގެ ގަޖަމްއާ ހިސާބުގައެވެ. އެހެން ނަމަވެސް އޭގެ ކުރިން އެ ބޯޓު ދަތުރުކުރި މިސްރާބު، ނުވަތަ ރޫޓް ފެންނާކަށެއް ނެތެވެ.

މި ބޯޓު މާލޭގައި ބަނދަރުކުރަނީ ރާއްޖޭގެ ސަރަހައްދުގައި 10 ދުވަހަށްވުރެ ގިނަ ދުވަހު ހަރަކާތްތެރިވެފައިކަމަށްވާއިރު، އެ ބޯޓުން ރާއްޖޭގެ އެއްވެސް ސަރަހައްދެއްގެ ކަނޑު ދިރާސާ ނުކުރާނެ ކަމަށް ސަރުކާރުން އައީ ބުނަމުންނެވެ.

މި ބޯޓާ ގުޅިގެން އިންޑިޔާ ކަނޑުގެ ރައްކާތެރިކަން ބެލެހެއްޓުމުގެ މައިގަނޑު ޒިންމާ އުފުލާ އިންޑިޔާ އިން ވެސް ދަނީ، އެ ބޯޓުގެ ހަރަކާތްތައް ގާތުން ބަލަމުންނެވެ. އެގޮތުން އެ ބޯޓު ރާއްޖޭގެ ސަރަހައްދުގެ ތެރޭގައި ދަތުރުކުރި ކަން ވެސް އެންމެ ފުރަތަމަ އިއުލާންކުރީ އިންޑިޔާ އަދި ބޭރުގެ ނޫސްތަކުންނެވެ.

ރާއްޖެ-ޗައިނާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ހައުސިން މިނިސްޓްރީ އިމާރާތު ގައި ރޯވިތާ އަހަރެއް:  ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ

ހައުސިން މިނިސްޓްރީ އިމާރާތު ގައި ރޯވިތާ އަހަރެއް: ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ

11 ޑިސެމްބަރު 2025
ރަސްމިއްޔާތުތަކަށް އާދަޔާ ޚިލާފު ޝައުގެއް ބަހައްޓަވާ މުއިއްޒު އެންމެ ފަހުން 6 ފެން ޕަމްޕް ހަދިޔާ ކުރުމުގެ ރަސްމިއްޔާތު ގައި ވަޒީރުންނާ އެކު ބައިވެރިވެ ވަޑައިގެންފި

ރަސްމިއްޔާތުތަކަށް އާދަޔާ ޚިލާފު ޝައުގެއް ބަހައްޓަވާ މުއިއްޒު އެންމެ ފަހުން 6 ފެން ޕަމްޕް ހަދިޔާ ކުރުމުގެ ރަސްމިއްޔާތު ގައި ވަޒީރުންނާ އެކު ބައިވެރިވެ ވަޑައިގެންފި

10 ނޮވެމްބަރު 2025
މުއިއްޒު ސަރުކާރުން ޗައިނާ އާއެކު ސޮއި ކޮށްފައިވާ 11 އެއްބަސްވުމުގެ ތަފްސީލު ދޭން ފޮރިން މިނިސްޓްރީން ދެކޮޅުހަދައިފި!

މުއިއްޒު ސަރުކާރުން ޗައިނާ އާއެކު ސޮއި ކޮށްފައިވާ 11 އެއްބަސްވުމުގެ ތަފްސީލު ދޭން ފޮރިން މިނިސްޓްރީން ދެކޮޅުހަދައިފި!

29 އޮކްޓޯބަރު 2025
ރާއްޖޭގެ ރިސޯޓެއްގައި ޑައިވިންގ އަށް ގެންދިޔަ ޗައިނާގެ ފަތުރުވެރިއަކު ކަނޑުމަތީގައި ގިނަ އިރު އޮންނަން މަޖުބޫރުވި ބިރުވެރި ހާދިސާ އެ ގައުމުގެ ސޯޝަލް މީޑިއާ ގައި ފެތުރިއްޖެ

ރާއްޖޭގެ ރިސޯޓެއްގައި ޑައިވިންގ އަށް ގެންދިޔަ ޗައިނާގެ ފަތުރުވެރިއަކު ކަނޑުމަތީގައި ގިނަ އިރު އޮންނަން މަޖުބޫރުވި ބިރުވެރި ހާދިސާ އެ ގައުމުގެ ސޯޝަލް މީޑިއާ ގައި ފެތުރިއްޖެ

27 ސެޕްޓެމްބަރު 2025
ޗައިނާއަށް ކުރެއްވި ދަތުރަށްފަހު މުއިއްޒު ރާއްޖެ ވަޑައިގެންފި

ޗައިނާއަށް ކުރެއްވި ދަތުރަށްފަހު މުއިއްޒު ރާއްޖެ ވަޑައިގެންފި

04 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

28 ފެބުރުއަރީ
ރަމަޟާން މަސް: ނަފުސު އިސްލާޙުކޮށްލުމަށް ލިބޭ ރަނުގެ ފުރުޞަތެއް
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަސް: ނަފުސު އިސްލާޙުކޮށްލުމަށް ލިބޭ ރަނުގެ ފުރުޞަތެއް

އިޒްރޭލު ހިންގާ ޤަތުލުޢާންމުގެ ނޭދެވޭ އަސަރު، އަހަރަކާ ގާތްވަމުންދާ ހަނގުރާމައެއް ބަރުދާސްކުރާ ސޫދާންގެ ރައްޔިތުންނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އިޒްރޭލު ހިންގާ ޤަތުލުޢާންމުގެ ނޭދެވޭ އަސަރު، އަހަރަކާ ގާތްވަމުންދާ ހަނގުރާމައެއް ބަރުދާސްކުރާ ސޫދާންގެ ރައްޔިތުންނަށް!

ވޭޕްގެ ނަމުގައި މަސްތުވަނީ، ބެލެނިވެރިންނަށްވެސް ހިލަމެއް ނެތް!
20233 އަހަރު ކުރިން
ރިޕޯޓު

ވޭޕްގެ ނަމުގައި މަސްތުވަނީ، ބެލެނިވެރިންނަށްވެސް ހިލަމެއް ނެތް!

ރަޝިޔާއިން ކުރަމުންދާ ހަނގުރާމައާ ދެކޮޅު ހެދުމަށް މަދަނީ ބަސް ނޭހުމަކަށް ދިޔުމަށް ނަވަލްނީ ގޮވާލައްވައިފި
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާއިން ކުރަމުންދާ ހަނގުރާމައާ ދެކޮޅު ހެދުމަށް މަދަނީ ބަސް ނޭހުމަކަށް ދިޔުމަށް ނަވަލްނީ ގޮވާލައްވައިފި

މޫސުން ރަނގަޅު، އަވިގަދަ ދުވަހެއްގައި ފޯކައިދޫއަށް ނަގޫރޯޅިއެއް
20215 އަހަރު ކުރިން
ރާއްޖެ

މޫސުން ރަނގަޅު، އަވިގަދަ ދުވަހެއްގައި ފޯކައިދޫއަށް ނަގޫރޯޅިއެއް

ޒުވާނެއްގެ މަރުން އެލާޖިކުވާ މީހުންނަށް އެތައް ފިލާވަޅެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޒުވާނެއްގެ މަރުން އެލާޖިކުވާ މީހުންނަށް އެތައް ފިލާވަޅެއް!

އުތުރު ކޮރެއާއާއެެކު މަނާ މުއާމަލާތް ހިންގި ބޯޓުގައި ގދ. މަޑަވެލީ މަސް ދޯންޏެއްގެ އެމްއެމްއެސްއައި ނަމްބަރު!
20188 އަހަރު ކުރިން
ރިޕޯޓު

އުތުރު ކޮރެއާއާއެެކު މަނާ މުއާމަލާތް ހިންގި ބޯޓުގައި ގދ. މަޑަވެލީ މަސް ދޯންޏެއްގެ އެމްއެމްއެސްއައި ނަމްބަރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު