Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ސީޒަންގެ ފުރަތަމަ ކޮޅު، ކުލަބު ދޫކޮށްލަން ނިންމައިފިން: ޒަވީ

ޒަވީ ވަނީ މިހާރު ކުރިއަށްދާ ސީޒަން ނިމުމާއެކު، ބާސެލޯނާގެ ކޯޗުކަން ދޫކޮށްލާނެކަން އިއުލާން ކޮށްފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 31 ޖެނުއަރީ 2024 | ބުދަ 01:39
ބާސެލޯނާގެ ފަރިތަކުރުމެއްގައި ކޯޗު ޒަވީ ހެނާންޑޭޒް ބައިވެރި ވަނީ

ބާސެލޯނާގެ ފަރިތަކުރުމެއްގައި ކޯޗު ޒަވީ ހެނާންޑޭޒް ބައިވެރި ވަނީ

މިހާރު ކުރިއަށްދާ ސީޒަން އެންމެ ފުރަތަމަ ފެށުނު ދުވަސް ކޮޅު، ބާސެލޯނާ ދޫކޮށްލަން ނިންމި ކަމަށް އެ ޓީމުގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފި އެވެ.

ދާދި ފަހުން ޒަވީ ވަނީ މިހާރު ކުރިއަށްދާ ސީޒަން ނިމުމާއެކު، ބާސެލޯނާގެ ކޯޗުކަން ދޫކޮށްލާނެކަން އިއުލާން ކޮށްފަ އެވެ. ޒަވީ އެ ނިންމުން ނިންމާފައި ވަނީ ބާސެލޯނާގެ އިސްވެރިންނާ ވެސް މަޝްވަރާ ކުރުމަށްފަހު އެވެ. ޒަވީގެ ނިންމުމަށް އިޙުތިރާމް ކުރާނެކަން ވެސް ބާސެލޯނާ އިން ވަނީ ހާމަކޮށްފަ އެވެ. ބާސެލޯނާ ދޫކޮށްލަން ޒަވީ ނިންމިއިރު، އޭނާ އަށް އޮތީ ޕްރެޝަރު ވެސް ބޮޑުވެފަ އެވެ.

އެކަމާ ގުޅިގެން ވާހަކަ ދައްކަމުން ޒަވީ ބުނީ، މަގާމުން ވަކިވާން ނިންމާފައި އޮންނަތާ ވަރަށް ގިނަ ދުވަސް ވެއްޖެ ކަމަށެވެ. އޭނާ ބުނީ ބާސެލޯނާގައި ކުރަމުން އައި މަސައްކަތުގެ އަގު، އެންމެ ރަނގަޅު ގޮތުގައި ވަޒަން ނުކުރެވޭ ކަމަށެވެ. އެހެންކަމުން ކުލަބަށްޓަކައި އެ ނިންމުން ނިންމީ ކަމުގައި ޒަވީ ބުންޏެވެ. އިތުރަށް އޭނާ ބުނީ، އެއީ ކުއްލި އަކަށް ނިންމަން ޖެހުނު ނިންމުމެއް ވެސް ނޫން ކަމަށެވެ. ތެދު ތެދަށް ބުނާނަމަ، މިހާރު ކުރިއަށްދާ ސީޒަން ފެށުނުކޮޅު، ބާސެލޯނާ ދޫކޮށްލަން ނިންމާފައި ވާނެ ކަމުގައި ވެސް ޒަވީ ބުންޏެވެ.

ބާސެލޯނާ އަށް ކުރިން ކުޅެދީ، އެ ޓީމުގެ ކެޕްޓަންކަން ވެސް ކޮށްފައިވާ ޒަވީ، ބާސެލޯނާގެ ކޯޗުކަމާ ހަވާލުވީ 2021 ވަނަ އަހަރު އެވެ. އެންމެ ފުރަތަމަ އެ ކުލަބާއެކު އޭނާ ސޮއި ކުރީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ މިއަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް، ބާސެލޯނާ އިން ވަނީ ޒަވީގެ އެއްބަސްވުން އިތުރު އެއް އަހަރަށް އައު ކޮށްފަ އެވެ. އެހެންކަމުން، މިހާރުގެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަަލަށެވެ. އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮއްވާ ބާސެލޯނާ ދޫކޮށްލަން ޒަވީ ނިންމިއިރު، އޭނާގެ އިރުޝާދުގެ ދަށުން އެ ކުލަބުން ވަނީ ދެ ތައްޓެއް ކާމިޔާބު ކޮށްފަ އެވެ.

ޒަވީ އަށް ޕްރެޝަރު ބޮޑުވާން ފެށީ، މި ސީޒަންގައި ބާސެލޯނާގެ ނަތީޖާތައް ދަށްވުމުގެ ސަބަބުންނެވެ. އެގޮތުން ސްޕެނިޝް ސުޕަަ ކަޕްގެ ފައިނަލްގައި ވާދަވެރި ރެއާލް މެޑްރިޑު އަތުން ބަލިވީއިރު، ސްޕެނިޝް ކަޕްގެ ކުއާޓާ ފައިނަލުން ބަލިވެ އެ މުބާާރާތުން ވެސް ވަނީ ކަޓައިފަ އެވެ. ސްޕެނިޝް ލީގުގައި ބާސެލޯނާ އޮތީ ހަތަރު ވަނައިގަ އެވެ. ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރުގައި އެ ޓީމު ނިކުންނަން ޖެހޭނީ އިޓަލީގެ ނަޕޯލީއާ ދެކޮޅަށެވެ.

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2017

މާލޭ ލީގު: އަސައްކޮގެ ލަނޑުން އީގަލްސް ބަލިކޮށް ފުރަތަމަ ތިން ޕޮއިންޓް މާޒިޔާ އަށް

24 ފެބުރުއަރީ 2017
މާލޭ ލީގު: އަސައްކޮގެ ލަނޑުން އީގަލްސް ބަލިކޮށް ފުރަތަމަ ތިން ޕޮއިންޓް މާޒިޔާ އަށް
23 ފެބުރުއަރީ 2017

ފުރަތަމަ މެޗު މާޒިޔާއާ އެކު ކުޅެން ޖެހުމަކީ ބޮޑު ޗެލެންޖެއް: ސާންތި

23 ފެބުރުއަރީ 2017
ފުރަތަމަ މެޗު މާޒިޔާއާ އެކު ކުޅެން ޖެހުމަކީ ބޮޑު ޗެލެންޖެއް: ސާންތި
19 ފެބުރުއަރީ 2017

ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި

19 ފެބުރުއަރީ 2017
ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި
08 ފެބުރުއަރީ 2017

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި
27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު