Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޔާމީން

ރައީސް ޔާމީނަށް ވޯޓުން އެއްވެސް ކަމެއް ނިންމަވަން ކެރިވަޑައެއްނުގަންނަވާ: ރޮޒެއިނާ

31 ޖުލައި 2017 | ހޯމަ 23:03

ވޯޓެއް ނަގައިފިއްޔާ ބަލިވާ މަންޒަރު ފެނިގެންދާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 31 ޖުލައި 2017 | ހޯމަ 23:03
ފަލަސުރުޚީ ޕްރޮގްރާމްގައި ރޮޒެއިނާ ވާހަކަފުޅު ދައްކަވަނީ

ފަލަސުރުޚީ ޕްރޮގްރާމްގައި ރޮޒެއިނާ ވާހަކަފުޅު ދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ވޯޓުން އެއްވެސް ކަމެއް ނިންމަވަން ކެރިވަޑައިނުގަންނަވާނެ ކަމަށާއި ވޯޓެއް ނަގައިފިނަމަ އެމަނިކުފާނު ބަލިވާ މަންޒަރު ފެނިގެންދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެރޭ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރޮޒެއިނާ ވިދާޅުވީ ރައްޔިތުން މަޖިލީހުގައި ތަޅު އެޅުވުމަކީ ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ ވާޖިބަށް ހުރަސް އެޅުން ކަމަށާއި އެކަމަނާ މަޖިލީހުގައި މަސައްކަތްކުރައްވާތާ 9 އަހަރުވެފައިވާ އިރު ދުވަހަކުވެސް ރައްޔިތުންގެ މަޖިލީހަށް، މަޖިލީސް މެމްބަރުންނަށް ނުވަދެވޭނެކަން، މަޖިލީހުން އަންގަވައިފައިވާ ކަން އަދި އެހެން ފަރާތަކުން އެކަންކުރިތަންވެސް ފެނިވަޑައިގެންފައި ނުވާ ކަމަށެވެ. ކޮންމެ ގައިރުޤާނޫނީ ކަމެއްކޮށް ނިމުމަށްފަހު އެކަމެއްގެ ޒިންމާ ނަގާނެ ފަރާތެއް ނުހުންނަކަން ފާހަގަކުރައްވާ ރޮޒައިނާ ވިދާޅުވީ އެއީ ވަރަށް ކަންބޮޑުވާ ކަމެއްކަމަށެވެ.

"މަޖިލިސް ތެރެއަށް ފުލުހުން ވަތްއިރު ކާކުގެ އަމުރަކަށް ކަމެއް ނޭނގެ ފުލުހުން މަޖިލިސް ތެރެއަށްވަނީ. ރައްޔިތުންގެ މަޖިލީސް ތެރެއަށް ފުލުހުންނަކަށް ނުވަދެވޭނެ. އެއީ ފުލުހުންނަށް ވަނުން ހުއްދަ އޮންނަ ތަނެއް ނޫން" ރޮޒައިނާ ވިދާޅުވިއެވެ.

ރައްޔިތުން މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާ ފެށުމުގެ ކުރިން ސިފައިން މަޖިލީސް ތެރެއަށް ވަތްކަން ފާހަގަކުރައްވާ ރޮޒެއިނާ ވިދާޅުވީ، ސިފައިން މަޖިލީސް ޗެންބަރ ތެރެއަށް ވަނުމަށްޓަކައި އޮންނަ ހަމައެކަނި ހާލަތަކީ ނިޒާމު ގެއްލިގެން މަޖިލީހުގެ ރައީސް މެމްބަރެއްގެ ނަން އިއްވުމަށްފަހު، ލިޔުމުން އެކަން ސިފައިންނަށް އެންގެވުމުން ކަމަށެވެ.

ރޮޒެއިނާ ވިދާޅުވީ ދިވެހި ފުލުހުންނާއި ސިފައިން، އެއްވެސް ދިވެހިރައްޔިތަކަށް އަނިޔާކޮށްގެންނުވާނެ ކަމަށާއި ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ގެއްލުނު ހިސާބުން، މެމްބަރުން ހައްޔަރުކުރުމާއި މެމްބަރުންނަށް ބިރުދެއްކުމާއި މެމްބަރުން ކަސްތޮޅު އެޅުވުމަށްޓަކައި އަމުރުތައް ހޯދާ މަންޒަރު ފެނިގެންދާ ކަމަށެވެ.

ރޮޒެއިނާ އިތުރަށް ވިދާޅުވީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން އަދި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ހައްޔަރުކޮށްފައިވަނީ އެ ހަތަރު މެމްބަރުންގެ ކުށެއް އޮވެގެން ނޫންކަމަށާއި އެ ހަތަރު މެމްބަރުންނަކީވެސް ޤާނޫނީ ގޮތުން މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުކުރެވެންޖެހޭނެ މެމްބަރުން ކަމަށެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް