Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ

އިހަވަންދިއްޕޮޅު ތަރައްގީކުރުން: މިސަރުކާރުން ބަދަލުކުރީ މަޝްރޫއުގެ ނަން

މި ސަރަހައްދު ސްޕެޝަލް އިކޮނޮމިކް ޒޯނެއްގެ ގޮތުގައި ކަނޑައެޅުމަށް ނިންމާފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 29 ޖެނުއަރީ 2024 | ހޯމަ 08:55
އައިހެވަން މަޝްރޫއުގެ ކުރެހުމެއް

އައިހެވަން މަޝްރޫއުގެ ކުރެހުމެއް

އިހަވަންދިއްޕޮޅުގައި ތަރައްގީކުރާ "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" އިންޓަގްރޭޓަޑް މަޝްރޫއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި ހިންގެވުމަށް މަސައްކަތް ކުރެއްވި އައިހެވަން މަޝްރޫއުކަން ހާމަވެއްޖެއެވެ.

ވަޒީރުންގެ މަޖިލީހުގެ ނިންމެވުންތަކާއި ގުޅޭ މައުލޫމާތު ހިއްސާކުރުމަށް އާދީއްތަ ދުވަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ މެރިޓައިމް ޚިދުމަތްތަކާއި އިކޮނޮމިކް ސެކިއުރިޓީއަށް ފޯކަސްކޮށްގެން، ރިއަލް އެސްޓޭޓް، ޓޫރިޒަމް އަދި އެހެނިހެން ވިޔަފާރިތައް ހިމެނޭގޮތަށް އިހަވަންދިއްޕޮޅުގައި ތަރައްގީކުރާ "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" އިންޓަގްރޭޓަޑް މަޝްރޫއުގެ މާސްޓަރ ޑިވެލޮޕަރެއްގެ ގޮތުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑް ހަމަޖެއްސެވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާއާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ.މުއްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.

އެމަނިކުފާނު މި ނިންމެވުން ނިންމެވީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.

އިހަވަންދިއްޕޮޅުން މި މަޝްރޫއަށް ކަނޑައަޅާ ސަރަހައްދުގެ ޑިވެލޮޕްމަންޓް ރައިޓްސް، މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑަށް ވަނީ ދެއްވާފައެވެ. އަދި މި މަޝްރޫއު ހިންގުމަށް ނިންމަވާފައިވާ ސަރަހައްދު ސްޕެޝަލް އިކޮނޮމިކް ޒޯނެއްގެ ގޮތުގައި ކަނޑައެޅުމަށް ވެސް ވަޒީރުންގެ މަޖިލީހުގައި ރައީސް ނިންމަވާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ހަވަންދިއްޕޮޅުގައި ތަރައްގީކުރާ "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" އިންޓަގްރޭޓަޑް މަޝްރޫއުއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި 2016 ވަނަ އަހަރުގެ ތެރޭގައި ވެސް ކުރިއަށް ގެންދަވަން މަސައްކަތް ކުރެއްވި އައިހެވަން މަޝްރޫއެވެ. ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ގާނޫނުގެ ދަށުން އެންމެ ބޮޑު ތަރައްގީގެ މަޝްރޫއެއް ހިންގާނީ އިހަވަންދިއްޕޮޅުގައި ކަމަށް ޔާމީން ވިދާޅުވެފައިވެ އެވެ. އައިހެވަން މަޝްރޫއުގައި ހިމެނޭ މައިގަނޑު ހަ ކަމަކީ ބަނދަރަކާއި އެއާޕޯޓަކާއި ބަންކަރިންގެ ޚިދުމަތާއި ޝޮޕިން މޯލްތަކުގެ އިތުރުން ރިއަލް އެސްޓޭޓާއި ޓޫރިސްޓު ރިސޯޓު ތަރައްގީކުރުމެވެ.

އިހަވަންދިއްޕޮޅުގައި ތަރައްގީ ކުރާ ވިޔަފާރި ބަނދަރު، އައިހެވަންގެ މަސައްކަތް ފެށުމުގެ ގޮތުން ބިންހިއްކުމުގެ މަސައްކަތް 2016 ވަނަ އަހަރު ތެރޭގައި ފެށުމަށް ވެސް ތައްޔާރުވިއެވެ. ނަމަވެސް މިމަޝްރޫއުގެ އެއްވެސް އަމަލީ މަސައްކަތެއް ކޮށްފައިނުވެއެވެ. ނަމަވެސް އައިހެވަންގެ ފީސިބިލިޓީ ސްޓަޑީޒް ވަނީ ބޮސްޓަން ކޮންސަލްޓިން ގްރޫޕާއި ހަވާލުކޮށްގެން ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެ ކުންފުނީގެ ފަރާތުން އެ ސަރަހައްދުގައި ތަރައްގީ ކުރެވޭނެ މަޝްރޫތަކުގެ ސްޓަޑީ ކުރިއަށް ގެންގޮސްފައިވާ ކަމަށް އޭރު ސަރުކާރުން ހާމަކޮށްފައިވެއެވެ. އަދި މަޝްރޫއުގެ މާސްޓާޕްލޭން ހަދަން ސިންގަޕޫރުގެ ސުރުބަނާ ޖުރޮންގް ކުންފުންޏާ ވަނީ ހަވާލުކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޤާނޫނީ ވެރިކަމެއް ހިންގާނަމަ މިސަރުކާރުން ފުރަތަމަ ހައްޔަރުކުރާނީ ރައީސް ޔާމީން: ޝިފާޒް

ޤާނޫނީ ވެރިކަމެއް ހިންގާނަމަ މިސަރުކާރުން ފުރަތަމަ ހައްޔަރުކުރާނީ ރައީސް ޔާމީން: ޝިފާޒް

10 އޯގަސްޓު 2017
ފާރިސްއަށް ހިންގަމުންދަނީ އިންސާފުވެރި ޝަރީއަތަކޭ ބުނާ މީހުންނަށް މާދަމާވެސް މިސަރުކާރުން އަނިޔާވެރިވެދާނެ: ޝާހިދު

ފާރިސްއަށް ހިންގަމުންދަނީ އިންސާފުވެރި ޝަރީއަތަކޭ ބުނާ މީހުންނަށް މާދަމާވެސް މިސަރުކާރުން އަނިޔާވެރިވެދާނެ: ޝާހިދު

23 ޖުލައި 2017
ފާރިސް ދޫނިދޫ ޖަލަށް ބަދަލުކުރީ ގާނޫނާ ހިލާފަށް: މައުމޫން ހަމީދު

ފާރިސް ދޫނިދޫ ޖަލަށް ބަދަލުކުރީ ގާނޫނާ ހިލާފަށް: މައުމޫން ހަމީދު

22 ޖުލައި 2017
މިސަރުކާރުން 12 ރަށެއްގެ ބިން ހިއްކައިފިން، އެކަމަށް 1.7 ބިލިއަން ރުފިޔާ ޚަރަދު ކޮށްފިން: މުއިއްޒު

މިސަރުކާރުން 12 ރަށެއްގެ ބިން ހިއްކައިފިން، އެކަމަށް 1.7 ބިލިއަން ރުފިޔާ ޚަރަދު ކޮށްފިން: މުއިއްޒު

07 ޖޫން 2017
މިސަރުކާރުން މިހާތަނަށް 25.5 ކިލޯމީޓަރުގެ ގޮނޑުދޮށް ހިމާޔަތް ކޮށްފައިވާނެ: ތޯރިގް

މިސަރުކާރުން މިހާތަނަށް 25.5 ކިލޯމީޓަރުގެ ގޮނޑުދޮށް ހިމާޔަތް ކޮށްފައިވާނެ: ތޯރިގް

06 ޖޫން 2017

އަހަރުތަކުން މިއަދު

28 މާރިޗު
މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް
20251 އަހަރު ކުރިން
ރާއްޖެ

މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް
20242 އަހަރު ކުރިން
ރާއްޖެ

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް
20233 އަހަރު ކުރިން
ކުޅިވަރު

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން
20215 އަހަރު ކުރިން
ރާއްޖެ

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ
20197 އަހަރު ކުރިން
ރާއްޖެ

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު