Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސައުދީ ޕްރޯ ލީގު

ރަކިޓިޗް، ސައުދީ ލީގަށް ބަދަލު ވަނީ

މެޑިކަލްގެ ފުރަތަމަ ބައިގެ ކަންކަން ހޯމަ ދުވަހު ކުރިއަށް ގެންދާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 29 ޖެނުއަރީ 2024 | ހޯމަ 01:56
ސެވިއްޔާ އަށް ކުޅެމުން އަންނަ އިވާން ރަކިޓިޗް

ސެވިއްޔާ އަށް ކުޅެމުން އަންނަ އިވާން ރަކިޓިޗް

ސްޕެއިންގެ ސެވިއްޔާ އަށް ކުޅެމުން އަންނަ ކްރޮއޭޝިއާގެ މިޑްފީލްޑަރު އިވާން ރަކިޓިޗް، ސައުދީ ޕްރޯ ލީގަށް ބަދަލުވާން ނިންމައިފި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

އުމުރުން 35 އަހަރުގެ ކުޅުންތެރިޔާ ބަދަލު ވަނީ ސައުދީ ލީގުގެ އަލް ޝަބާބަށެވެ. 2020 ވަނަ އަހަރު ސެވިއްޔާ އަށް ބަދަލުވެ، އެ ކުލަބާއެކު އޭނާ ސޮއި ކުރީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. ނަމަވެސް، ސައުދީ ލީގުގެ އަލް ޝަބާބުން ލިބުނު ހުށަހެޅުން ރަކިޓިޗް ވަނީ ޤަބޫލުކޮށްފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެގޮތުން، އެ ކުލަބާއެކު މިހާރު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށާއި، މެޑިކަލްގެ ފުރަތަމަ ބައިގެ ކަންކަން ހޯމަ ދުވަހު ކުރިއަށް ގެންދާނެ ކަމަށް ބުނެފައިވެ އެވެ. އޭގެ ފަހުން، އަންނަ ހަފުތާގެ ތެރޭގައި، ރަސްމީކޮށް އޭނާ އެ ކުލަބަށް ބަދަލު ވާނެ ކަމަށް ވެސް މީޑިއާ ތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

މީޑިއާ ތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މޭޖާ ލީގު ސޮކާ (އެމެރިކާ ލީގު) އަށް ބަދަލުވުމުގެ ވިސްނުން ވެސް މީގެ ކުރިން ރަކިޓިޗް ވަނީ ގެންގުޅެފަ އެވެ. އެގޮތުން ކުރިން އޭނާ އާއެކު ސްޕެއިންގެ ބާސެލޯނާ އަށް ކުޅުނު ލިއޮނަލް މެސީ، ލުއިސް ސުއަރޭޒް، ޖޯޑީ އަލްބާ އަދި ސާޖިއޯ ބުސްކެޓްސް ކުޅެމުން އަންނަ އިންޓަ މިއާމީ އަށް ބަދަލުވުމުގެ ވާހަކަތައް ވެސް ދެކެވުނު ކަމަށް ވަނީ ބުނެފަ އެވެ.

ރަކިޓިޗް އެންމެ ބޮޑަށް ފާހަގަކޮށްލެވުނީ ވެސް ބާސެލޯނާގަ އެވެ. އެ ކުލަބުގައި ހޭދަކުރި ހަ ސީޒަންގެ ތެރޭގައި އޭނާ ވަނީ، ބާސެލޯނާ އަށް 310 މެޗު ކުޅެދީ 36 ލަނޑު ޖަހަައިފަ އެވެ. ބާސެލޯނާ އާއެކު އޭނާ ވަނީ 13 ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގު، ސްޕެނިޝް ކަޕް، ސްޕެނިޝް ސުޕަ ކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕަ ކަަޕް އަދި ފީފާ ކުލަބު ވޯލްޑް ކަޕް ހިމެނެ އެވެ. ބާސެލޯނާ އަށް ބަދަލުވުމުގެ ކުރިން އޭނާ ކުޅުނީ ވެސް ސެވިއްޔާ އަށެވެ.

ރަކިޓިޗް ވަނީ 2007 ވަނަ އަހަރު ފެށިގެން، 2019 ވަނަ އަަހަރާ ހަމައަށް ކްރޮއޭޝިއާގެ ޤައުމީ ޓީމަށް ވެސް ކުޅެފަ އެވެ. ޤައުމީ ޓީމަށް އޭނާ ވަނީ 106 މެޗު ކުޅެދީ 15 ލަނޑު ޖަހައިފަ އެވެ. ޤައުމީ ޓީމާއެކު އޭނާ ވަނީ 2018 ވަނަ އަހަރު ރަޝިޔާގައި ކުރިއަށް ދިޔަ ފީފާ ވޯލްޑް ކަޕްގެ ފައިނަލްގައި ކުޅެފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓީސީ އަށް ތާރީހު ބަދަލުކޮށްލަން ރަނގަޅު ފުރުސަތެއް!

ޓީސީ އަށް ތާރީހު ބަދަލުކޮށްލަން ރަނގަޅު ފުރުސަތެއް!

27 ފެބުރުއަރީ 2017
ކާނަލްގެ ބަދަލުގައި ވީއޭއެމްގެ އެކްސްކޯ އަށް އައްލަ!

ކާނަލްގެ ބަދަލުގައި ވީއޭއެމްގެ އެކްސްކޯ އަށް އައްލަ!

21 ފެބުރުއަރީ 2017
ވިކްޓްރީގެ ޓާގެޓަކީ ތައްޓަކާއެކު ލީގަށް ކޮލިފައިވުން: ޝާޒް

ވިކްޓްރީގެ ޓާގެޓަކީ ތައްޓަކާއެކު ލީގަށް ކޮލިފައިވުން: ޝާޒް

11 ފެބުރުއަރީ 2017
ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

04 ފެބުރުއަރީ 2017
 ޗެލްސީ ދޫކޮށްލުމަށްފަހު އިވަނޮވިކް ޒެނިތަށް ބަދަލުވެއްޖެ

ޗެލްސީ ދޫކޮށްލުމަށްފަހު އިވަނޮވިކް ޒެނިތަށް ބަދަލުވެއްޖެ

01 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

23 އެޕްރީލު
ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން
20251 އަހަރު ކުރިން
ރާއްޖެ

ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
20242 އަހަރު ކުރިން
ދުނިޔެ

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"
20224 އަހަރު ކުރިން
ރާއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
20197 އަހަރު ކުރިން
ރިޕޯޓު

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
20188 އަހަރު ކުރިން
ރިޕޯޓު

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު