Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސޯޝަލް ހައުސިންގ

ސޯޝަލް ހައުސިންގ އަށް ކުރިމަތިލާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރަން ޖެހޭ ގޮތަަށް ބޯހިޔާވަހިކަމުގެ ބިލަށް އިސްލާހެއް!

16 އޯގަސްޓު 2025 | ހޮނިހިރު 14:48

ސޯޝަލް ހައުސިންގ އަށް ކުރިމަތިލާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރަން ޖެހޭ ގޮތަށް އިސްލާހެއް ހުށަހެޅީ ހޮނިހިރު ދުވަހު

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 16 އޯގަސްޓު 2025 | ހޮނިހިރު 14:48
 ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާޙިމް (ކުޑޫ)

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާޙިމް (ކުޑޫ)

ސޯޝަލް ހައުސިންގ އަށް ކުރިމަތިލާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރަން ޖެހޭ ގޮތަަށް ބޯހިޔާވަހިކަމުގެ ޤާނޫނަށް އިސްލާހެއް ހުށަހަޅައިފިއެވެ.

ބޯހިޔާވަހިކަމުގެ ބިލަށް އިސްލާހު ހުށަހަޅުއްވާފައި ވަނީ ހޮނިހިރު ދުވަހު، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް (ކުޑޫ)އެވެ. ބޯހިޔާވަހިކަމުގެ ބިލުގެ 51 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާ އެއް އިތުރުކުރަން އޭނާ ވަނީ ހުށަހަޅުއްވާފައެވެ.

Advertisement - newsAdvertisement

ބިލު ހުށެހެޅުއްވުމުގެ މަގްސަދާއި މެދު ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ކުޑޫ ވިދާޅުވީ މިފަދަ އިސްލާހެއްގެ ބޭނުމަކީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ވީހާ ވެސް ދެފުށް ފެންނަ ގޮތަށް ކުރިއަށް ގެންދިއުން ކަމަށެެވެ.

"ރައީސް މުއިއްޒު ވެސް ވިދާޅުވޭ ޓްރާންސްޕޭރެންސްޓް ވާން ވާނެ ކަމަށް މިފަދަ ކަންކަން. އެެހެން ނޫނީ މިކަން ވެސް އޮޔާ ދުއްވާލާނީ. މިހާރު ވެސް އިންޝުއަރެންސް ބިލުގެ މަސައްކަތް ވެސް ހަމަ ކުއްލި އަކަށް ކޮމިޓީ އިން ގޮސް ނިންމާލައިފި. އެހެންވީމަ މިކަމުގެ މަގްސަދަނީ ވީހާވެސް ޓްރާންސްޕޭރެންޓްވާ ކަން ޔަޤީންކުރުން." ކުޑޫ ވިދާޅުވިއެވެ.

އިތުރުކުރަން ހުށަހަޅާފައިވާ މާއްދާގައި ބުނެފައި ވަނީ ބޯހިޔާވަހިކަމު ޤާނޫނުގައިވާ ގޮތުގެ މަތިން، ސޯޝަލް ހައުސިންގ ޕްރޮގްރާމެއްގެ ދަށުން ސޯޝަލް ހައުސިންގ އަށް ކުރިމަތިލުމަށް އެދި ހުށަހަޅާ އެންމެހައި ފަރާތްތަކާ ބެހޭ، ބައެއް މައުލޫމާތުތައް ހިމެނޭ ލިސްޓެއް، މިނިސްޓްރީއިން އާންމުކުރަންވާނެ ކަމަށެވެ.

އެގޮތުން 52 ވަނަ މާއްދާގެ ނަމުގައި އިތުރު ކުރާ އެ މާއްދާގައި ހިމަނަންވާނެ ކަމަށް ބުނެފައިވާ މައުލޫމާތުތަކުގެ ތެރޭގައި ސޯޝަލް ހައުސިންގ ޕްރޮގްރާމަށް ކުރިމަތިލާ ފަރާތްތަކުގެ ލިސްޓް އާންމުކުރާއިރު، ފުރިހަމަ ނަމާއި، ދާއިމީ އެޑްރެހާއި، ޝަރުތު ހަމަވާކަން ނުވަތަ ނޫންކަން، އަދި ޝަރުތު ހަމަނުވާނަމަ، އޭގެ ސަބަބު އަދި ޕޮއިންޓް ލިބިފައިވާ ގޮތުގެ ތަފުސީލު ހިމަނަން ވާނެ ކަމަށް ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ

10 ފެބުރުއަރީ 2017
އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ
08 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

08 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި
07 ފެބުރުއަރީ 2017

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!
07 ފެބުރުއަރީ 2017

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި
06 ފެބުރުއަރީ 2017

ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

06 ފެބުރުއަރީ 2017
ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް