Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވިޕްލައިނާއި ޚިލާފުވި މެންބަރުން

ވިޕްލައިނާއި ޚިލާފުވި މެންބަރުންނަށް ފިޔަވަޅު އެޅުމާ މެދު ގޮތެއް ނިންމާނީ އިސްލެވެލްގައި މަޝްވަރާކުރުމަށް ފަހު- ބިގޭ

ރުހުން ނުލިބުު 3 ބޭފުޅުން އަނެއްކާ ވެސް ވަނީ ކެބިނެޓަށް އައްޔަންކުރައްވާފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 30 ޖެނުއަރީ 2024 | އަންގާރަ 09:37
ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)

ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)

ރައީސް ޑރ.،މުހައްމަދު މުއިއްޒު އައްޔަންކުރެއްވި ވަޒީރުންނަށް ރުހުންދިނުމާ މެދު ގޮތެއް ނިންމަން ރައްޔިތުންގެ މަޖިލީހުގައި ހޯމަ ދުވަހު ނެގި ވޯޓުގައި ވިޕްލައިނާއި ޚިލާފުވި މެންބަރުންނަށް ފިޔަވަޅު އެޅުމާ މެދު ގޮތެއް ނިންމާނީ އިސް ލެވެލްގައި މަޝްވަރާކުރުމަށްފަހު ކަމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުން ބުނެފިއެވެ.

ރާއްޖެ އެމްވީ އަށް މައުލޫމާތުދެއްވަމުން އަލިފުށީ ދާއިރާގެ މެންބަރު އަދި އެމްޑީޕީ ޕީޖީ ގުރޫޕުގެ ލީޑަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވީ އެމްޑީޕީ އިން ނެރެފައިވާ ތްރީލައިންވިޕާއި ޚިލާފަށް ބައެއް މެންބަރުން ވޯޓުދެއްވާފައިވާ ކަމަށެވެ. މި ކަމާއި ގުޅިގެން އެޅޭނެ ފިޔަވަޅުތައް ޕާލިމެންޓްރީ ގްރޫޕްގެ ޤަވާއިދުގައި ވެސް ހުންނަ ކަމަށާއި ފިޔަވަޅުތައް އަޅާއިރު އެއްފަހަރަށް ވުރެ ގިނައިން ކަންކަން ހިނގާފައިވާ ނަމަ، އަމަލުކުރާނެ މިންގަނޑުތަކެއް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މެންބަރަކު ތަކުރާރުކޮށް އެގޮތަށް އަމަލުކޮށްފައިވާނަމަ، އަދަބު ބޮޑުވެގެންދާނެކަން މެންބަރު މުހައްމަދު ރަޝީދު ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން މިފަދަ ކަމަކާއި ގުޅިގެން ޕާޓީއަށް އެޅިދާނެ ފިޔަވަޅުތަކެއް ވެސް ހުރިކަން ފާހަގަކުރައްވަމުން މެންބަރު ވިދާޅުވީ ވިޕްލައިނާއި ޚިލާފުވެވަޑައިގެންފައިވާ ޕާޓީގެ ޓިކެޓްގައި އިންތިޚާބަށް ވާދަކުރައްވާ ބޭފުޅުންގެ ހުންނަން ޖެހޭ ވަކި ޝަރުހުތަކެއް ވެސް ހުންނަކަމަށާއި އެ ޝަރުތުތަކަށް ބެލުމަށްފަހު، ޕީޖީ ގްރޫޕުން އަޅާ ފިޔަވަޅުގެ އިތުރުން އެހެނިހެން އިތުރު ފިޔަވަޅުތައް އެޅުމަށް މަގުފަހިވާކަމަށެވެ. ނަމަވެސް މިގޮތަށް ފިޔަވަޅުތައް އެޅުމަށް ނިންމާނީ މިވަގުތު ޕާޓީގެ ކުރިމަގަށާއި ކުރަން ހުރި ކަންކަމަށް ބެލުމަށް ފަހު ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ލީޑަރޝިޕް ލެވެލްގައި މަޝްވަރާކުރުމަށް ފަހުގައި ނޫނީ އެކަމަށް ގޮތެއް ނުނިންމަވާނެ ކަމަށް ވެސް މެންބަރު މުހައްމަދު ރަޝީދު ވިދާޅުވިއެވެ. އޭނާ ވަނީ ޕާޓީގެ ކުރިމަގާއި ކުރަން ހުރި ކަންކަމަށް ބެލުމަށް ފަހު ފިޔަވަޅެއް އަޅަން ޖެހޭ ނަމަ އެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

މީގެއިތުރުން ހަމައެކަނި ޕީޖީ ލީޑަރަށް ލިބިދޭ ބާރެއްގެ ދަށުން ހިންގާ ޤަވާއިދަށް ބެލުމަށް ފަހު ފިޔަވަޅެއް އަޅަން ޖެހޭ ނަމަ އެކަން ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އެކަމާ މެދު އަދި ގޮތެއް ނުނިންމަވާކަމަށް މެންބަރު މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

އެމްޑީޕީން ތްރީ ލައިން ވިޕެއް ނެރެފައިވަނީ އެޓަރނީ ޖެނެރަލް އަހުމަދު އުޝާމް އާއި އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު އާއި ހައުސިން މިނިސްޓަރު ޑރ.އަލީ ހައިދަރަށް ރުހުން ނުދިނުމަށެވެ.

ނަމަވެސް އެމްޑީޕީގެ ހަތަރު މެންބަރަކު އެ ޕާޓީގެ ވިޕްލައިނާ ހިލާފަށް ވޯޓުދެއްވާފައިވެއެވެ. އެ މެންބަރުންނަކީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒް، އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އާއި ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު އަދި ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމެވެ.

ހޯމަ ދުވަހުގެ ވޯޓުގައި އެޓަރނީ ޖެނެރަލް އަހުމަދު އުޝާމަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓުދެއްވީ 24 މެންބަރުންނެވެ. ބާކީ 44 މެންބަރުން ވޯޓުދެއްވީ އޭނާ އަށް ރުހުން ދޭން ނުފެންނަ ކަމަށެވެ. އެހެންކަމުން އޭނާ އަށް ރުހުން ދޭން މަޖިލީހުން ފާސްވެފައެއް ނުވެއެވެ. އަދި އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދަށް ރުހުން ދޭން ނުފެންނަ ކަަމަށް 31 މެންބަރުން، އަދި ރުހުން ދޭން ފެންނަ ކަމަށް 30 މެންބަރުން ވޯޓުދެއްވިއެވެ. އަދި ވަކި ގޮތަކަށް ވޯޓުދެއްވަން ބޭނުން ނުވާ 8 މެންބަރުން ތިއްބެވިއެވެ. އޭނާ އަށް ވެސް ރުހުން ދިނުމަށް މަޖިލީހުން ފާސްވެފައެއް ނުވެއެވެ. ނަމަވެސް އިކޮނޮމިކް މިނިސްޓަރު ސައީދަށް ރުހުން ދޭން ފެންނަ ކަަމަށް 37 މެންބަރުން އަދި ރުހުން ދޭން ނުފެންނަ ކަމަށް 32 މެންބަރުން ވޯޓުދެއްވިއެވެ. ސައީދަށް ރުހުން ނުދިނުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން އޮތީ ނިންމާފައެވެ.

އެހެން ހުރިހާ ވަޒީރުންނަށް ރުހުން ދޭން މެންބަރުން ވަނީ ނިންމާފައެވެ. ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ރުހުން ނުލިބުުނު 3 ބޭފުޅުން އަނެއްކާ ވެސް ކެބިނެޓަށް އައްޔަންކުރައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިލްހާމް މަޖިލީސް މެންބަރުންނަށް ބިރުދެއްކި ކަމަށް ބުނެ މެންބަރު އަރީފު ފުލުހަށް!

އިލްހާމް މަޖިލީސް މެންބަރުންނަށް ބިރުދެއްކި ކަމަށް ބުނެ މެންބަރު އަރީފު ފުލުހަށް!

23 މާރިޗު 2017
ފާރިސް އާމެދު ގާނޫނީ ފިޔަވަޅު އަޅަން ވިސްނަން:ޕީޕީއެމް

ފާރިސް އާމެދު ގާނޫނީ ފިޔަވަޅު އަޅަން ވިސްނަން:ޕީޕީއެމް

23 މާރިޗު 2017
އެކްސިޑެންޓްތައް ހިނގުން އިންތިހާއަށް ގިނަވެފައި ވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިދިނުމަށް ސަރުކާރަށް ގޮވާލައިފި

އެކްސިޑެންޓްތައް ހިނގުން އިންތިހާއަށް ގިނަވެފައި ވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިދިނުމަށް ސަރުކާރަށް ގޮވާލައިފި

20 މާރިޗު 2017
ވަގު ފައިސާ އެތެރެކުރި ކަމަށް ދެކެވޭ ވާހަކަައަކީ ދޮގެއް، އެ ވާހަކަ ފަތުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނަން: އެމްއެމްއޭ

ވަގު ފައިސާ އެތެރެކުރި ކަމަށް ދެކެވޭ ވާހަކަައަކީ ދޮގެއް، އެ ވާހަކަ ފަތުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނަން: އެމްއެމްއޭ

17 މާރިޗު 2017
އެޗްވަންއެންވަން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅު ސަރުކާރުން އަޅަމުންދޭތޯ ބެލުމަށް މަޖިލީހަށް

އެޗްވަންއެންވަން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅު ސަރުކާރުން އަޅަމުންދޭތޯ ބެލުމަށް މަޖިލީހަށް

16 މާރިޗު 2017

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު