Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ފަލަސްތީނު އިސްރާޢީލް ހަނގުރާމަ

"ފަލަސްޠީނުގެ މިނިވަން ދަޢުލަތަށް އިޒްރޭލުން އިންކާރު ކުރުން: ހަރުކަށި ފިކުރަށް ދެވޭ ހިތްވަރެއް"

އިޒްރޭލު-ފަލަސްޠީނު މައްސަލައަށް އޮތް ދާއިމީ ޙައްލަކީ ވަކިވެފަ އޮތް މިނިވަން 2 ދަޢުލަތް އުފެދިގެން ދިއުން ކަމަށް އެންޓޯނިއޯ ގުޓެރޭޒް ވަނީ ވިދާޅުވެފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 27 ޖެނުއަރީ 2024 | ހޮނިހިރު 06:31
މި ދަނޑިވަޅަކީ ފަލަސްޠީނުގެ ޣައްޒާ ކޮންޓްރޯލް ކުރާ ޙަމާސް ޖަމާޢަތް ނެތި ކޮށްލަން ކަމަށް ބުނެ ނިރުބަވެރި އިޒްރޭލުން ޣައްޒާގައި ވަރުގަދަ ޤަތުލުޢާންމެއް ހިންގަމުން ދާ ދަނޑިވަޅެއް

މި ދަނޑިވަޅަކީ ފަލަސްޠީނުގެ ޣައްޒާ ކޮންޓްރޯލް ކުރާ ޙަމާސް ޖަމާޢަތް ނެތި ކޮށްލަން ކަމަށް ބުނެ ނިރުބަވެރި އިޒްރޭލުން ޣައްޒާގައި ވަރުގަދަ ޤަތުލުޢާންމެއް ހިންގަމުން ދާ ދަނޑިވަޅެއް

އެތައް އަހަރަކަށް ދިގުލައި ގޮސްފައި އޮތް 'އިޒްރޭލު-ފަލަސްޠީނު މައްސަލަ' އަށް، ވަކިވެފައި ވާ މިނިވަން 2 ދަޢުލަތުގެ ގޮތުގައި އިޒްރޭލާއި ފަލަސްޠީނު އުފެދިގެން ދިއުން، ޙައްލެއްގެ ގޮތުގައި ޤަބޫލު ކުރަން އިޒްރޭލުން ދެކޮޅު ހެދުމަކީ "ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް، އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވިދާޅުވީ ޖެނުއަރީ 23 ވަނަ ދުވަހުއެވެ.

ވަކިވެފައި ވާ މިނިވަން 2 ދަޢުލަތުގެ ގޮތުގައި އިޒްރޭލާއި ފަލަސްޠީނު އުފެދިގެން ދިއުމަކީ ޙައްލު ކަމުގައި ޤަބޫލު ކުރަން އިޒްރޭލުން އިންކާރު ކުރުމަކީ، ދުނިޔޭގެ އެކި ހިސާބުތަކަށް ފެތުރިފައި ވާ "ހަރުކަށި ފިކުރުގެ" މީހުންނަށް ބާރާއި ހިތްވަރު ދެނިވި ކަމެއް ކަމަށްވެސް ގުޓެރޭޒް ވަނީ ސިފަ ކުރައްވާފައެވެ.

އދގެ ސަލާމަތީ މަޖިލީހުގައި، މެދުއިރުމަތީގެ މަސްރަހާ ބެހޭ ގޮތުން ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި ގުޓެރޭޒް ވަނީ، ފަލަސްޠީނުގެ ބިންތަކަށް އިޒްރޭލުން ވެރިވެގަނެ، އިސްތިޢުމާރު ކުރަމުން ދާ ދިއުން ނިމުމަކަށް އަންނަން ޖެހޭ ކަމަށްވެސް ވިދާޅުވެފައެވެ.

ދެ ފަރާތުންވެސް އެއްބަސްވާ ސަރަޙައްދީ އިމުގެ ތެރޭގައި ދެ ބައި މީހުން ސުލްޙަވެރި ކަމާއެކު، ވަކިވެފައި އޮތް މިނިވަން 2 ދަޢުލަތުގެ ގޮތުގައި ކުރިއަށް ދިއުމުގެ ތަޞައްވުރަކީ 15 މެންބަރުންގެ މައްޗަށް އެކުލެވޭ ސަލާމަތީ މަޖިލީހުން މީގެ އެތައް އަހަރެއް ކުރިން ބަލައިގަނެފައި އޮތް ތަޞައްވުރެކެވެ. ހުޅަނގު އައްސޭރިއާއި، އިރުމަތީ ޤުދުސް ހިމެނޭހެން ދަޢުލަތް އުފެއްދުމަސް ފަލަސްޠީނުން ބޭނުންވާއިރު، އެ ސަރަޙައްދުތަކަކީ 1967 ވަނަ އަހަރުގެ ހަނގުރާމާގައި އިޒްރޭލުން ފޭރިގަތް ބިންތަކެވެ.

މި ދަނޑިވަޅަކީ ފަލަސްޠީނުގެ ޣައްޒާ ކޮންޓްރޯލް ކުރާ ޙަމާސް ޖަމާޢަތް ނެތި ކޮށްލަން ކަމަށް ބުނެ ނިރުބަވެރި އިޒްރޭލުން ޣައްޒާގައި ވަރުގަދަ ޤަތުލުޢާންމެއް ހިންގަމުން ދާ ދަނޑިވަޅެކެވެ. ޤަތުލުޢާންމުގެ ވޭންވަރު އިތުރަށް ގަދަ ކުރަން އިޒްރޭލުން ހިފާފައި އޮތް އިރު، އިޒްރޭލުގެ ޔަހޫދީ ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ ވަނީ، ޢުރުދުން ކޯރުގެ ހުޅަނގަށް އޮތް ހުރިހާ ބިމެއްގައި އިޒްރޭލުގެ ކޮންޓްރޯލް ވަރުގަދަ ކުރަން ޖެހޭ ކަމަށް ބުނެފައެވެ. އެ ބުނި ހިސާބުގައި ފަލަސްޠީނުގެ އިހުތިޞާސް އޮވެއެވެ. އެކަމަށް ގޮންޖަހަމުން ނަތަންޔާހޫ ވަނީ، އެއީ އިސްތިޤުލާލީ އުސޫލުތަކާ ފުށު އަރާ ކަމަކަށް ވީ ނަމަވެސް، ކުރެވޭނީ ކޮން ކަމެއް ހެއްޔޭ ބުނެ، ފުރައްސާރަ ކޮށްފައެވެ.

ފަލަސްޠީނުގެ ބިންތަކަށް ހުރިހާ ގޮތަކުން އަތްގަދަ ކުރަމުންދާ ޔަހޫދީންނާ ދެކޮޅަށް ޙަމާސް ޖަމާޢަތުން އޮކްޓޯބަރ 7، 2023 ވަނަ ދުވަހު ދިން ޙަމަލާގެ ރައްދުގައި ކަމަށް ބުނެ، އިޒްރޭލުން ޣައްޒާގައި ހިންގަން ފެށި ޤަތުލުޢާންމުގައި ދުނިޔެ ދޫކުރި ފަލަސްޠީނު މީހުންގެ ޢަދަދު 25000 އަށް ވުރެ މައްޗަށް އަރައެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނެވެ.

ފަލަސްތީނުގެ ފޮރިން މިނިސްޓަރު، ރިޔާޟް އަލްމާލީކީ، އދގެ ސަލާމަތީ މަޖިލީހުގައި ދެއްވި ތަޤުރީރުގައި ނަތަންޔާހޫގެ ވާހަކަ ވަކިން ފާހަގަ ކުރެއްވިއެވެ. ނަތަންޔާހޫ މަސައްކަތް ކުރަމުން ދަނީ ހަމަ އެންމެ ޢަމާޒަކާ ދިމާއަށް ކަމަށާ، އެއީ އިޒްރޭލުގެ ޣައިރު ޤާނޫނީ އިސްތިޢުމާރީ އަޅުވެތިކަމުގައި ބެދިފައި ވާ ފަލަސްޠީނުގެ އެތައް މިލިއަން ރައްޔިތުންނަކަށް އޮތް ދިރި ހުރުމުގެ ޙައްޤާއި، ހުރިހާ އެންމެންގެ ސަލާމަތާއި ސުލްޙަ ނުރައްކަލަށް ހުށަހަޅައިގެން ކަމުގައި ވީ ނަމަވެސް، ސިޔާސީ މައިދާނުގައި ނަތަންޔާހޫއަށް ދެމި ހުރެވޭނެ ގޮތް ހެދުމުގެ ޢަމާޒު ކަމަށް މާލިކީ ވަނީ ވިދާޅުވެފައެވެ.

މާލިކީ ވަނީ، މިއީ އދގެ މެންބަރެއްގެ ގޮތުގައި ފަލަސްޠީނުގެ ދަޢުލަތް ބަލައިގަންނަންވީ ވަގުތު ކަމަށް ވިދާޅުވެފައެވެ. އެފަދަ ނިންމުމެއް ނިންމެން އޮންނަނީ ސަލާމަތީ މަޖިލީހުން، 193 މެންބަރުން ހިމެނޭ އދގެ ޢާންމު މަޖިލީހަށް ލަފައެއް ދީގެން ކަމަށް ވާ އިރު، ބައިނަލްއަޤުވާމީ މައިދާނުގައި އެންމެ ފާޅުގައި އިޒްރޭލަށް އެއްބާރުލުން ދެމުންދާ އެމެރިކާއަކީ 15 މެންބަރުންގެ ސަލާމަތީ މަޖިލީހުގައި ވީޓޯ ބާރު އޮންނަ 5 ޤައުމުގެ ތެރޭގައި ހިމެނޭ ޤައުމެއް ކަން ހަނދާން ނައްތާލެވޭކަށް ނެތެވެ.

ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގައި، އިޒްރޭލުން އދއަށް ކަނޑައަޅާފައި ހުންނަ މަންދޫބު ގިލާޑް އަރޑަންވެސް ވަނީ ވާހަކަދައްކާފައެވެ. އޮކްޓޯބަރ 7 ވަނަ ދުވަހުގެ ޙަމަލާގެ ޒިންމާ އުފުލަން ޖެހޭ ފަރާތްތައް ޙަމާސް އިން ޙަވާލުކޮށް، ރަޙީނު ކުރި ހުރިހާ އެންމެން ދޫކޮށްލައިފި ކަމުގައި ވާނަމަ، ވަގުތުން ވަގުތަށް "ހަނގުރާމަ ހުއްޓާލާނެ" ކަމަށް އިޒްރޭލުގެ މަންދޫބުގެ ތަގުރީރުގައި ވަނީ ބުނެފައެވެ. އަދި ޣައްޒާގެ ކޮންޓްރޯލް، ޙަމާސްގެ އަތް ދަށުގައި އޮވެގެން ނުވާނެ ކަމަށްވެސް އޭނާ ވަނީ ޑިމާންޑް ކޮށްފައެވެ.

ސީދާ ފަލަސްޠީނަށް ބަހުގެ ޙަމަލާތަކެއް ދިނުމަށް ވުރެ ބޮޑަށް، އިޒްރޭލުގެ މަންދޫބުގެ ފާޑުކިއުންތައް ޢަމާޒު ކުރަމުން ގެންދިޔައީ، އެ މަޖިލީހަށް ހާޒިރުވެވަޑައިގެން އިންނެވި އީރާނުގެ ފޮރިން މިނިސްޓަރު ޙުސައިން ޢާމިރު-އަބްދުއްލާހިއާން ފާޑުކިޔަނިވި މޭރުމަކުންނެވެ.

އެމެރިކާއާއި އެމެރިކާގެ އެކުވެރި ޤައުމުތަކުން ޓެރަރިސްޓް ޖަމާޢަތްތަކުގެ ގޮތުގައި ޓެގު އަޅުވާފައި ވާ ޣައްޒާގެ ޙަމާސް، ލުބްނާންގެ ހިޒްބުއްލާ އަދި ޔަމަނުގެ ޙޫޘީންނަށް އެއްބާރުލުން ދޭ ޤައުމަކީ އީރާން ކަމަށް އެމެރިކާއިން ތަކުރާރުކޮށް ތުހުމަތު ކުރެއެވެ. އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ޤަތުލުޢާންމާ ގުޅިގެން އިޒްރޭލާ ދެކޮޅަށް ފާޅުގައި އެންމެ ފުރަތަމަ ތެދުވި ޤައުމުތަކުގެ ތެރޭގައިވެސް އީރާނާއި ލުބްނާން ހިމެނެއެވެ. އީރާނާ ގުޅުން އޮންނަ ކަމަށް ތުހުމަތު ކުރެވޭ ގުރޫޕުތަކުން، ޢިރާޤާއި ސޫރިޔާގައި ހުރި އެމެރިކާގެ ޢަމާޒުތަކަށް ޙަމަލާ ދެމުން ދާ ކަމުގެ ޚަބަރުތައް ފެންމަތި ވެފައި ވާ އިރު، ޙޫޘީ ހަނގުރާމަވެރިން ދަނީ ރެޑް ސީ ސަރަޙައްދުން މުދާ ބަރުކޮށްގެން ދަތުރުކުރާ ބޯޓުފަހަރުގެ ތެރެއިން އެމެރިކާއާއި އިޒްރޭލާ ގުޅުން އޮތް ބޯޓުފަހަރަށްވެސް ޙަމަލާތައް ދެމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިވަންދުވަސް: ހިޔާލުފާޅުކުރުން ބިރުވެރިކަމެއްގެ ތެރޭގައި!

މިނިވަންދުވަސް: ހިޔާލުފާޅުކުރުން ބިރުވެރިކަމެއްގެ ތެރޭގައި!

26 ޖުލައި 2017
ސިޔާސީ މިނިވަންކަމެއް ނެތް ދިވެހިރާއްޖެ

ސިޔާސީ މިނިވަންކަމެއް ނެތް ދިވެހިރާއްޖެ

26 ޖުލައި 2017
މިނިވަންދުވަސް: ނުފޫޒުތައް ނައްތާލައި އިންސާފުގެ ދަރުބާރު މިނިވަންކުރަން ޖެހިފަ!

މިނިވަންދުވަސް: ނުފޫޒުތައް ނައްތާލައި އިންސާފުގެ ދަރުބާރު މިނިވަންކުރަން ޖެހިފަ!

26 ޖުލައި 2017
އިބްރާހީމް ނާސިރު – މިނިވަންކަމުގެ ބަތަލު، ރާއްޖޭގެ ޒަމާނީ ތަރައްގީގެ މޭސްތިރި

އިބްރާހީމް ނާސިރު – މިނިވަންކަމުގެ ބަތަލު، ރާއްޖޭގެ ޒަމާނީ ތަރައްގީގެ މޭސްތިރި

26 ޖުލައި 2017
އިގްތިސޯދީ މިނިވަންކަން ގެއްލިގެން ދިއުމުގެ ބިރު!

އިގްތިސޯދީ މިނިވަންކަން ގެއްލިގެން ދިއުމުގެ ބިރު!

25 ޖުލައި 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު