Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޖިލިސް

މަޖިލީހުގެ ފާޚާނާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މާދަމާގެ ޖަލްސާ ކެންސަލް ކޮށްފި

ޖަލްސާ ކެންސަލް ކުރީ މަޖިލިސް ޢާއްމު ހާލަތަކަށް ގެންނަން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 31 ޖުލައި 2017 | ހޯމަ 17:42
އަލިފާނުގެ ހާދިސާ ހިނގި ރައްޔިތުންގެ މަޖިލިސްގެ ފާޚާނާ

އަލިފާނުގެ ހާދިސާ ހިނގި ރައްޔިތުންގެ މަޖިލިސްގެ ފާޚާނާ

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ފާޚާނާއެއްގެ ތެރޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، އަންގާރަ ދުވަހު ބާއްވަން ތާވަލް ކުރި އެމަޖިލީހުގެ ޖަލްސާ ކެންސަލް ކޮށްފިއެވެ.

އެކަން މިހާރު ވަނީ ރައްޔިތުންގެ މަޖިލީހުން މަޖިލީހުގެ މެންބަރުންނަށް ވެސް އަންގާފައެވެ.

ރައްޔިތުންގެ މަޖިލީހުން ޖަލްސާ ކެންސަލް ކުރިކަން އަންގާ މެންބަރުންނަށް ފޮނުވި މެސެޖްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ހޯމަ ދުވަހު އިރުއޮއްސެން އުޅެނިކޮށް ހިނގި އަލިފާނުގެ ހާދިސާ އަކާއި ގުޅިގެން ތަން ޢާއްމު ހާލަތަކަށް ގެނައުމަށާއި ކަމާ ގުޅޭގޮތުން އަޅަންޖެހޭ އެހެން ފިޔަވަޅުތައް އެޅުމަށް ވަގުތު ބޭނުންވާތީ އަންގާރަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނުބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ދެން ޖަލްސާއެއް އޮންނާނެ ތާރީޚެއް ފަހުން އަންގަވާނެ ކަމަށް މެންބަރުންނަށް ފޮނުވި މެސެޖްގައި ވަނީ ބުނެފައެވެ.

އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ އެމަޖިލީހުގެ ފާޚާނާއެއްގައެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި މަޖިލީހުގެ އިދާރާގެ ފާހާނާގައި އަލިފާނުގެ ހާދިސާއެއް ހިނގިކަން ރިޕޯޓް ކޮށްފައި ވަނީ މިރޭ 6:00 ހާއިރު ކަމަށެވެ. ރޯވި އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށާއި މި ހާދިސާގައި އެެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އަލިފާން ރޯވުމަށް މެދުވެރިވި ސަބަބެއް އެމްއެންޑީއެފުން ނުބުނެ އެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން މަޖިލީހުގެ ކަރަންޓް ކަނޑާލި އެވެ.

މި ހާދިސާއާ ގުޅޭ ގޮތުން ފުލުހުން އެއްވެސްް ވާހަކައެއް ބުނެފައި ނުވާއިރު، ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު މުބީން ވިދާޅުވީ މިއީ ގަސްދުގައި ބަޔަކު ކޮށްފައިވާ ކަމެއް ކަމަށް ބެލެވޭ ކަމަށެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި

08 ފެބުރުއަރީ 2017
ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި
04 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
28 ޖެނުއަރީ 2017

އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ

28 ޖެނުއަރީ 2017
އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު