Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުޗައިނާ-ރާއްޖޭގެ ގުޅުން

ވިޔަފާރި އާއި އިންވެސްޓްމަންޓް ކުރިއަރުވަން ޗައިނާގެ ޕީޕަލްސް ބޭންކާއެކު އިކޮނޮމިކް މިނިސްޓްރީން އެމްއޯޔޫއެއްގައި ސޮއިކޮށްފި

އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ މި އެމްއޯޔޫގެ ދަށުން އެ ގައުމެއްގެ އަމިއްލަ ފައިސާއިން ދެ ޤައުމުގެ ދެމެދުގައި، ކަރަންޓް އެކައުންޓްގެ މުޢާމަލާތްތަކާއި ސީދާ އިންވެސްޓްމަންޓްތައް ކުރިއެރުވުމަށް އެއްބާރުލުން ދިނުމުގެ އޮނިގަނޑެއް ޤާއިމުކުރެވިގެންދާނެ ކަމަށް

ރާއްޖެ އެމްވީ | 13 ސެޕްޓެމްބަރު 2024 | ހުކުރު 10:40
ރައީސް މުއިއްޒު ޗައިނާ އަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުގެ މޫސުމާ ބެހޭ އޮފީހަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން

ރައީސް މުއިއްޒު ޗައިނާ އަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުގެ މޫސުމާ ބެހޭ އޮފީހަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން

ވިޔަފާރިއާއި އިންވެސްޓްމަންޓް ކުރިއަރުވަން ދިވެހި ސަރުކާރުން ޗައިނާގެ ޕީޕަލްސް ބޭންކާއެކު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމްއޯޔޫ) އެއްގައި ހުކުރު ދުވަހު ސޮއިކޮށްފި ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

މިކަމާ ބެހޭ ގޮތުން އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި އެމްއޯޔޫގެ ދަށުން އެ ގައުމެއްގެ އަމިއްލަ ފައިސާއިން ދެ ޤައުމުގެ ދެމެދުގައި، ކަރަންޓް އެކައުންޓްގެ މުޢާމަލާތްތަކާއި ސީދާ އިންވެސްޓްމަންޓްތައް ކުރިއެރުވުމަށް އެއްބާރުލުން ދިނުމުގެ އޮނިގަނޑެއް ޤާއިމުކުރެވިގެންދާނެ ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ މި އެމްއޯޔޫގައި ސޮއިކުރެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2024 ވަނަ އަހަރުގެ ޖަނަވަރީ މަހު ޗައިނާއަށް ކުރެއްވި ދައުލަތުގެ ދަތުރުފުޅުގައި ރައީސް ޝީ ޖިންޕިންގ އާ ބައްދަލުކުރައްވައި، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުން ހަރުދަނާކުރެއްވުމާ ގުޅޭގޮތުން ކުރެއްވި މަޝްވަރާގެ ނަތީޖާއެއްގެ ގޮތުން ކަމުގައެވެ. ދެ ޤައުމުގެ ވެރިންގެ މަޝްވަރާތަކުގައި ދެ ޤައުމުގެ ދެމެދުގައި އިޤްތިޞާދީ އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަން ފާހަގަ ކުރެއްވި ކަމަށް ބުނެފައިވެއެވެ.

މި އޮނިގަނޑުގެ އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ ފައިސާއިން މުޢާމަލާތްތައް ހިންގުން ހަލުއިވެ، އިތުރަށް ފަސޭހަވެ، ޗައިނާއިން މުދާ ގެންނަ ވިޔަފާރިވެރިންނަށް ފަސޭހަވެގެންދާނެ ކަމަށާއި، އެއް ގައުމުން އަނެއް ގައުމުގައި ކުރެވޭ އިންވެސްޓްމަންޓްތަކަށް މަގު ފަހިވެގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ފާހަގަ ކުރާ ގޮތުގައި ޗައިނާއަކީ ދިވެހިރާއްޖޭގެ ވިޔަފާރީގެ އެންމެ ބޮޑު އެއް ބައިވެރިޔާއެވެ. ދެ ޤައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ އަގު ގާތްގަނޑަކަށް 700 މިލިއަން އެމެރިކާ ޑޮލަރަށް އަރާކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

އިތުރަށް ކިޔާލަން

05 އެޕްރީލު 2017

ރާއްޖެއާއި ތައިލެންޑާ ދެމެދު ފްލައިޓް އިތުރުކުރުމަށް އެއްބަސްވެއްޖެ

05 އެޕްރީލު 2017
ރާއްޖެއާއި ތައިލެންޑާ ދެމެދު ފްލައިޓް އިތުރުކުރުމަށް އެއްބަސްވެއްޖެ
31 މާރިޗު 2017

ރާއްޖޭގެ ވިޔަފާރިތަކަށް ހޮންކޮންގައި ވިޔަފާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި: މިނިސްޓަރު ސައީދު

31 މާރިޗު 2017
ރާއްޖޭގެ ވިޔަފާރިތަކަށް ހޮންކޮންގައި ވިޔަފާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި: މިނިސްޓަރު ސައީދު
29 މާރިޗު 2017

ވައިގެ ދަތުރުފަތުރާ ބެހޭ މަޝްވަރާތައް ރާއްޖެ އާއި ތައިލެންޑާ ދެމެދު ފަށައިފި

29 މާރިޗު 2017
ވައިގެ ދަތުރުފަތުރާ ބެހޭ މަޝްވަރާތައް ރާއްޖެ އާއި ތައިލެންޑާ ދެމެދު ފަށައިފި
29 މާރިޗު 2017

ޗައިނާގެ ސީއޯޓީޓީއެމް ފެއާގައި ރާއްޖޭގެ ރީތިކަން ދައްކާ ލުމުގެ ފުރުސަތު ވަަރަށް ފުރިހަމަ އަށް ލިބިއްޖެ: އެމްއެމްޕީއާރުސީ

29 މާރިޗު 2017
ޗައިނާގެ ސީއޯޓީޓީއެމް ފެއާގައި ރާއްޖޭގެ ރީތިކަން ދައްކާ ލުމުގެ ފުރުސަތު ވަަރަށް ފުރިހަމަ އަށް ލިބިއްޖެ: އެމްއެމްޕީއާރުސީ
26 މާރިޗު 2017

ހޮންގކޮންގ އާއި އެކު ފްރީ ޓްރޭޑް މަޝްވަރާތަކުގެ ދެވަނަ ބުރު ފަށަނީ

26 މާރިޗު 2017
ހޮންގކޮންގ އާއި އެކު ފްރީ ޓްރޭޑް މަޝްވަރާތަކުގެ ދެވަނަ ބުރު ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު