Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮރަޕްޝަން އިންޑެކްސް

2023 ވަނަ އަހަރުގެ ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެ 40 ޕޮއިންޓުން 39 ޕޮއިންޓަށް ވެއްޓިއްޖެ

ރާއްޖެ ހިމެނިފައިވަނީ މި އިންޑެކްސްގެ 93 ވަނައިގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 30 ޖެނުއަރީ 2024 | އަންގާރަ 07:28
ކޮރަޕްޝަން ހުރި މިންގަނޑު ދެނެގަތުމަށް ބަލާ ކޮރަޕްޝަން ޕަރސެޕްޝަން އިންޑެކްސް

ކޮރަޕްޝަން ހުރި މިންގަނޑު ދެނެގަތުމަށް ބަލާ ކޮރަޕްޝަން ޕަރސެޕްޝަން އިންޑެކްސް

ކޮރަޕްޝަން ހުރި މިންގަނޑު ދެނެގަތުމަށް ބަލާ ކޮރަޕްޝަން ޕަރސެޕްޝަން އިންޑެކްސް (ސީ.ޕީ.އައި) އިން ރާއްޖެއިން ނިމިދިޔަ 2023 ވަނަ އަހަރު 1 ޕޮއިންޓް ދަށްވެއްޖެއެވެ.

ސީ.ޕީ.އައި އަކީ ދުނިޔޭގެ 180 ގައުމެއްގައި ދައުލަތްތައް ހިންގުމުގައި ކޮރަޕްޝަން އަށަގަނެފައިވާކަމަށް ގަބޫލުކުރެވޭ މިންވަރު ބެލުމަށް ކޮށްފައިވާ ސާރވޭތަކާއި ފަންނީ މާހިރުންގެ ހޯދުންތަކުގެ އަލީގައި އެ ގައުމުތައް ގިންތިކޮށް ޕޮއިންޓް ދޭ އިންޑެކްސްއެކެވެ.

Advertisement - newsAdvertisement

މި އިންޑެކްސްގައި ބޭނުންކުރަނީ ސުމަކުން ފެށިގެން ސަތޭކައާއި (0 - 100) ދެމެދުގެ މިންގަނޑެއް ކަމަށް ވާއިރު, ސުމެއް ލިބެނީ ވަރަށް ކޮރަޕްޓް ގައުމުތަކަށެވެ. އަދި 100 ޕޮއިންޓު ލިބެނީ ކޮރަޕްޝަންގެ އަމަލުތައް މަދު، ހިންގުމުގެ ނިޒާމު ސާފު އަދި ހާމަކަން ބޮޑު ގައުމުތަކަށެވެ.

ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްއިން އާންމުކުރި ސީޕީއައި ދައްކާގޮތުގައި ދިވެހިރާއްޖެ ވަނީ 40 ޕޮއިންޓުން 39 ޕޮއިންޓަށް ވެއްޓިފައެވެ. އެހެންކަމުން ރާއްޖެ ހިމެނިފައިވަނީ މި އިންޑެކްސްގެ 93 ވަނައިގައެވެ.

މި އިންޑެކްސްއިން ދައްކާ ގޮތުގައި ދިވެހިރާއްޖެ އަދިވެސް ހިމެނެނީ 50 ޕޮއިންޓްއިން ދަށުން ސްކޯ ކުރާ ތިންބައި ކުޅަ ދެބައި ގައުމުތަކުގެ ތެރޭގައެވެ.

ކޮރަޕްޝަން ޕަރސެޕްޝަން އިންޑެކްސްގައި ރާއްޖެ ދަށަށް ގޮސްފައިވަނީ ގާނޫނަށް ގެނެވުނު ބަދަލުތައް ދެމެހެއްޓެނިވި ގޮތެއްގައި ތަންފީޒު ނުކުރެވޭތީކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނެއެވެ.

މިނަތީޖާ ނެރުމަށްޓަކައި ރިއާޔަތްކޮށްފައިވަނީ ބައިނަލްއަގްވާމީ 3 މަސްދަރަކަށް ކަމަށްވެސް ޓްރާންޕޭރެންސީން މައުލޫމާތު ދެއެވެ. އެއީ ގްލޯބަލް އިންސައިޓް ކަންޓްރީ ރިސްކް ރޭޓިންގްސް، ވެރައިޓީސް އޮފް ޑިމޮކްރަސީ ޕްރޮޖެކްޓް އަދި ވޯލްޑް ބޭންކް ކަންޓްރީ ޕޮލިސީ އެންޑް އިންސްޓިޓިއުޝަނަލް އެސެސްމަންޓް (ސީޕީ.އައިއޭ) އެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު