Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ފަލަސްތީން އިސްރާއީލް ހަނގުރާމަ

ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީދޭ އދގެ ޖަމިއްޔާއަށް މާލީ އެހީ ހުއްޓާލުން: ހުޅަނގުން ނިންމި ރަނގަޅު ނިންމުމެއްބާ؟

ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީ ފޯރުކޮށްދޭ އދގެ ޖަމިއްޔާއަށް މާލީ ދިނުން އެންމެ ފުރަތަމަ ހުއްޓާލި ޤައުމުތަކުގެ ތެރޭގައި އެމެރިކާ، އޮސްޓްރޭލިއާ އަދި ކެނެޑާ ހިމެނޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 30 ޖެނުއަރީ 2024 | އަންގާރަ 04:08
ނަބީލް އަބޫ ރުދައިނާ؛ ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސްގެ ތަރުޖަމާނު

ނަބީލް އަބޫ ރުދައިނާ؛ ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސްގެ ތަރުޖަމާނު

ފަލަސްޠީނާއި ޔަހޫދީ އިޒްރޭލާއި ދެމެދު 70 އެތައް އަހަރަކަށް ދިގުލައި ގޮސްފައި އޮތް މައްސަލައަށް ދާއިމީ ޙައްލެއް މިއިން ދުވަހަކު ލިބިދާނެ ކަމުގެ ނިޝާނެއް ފެންނަން ނެތް ފަލަސްޠީނުގެ ޣައްޒާގައި ނިރުބަވެރި ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމަށް 4 މަސް ވާން މި ވަނީ ގާތްވެފައެވެ. ދުނިޔޭގެ އެހެން ހިސާބުތަކުގައި ހިންގާ ޤަތުލުޢާންމުތަކާ ދެކޮޅަށް ހުޅަނގުގެ ނުފޫޒުގަދަ ބާރުތަކުން ތެދުވެ، ހަރުކަށި ފިޔަވަޅުތަކެއް އެޅި ކަމުގައި ވީ ނަމަވެސް، ނިރުބަވެރި ޔަހޫދީންނާ ދެކޮޅަށް އެއިން އެއްވެސް ޤައުމަކުން ނުތެދުވިތާ، ކުރަނީ ޖެއްސުމެވެ. ފުރައްސާރައެވެ. އެގޮތުން، ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީ ފޯރުކޮށްދޭ އދގެ ޖަމިއްޔާ (ޔޫއެންއާރްޑަބްލިއުއޭ) އަށް މާލީ އެހީ ދިނުން، ބައެއް ޤައުމުތަކުން މިހާރު އޮތީ ހުއްޓާލާފައެވެ.

ފަލަސްޠީނުގެ ރައީސް  މަޙްމޫދު ޢައްބާސްގެ ތަރުޖަމާނު، ނަބީލް އަބޫ ރުދައިނާ ވަނީ، ޔޫއެންއާރްޑަބްލިއުއޭއަށް، ބައެއް ޤައުމުތަކުން މާލީ އެހީ ދިނުން ހުއްޓާލި ހުއްޓާލުން ފާހަގަ ކުރައްވާ، އެ ޤައުމުތަކުގެ ނިންމުމަށް ފާޑުވިދާޅުވެފައެވެ.

ފަލަސްޠީނުގެ ރެފިއުޖީންނާ ބެހޭ އދގެ ޖަމިއްޔާއަށް ދެމުންދާ މާލީ އެހީ މަޑުޖައްސާލި ޤައުމުތަކުގެ ލިސްޓާ އެންމެ ފަހުން ގުޅުނު ޤައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް، އިޓަލީވިލާތް އަދި ނެދަލަންޑްސްއާއި ފިންލަންޑް ހިމެނެއެވެ. ޔޫއެންއާރްޑަބްލިއުއޭއަށް މާލީ އެހީ ދިނުން، އެ ޤައުމުތަކުން މަޑުޖައްސާލީ، އޮކްޓޯބަރ 7، 2023 ވަނަ ދުވަހު، ޙަމާސް ޖަމާޢަތުން އިޒްރޭލަށް ދިން ޙަމަލާގައި، އދގެ ޖަމިއްޔާގެ ބައެއް މުވައްޒަފުންގެ ބައިވެރިވުން ހިމެނޭ ކަމަށް ބުނެ، ފެންމަތިކޮށްފައި ވާ ތުހުމަތުތަކާ ގުޅިގެންނެވެ.

1980ގެ އަހަރުތަކުގެ ތެރޭގައި އުފެދިގެން އައި ޙަމާސް ޖަމާޢަތަކީ، 2007 ވަނަ އަހަރު ފަލަސްޠީނުގައި ހިނގާ ދިޔަ ދާޚިލީ ކޯޅުންގަނޑަށް ފަހު ޣައްޒާގެ ކޮންޓްރޯލް ނަގައިގެން އޮތް ޖަމާޢަތެވެ. ޔަހޫދީ އިޒްރޭލާއި، އެމެރިކާއާއި އެމެރިކާގެ އެކުވެރި ޤައުމުތަކުން ސިފަ ކުރާ ގޮތުގައި ޙަމާސްއަކީ ޓެރަރިސް ޖަމާޢަތެކެވެ. ޣައްޒާގައި މިހާރު ހިންގަމުންދާ ޤަތުލުޢާންމަކީވެސް ޙަމާސް ޖަމާޢަތުގެ ވަސް، މި ބިންމަތިން ފޮހެލުމަށް ހިންގާ ޤަތުލުޢާންމެއް ކަމަށް އިޒްރޭލުން ދަނީ ބުނަމުންނެވެ.

ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީ ފޯރުކޮށްދޭ އދގެ ޖަމިއްޔާއަށް މާލީ ދިނުން އެންމެ ފުރަތަމަ ހުއްޓާލި ޤައުމުތަކުގެ ތެރޭގައި އެމެރިކާ، އޮސްޓްރޭލިއާ އަދި ކެނެޑާ ހިމެނެއެވެ. ޔޫއެންއާރްޑަބްލިއުއޭއަކީ އިންތިހާ ދަތި ޙާލުގައި ދިރިއުޅެމުންދާ ޣައްޒާގެ ރަށްވެހިންގެ ދިރިއުޅުމުގެ އެންމެ ޟަރޫރީ ބޭނުންތައް ފުއްދުމަށްވެސް އިންތިހާއަށް މުހިންމު ޖަމިއްޔާއެކެވެ. ކަން މިހެން އޮތް އިރު، އދގެ ޖަމިއްޔާއިން ވަނީ، އެ ޖަމިއްޔާގެ ބައެއް މުވައްޒަފުންނާ ގުޅޭ ތަޙަޤީޤުތަކެއް ފަށާފައި ވާ ކަމަށާ، އެ މުވައްޒަފުންނާ އެ ޖަމިއްޔާއާ ދެމެދު އޮތް ގުޅުންވެސް މިހާރު ކަނޑާލާފައި ވާ ކަން ހާމަކޮށްފައެވެ.

ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީ ފޯރުކޮށްދޭ އދގެ ޖަމިއްޔާއަށް ބައިނަލްއަޤުވާމީ މުޖުތަމަޢުން ފޯރުކޮށްދޭ އެހީ ހުއްޓުވުމަށް އެންމެ ގަދައަށް މަސައްކަތް ކުރަމުން ދަނީ ޔަހޫދީ އިޒްރޭލުގެ މުޖުރިމުންނެވެ. ފަލަސްޠީނުގައި އޮތް 'ކޯޅުންގަނޑު' މަޑުޖެހުނުހާ އަވަހަކަށް، ޔޫއެންއާރްޑަބްލިއުއޭގެ ބަދަލުގައި އެހެން ބަޔަކު ހަރަކާތްތެރިވާން ޖެހޭ ކަމަށާ، ޔޫއެންއާރްޑަބްލިއުއޭއަކީ ޙަމާސްގެ "ޓެރަރިސްޓުންނާއި" ގުޅުން އޮންނަ ޖަމާޢަތެއް ކަމަށް، އިޒްރޭލުގެ ފޮރިން މިނިސްޓަރ އިޒްރާއީލު ކަޓްޒް ވަނީ ތުހުމަތު ކޮށްފައެވެ.

ނިރުބަވެރި ޔަހޫދީން ޢަމާޒު ކުރި ފަދަ ތުހުމަތުތަކަށް ޔޫއެންއާރްޑަބްލިއުއޭއިން އަބަދުވެސް ދެކޮޅު ހަދައެވެ. އަދި އެ ޖަމިއްޔާއަކީ އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ޖަމިއްޔާއެއް ކަމަށް ތަކުރާރުކޮށް ބުނެއެވެ.

ފަލަސްޠީނުގެ ރެފިއުޖީންނާ ބެހޭ އދގެ އިދާރާއަކީ 1948 ވަނަ އަހަރުގެ ހަނގުރާމައިގެ ތެރޭގައި އުފެދުނު ރެފިއުޖީންނަށް އެހީ ދިނުމަށް އުފެއްދި ޖަމިއްޔާއެކެވެ. އެއީ އިޒްރޭލުން ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެ، ވަކި ޤައުމެއްގެ ގޮތުގައި އަމިއްލައަށް ނަންދިން ހަނގުރާމައެވެ. ޔޫއެންއާރްޑަބްލިއުއޭއިން އެހީ ފޯރުކޮށްދެނީ ހަމަ އެކަނި ޣައްޒާގައި ތިބި ރެފިއުޖީންނަކަށް ނޫނެވެ. ހުޅަނގު އައްސޭރިއާއި، ޢުރުދުން އަދި ސޫރިޔާއާއި ލުބްނާންގައި ތިބި ފަލަސްޠީނުގެ ރެފިއުޖީންނަށްވެސް އެ ޖަމިއްޔާއިން އެހީ ފޯރުކޮށްދެއެވެ. 2.3 މިލިއަން މީހުންގެ އާބާދީއެއް އޮތް ޣައްޒާގެ 3 ބައިކުޅަ 2 ބައި މީހުންނަކީ އދގެ ޖަމިއްޔާގެ އެހީ ލިބޭ މީހުންނެވެ. ޙަމާސް ޖަމާޢަތް ނައްތާލުމުގެ ނަމުގައި ޔަހޫދީ މުޖުރިމުން އެންމެ ފަހުން ހިންގަން ފެށި ޤަތުލުޢާންމުގައި ހަފުސްކޮށްފައި އޮތް ޣައްޒާއަށް އެހީ ފޯރުކޮށްދިނުމުގައިވެސް ޔޫއެންއާރްޑަބްލިއުއޭއިން ދަނީ އިސް ދައުރެއް އަދާ ކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"ފަލަސްޠީނުގެ މިނިވަން ދަޢުލަތަށް އިޒްރޭލުން އިންކާރު ކުރުން: ހަރުކަށި ފިކުރަށް ދެވޭ ހިތްވަރެއް"

"ފަލަސްޠީނުގެ މިނިވަން ދަޢުލަތަށް އިޒްރޭލުން އިންކާރު ކުރުން: ހަރުކަށި ފިކުރަށް ދެވޭ ހިތްވަރެއް"

27 ޖެނުއަރީ 2024
މުޢިއްޒުގެ ފުރަތަމަ ތަޤުރީރުގައި ފަލަސްޠީނުގެ ވާހަކަ ނެތުމުން ފަޅުކަން!

މުޢިއްޒުގެ ފުރަތަމަ ތަޤުރީރުގައި ފަލަސްޠީނުގެ ވާހަކަ ނެތުމުން ފަޅުކަން!

18 ނޮވެމްބަރު 2023
އޮސްލޯ އެއްބަސްވުންތަކަށް 30 އަހަރު: އިޒްރޭލާއި ފަލަސްޠީނުގެ ސުލްޙަ ބޮޑުމަންޒަރުންވެސް ބޭރުގަ؟

އޮސްލޯ އެއްބަސްވުންތަކަށް 30 އަހަރު: އިޒްރޭލާއި ފަލަސްޠީނުގެ ސުލްޙަ ބޮޑުމަންޒަރުންވެސް ބޭރުގަ؟

21 ސެޕްޓެމްބަރު 2023
ފަލަސްޠީނުގެ ސިޔާސީ ފެކްޝަންތައް މަޝްވަރާގެ މޭޒަށް!

ފަލަސްޠީނުގެ ސިޔާސީ ފެކްޝަންތައް މަޝްވަރާގެ މޭޒަށް!

01 އޯގަސްޓު 2023
ރެފިއުޖީން އަނެއްކާވެސް ރެފިއުޖީންނަށްވެ، އެނބުރި އުފަން ވަޒަނަށް!

ރެފިއުޖީން އަނެއްކާވެސް ރެފިއުޖީންނަށްވެ، އެނބުރި އުފަން ވަޒަނަށް!

19 ފެބުރުއަރީ 2023

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު