Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޞިއްޙީ ޚިދުމަތްދޭ ތަންތަން އިމާރާތްކުރުން

އެސްއޯއީތަކަށް މަޝްރޫޢުތައް ދިނުމުގެ ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށް، އެތައް މިލިއަން ރުފިޔާގެ 9 މަޝްރޫއެއް އަނެއްކާވެސް އެސްއޯއީތަކަށް!

13 މާރިޗު 2025 | ބުރާސްފަތި 19:09

މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، ފެނަކަ ކޯޕަރޭޝަން އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންއާއި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 13 މާރިޗު 2025 | ބުރާސްފަތި 19:09
ނުވަ ރަށެއްގައި ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ އައު އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން - 13-03-2025

ނުވަ ރަށެއްގައި ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ އައު އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން - 13-03-2025

ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީ މުޅިން ފުނޑާލައި ސަރުކާރުގެ ހުރިހާ ބޮޑެތި ޕްރޮޖެކްޓްތައް އެސްއޯއީތަކަށް ދޭކަމުގެ ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، ނުވަ ރަށެއްގައި ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ އައު އިމާރާތްކުރުމުގެ އެއްބަސްވުމުގައި އެސްއޯއީ ތަކާއި އެކު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ހެލްތް މިނިސްޓްރީގައި ބުރާސްފަތި ދުވަހު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

Advertisement - newsAdvertisement

މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، ފެނަކަ ކޯޕަރޭޝަން އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާ އެވެ.

އެމްޓީސީސީ އާއި ޙަވާލުކުރެވުނު މަސައްކަތުގެ ތެރޭގައި، ނ. ފޮއްދޫ ޞިއްޙީ މަރުކަޒު ޢިމާރާތް ކުރުން، ށ. މާއުނގޫދޫ ޞިއްޙީ މަރުކަޒު ޢިމާރާތް ކުރުން، ވ. ފެލިދޫ ހޮސްޕިޓަލް ޢިމާރާތް ކުރުން، ތ. ވިލުފުށި ހޮސްޕިޓަލް ޢިމާރާތް ކުރުން ހިމެނެއެވެ. އެމްޓީސީސީއާއި ހަވާލު ކުރެވުނު މި ހަތަރު މަޝްރޫޢުއަށް ޖުމްލަ 246،590،755 (ދުއިސައްތަ ސާޅީސް ހަ މިލިއަން ފައްސަތޭކަ ނުވަދިހަ ހާސް ހަތްސަތޭކަ ފަންސާސް ފަސް) ރުފިޔާ އެވެ.

މީގެ އިތުރުން ރޯޑް ޑިވެލޮމްޕަންޓް ކޯޕަރޭޝަންއާއި ހަވާލުކޮށްފައިވަނީ ކ. ގާފަރު ޞިއްޙީ މަރުކަޒު ޢިމާރާތް ކުރުން، ހދ. ކުޅުދުއްފުށީ ސިޓީގައި ޢިމާރާތް ކުރާ ދަމަނަވެށި، ހދ. ހަނިމާދޫ ހޮސްޕިޓަލް ޢިމާރާތް ކުރުން އަދި އދ. މާމިގިލީ ހޮސްޕިޓަލް ޢިމާރާތް ކުރުން ހިމެނެއެވެ. ރޯޑް ޑިވެލޮމްޕަންޓް ކޯޕަރޭޝަންއާއި ހަވާލުކުރި މަޝްރޫއުތަކަށް 259،777،909 (ދުއިސައްތަ ފަންސާސް ނުވަ މިލިއަން ހަތްސަތޭކަ ހަތްދިހަ ހަތް ހާސް ނުވަ ސަތޭކަ ނުވަ) ރުފިޔާ އެވެ.

އަދި ހދ. މަކުނުދޫ ޞިއްޙީ މަރުކަޒު ޢިމާރާތް ކުރުން ފެނަކަ ކޯޕަރޭޝަންއާއި ހަވާލުކޮށްފައިވަނީ، 103,595,304.83 (ސަތޭކަ ތިން މިލިއަން ފައްސަތޭކަ ނުވަދިހަ ފަސްހާސް ތިންސަތޭކަ ހަތަރު ރުފިޔާ އަށްޑިހަ ތިން ލާރި) އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ހެލްތު އަބުދުﷲ ނާޠިމް އިބްރާހީމް ވިދާޅުވީ ކައިރި މުސްތަގުބަލެއްގައި އިތުރު ޞިއްޙީ ޚިދުމަތްދޭ ތަންތަނުގައި ސޮއިކުރެވިގެންދާނެ ކަމަށެވެ. އަދި ރައީސްގެ ވައުދާއި އެއްގޮތަށް ޞިއްޙީ ދާއިރާގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

މިދިޔަ އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވިދާޅުވެފައިވަނީ މިއަދު މި ގައުމުން ފެނިގެން މިދަނީ ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީ މުޅިން ފުނޑާލައި ސަރުކާރުގެ ހުރިހާ ބޮޑެތި ޕްރޮޖެކްޓް ތައް އެސްއޯއީތަކަށް ދޭތަން ކަމަށާއި މިއީ ވައްކަމަށް ހުޅުވާލާ ދޮރެއް ކަމަށެވެ. އެހެންކަމުން މިއީ ސީދާ ދިވެހި ރައްޔިތުންގެ ފައިސާއިން ވައްކަން ކުރުން ކަމަށްވެސް އައްބާސް ވިދާޅުވިއެވެ.

ސަރުކާރަށް މިތުހުމަތުކޮށްފައިވަނިކޮށް ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތްކުރާ އަމިއްލަ އެއްވެސް ފަރާތަކަށް ހެލްތްގެ މިމަޝްރޫއުތައް ނުދީ ސަރުކާރުގެ އެސްއޯއީތަކަށް ދިނުމުން އެފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެއެވެ. އަދި މީގެ ތެރޭން ގިނަ މަޝްރޫއު ތަކަކީ ކުރިން ބިޑިންގ ޕްރޮސް އެއްގެ ތެރެއިން އަމިއްލަ ކުންފުނިތަކާއި ހަވާލު ކުރެވިގެން މަސައްކަތް ކުރިއަށް ގެންގޮސްފައިވާ މަސްރޫއު ކަންވެސް ފާހަގަ ކުރެވެއެވެ. މި ގޮތުން މި މަޝްރޫއުތަށް އެސްއޯއީ ތަކާ ހަވާލު ކޮއްފައި ވަނީ ވެސް ކުރިން މި މަޝްރޫއު ހިންގި ފަރާތްތަކާ މަސްވަރާ ކުރުމެއްނެތި ޓާރމިނޭޝަން ޕްރޮސެސް ވެސް ފުރިހަމަ ނުކޮށް ކަމުގައި މައުޅޫމާތް ލިބެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި

18 ފެބުރުއަރީ 2017
ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި
12 ފެބުރުއަރީ 2017

ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ

12 ފެބުރުއަރީ 2017
ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ
08 ފެބުރުއަރީ 2017

މަހްލޫފްގެ މައްސަލައިގާ ހުރި ކަންބޮޑުވުންތައް އެމްޑީޕީން އައިޕީޔޫއަށް ހުށަހަޅައިފި

08 ފެބުރުއަރީ 2017
މަހްލޫފްގެ މައްސަލައިގާ ހުރި ކަންބޮޑުވުންތައް އެމްޑީޕީން އައިޕީޔޫއަށް ހުށަހަޅައިފި
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް