Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ސިޔާސީ މިނިވަންކަމެއް ނެތް ދިވެހިރާއްޖެ

ކޯލިޝަންގެ ބައިވެރިންގެ އިސްލީޑަރުން ޖަލުގެ ތޭރިތަކުގެ ފަހަތުގައި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 26 ޖުލައި 2017 | ބުދަ 08:54
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެމަޖިލީހުން ގަދަކަމުން ބޭރުކޮށްފައި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެމަޖިލީހުން ގަދަކަމުން ބޭރުކޮށްފައި

ބުނެވޭ ގޮތުން ދިވެހިރާއްޖޭގައި ހިނގަނީ ދިމުޤްރާތީ ވެރިކަމެކެވެ. ނުވަތަ މިތަނުގައި މިއޮތީ ޑިމޮކްރަސީއެކެވެ. ލިޔެވިފައިވާ ޤާނޫނު އަސާސީއެއްގެ ދަށުން ބާރުތައް ބެހި އެއްބާރު އަނެއް ބާރަށް ފާރަވެރިވާ ނިޒާމެއްގެ ތެރެއިންނެވެ. އެކަމަކު ރާއްޖޭގެ 52 ވަނަ މިނިވަން ދުވަހަށް އުދަވެގެން އައިއިރު އުފެދޭ ސުވާލަކީ އެކަން ހިނގަނީ އެހެންތޯ ކުރެވޭ ސުވާލެވެ. ކަންވަމުންދާ ގޮތާއި ރާއްޖޭގެ ހާލަތު މިއަދު މިއޮތް ގޮތުން އެކަން ހިނގަނީ އެހެން ޤަބޫލުކުރެވޭނެ، ފައިހިނގޭ ފުރައިން ފެށިގެން އެކަކުވެސް ނެތެވެ. ސަބަބުތައް ބައިވަރެވެ. ފެންނަ މަންޒަރުތައް ގިނައެވެ. ކަންވަމުން ދަނީ ސިއްރެއް ނެތި ފާޅުގައެވެ.

ޑިމޮކްރަސީއެއްގެ އެންމެ މުހިއްމު އެއް ބަހާއަކީ ސިޔާސީ މިނިވަންކަމެވެ. އިދިކޮޅު ހަރާކަތްތައްވެސް ހިންގޭނޭ ޖާގަ އޮތުމެވެ. ޤާނޫނީ އިމުގެ ތެރެއިން ކަނޑައެޅިފައިވާ ހުދޫދުގެ ތެރެއިންނެވެ. ރައްޔިތުންނަށްޓަކައި ބޮޑެތި ވައުދުތަކެއް ވެގެން އުފައްދާ މެނިފެސްޓޯއެއްގެ ދަށުން ވެރިކަމަށް އަންނަ ސަރުކާރަކުން ކަން ކުރަނީ އެގޮތައްތޯ ބެލުމަށެވެ. ސަރުކާރު ފާލުން ނެއްޓިއަ ނުދީ ހަމަމަގުގައި ބޭއްވުމަށެވެ. ރައްޔިތުންގެ ޙަޢްޤުތައް އެރައްޔިތުންނަށް ފޯރުކޮށްދޭތޯ ބަލައި ޒިންމާދާރު ކުރުވުމަށެވެ.

މިނިވަންކަމެއް ލިބުނުތާ 52 އަހަރު ފުރުނުއިރު ޤައުމުން ފެންނަނީ ތަފާތު މަންޒަރެކެވެ. ތިންބާރު އެއޮތީ އެކެއްގެ އަތްމަތީގައެވެ. ވެރިކަން ކުރުމަށް އުފެދިގެން އައި ބޮޑު ކޯލިޝަން ރޫޅި އެކޯލިޝަންގެ ގިނަ ސިޔާސީ ވެރިން އެތިއްބެވީ ދިގު މުއްދަތުގެ ޖަލު ހުކުމުގައި ޖަލުގެ ތޭރިތަކުގެ ފަހަތުގައެވެ. ބާކީ ތިބި ވެރިން އެވަނީ އެގޮޅިތަކަށް ދިއުމުގެ ތުންފަތް މަތީގައެވެ. ކޯލިޝަންއަކުން އުފެއްދި ސަރުކާރުގެ ސައްޙަކަން އެވަނީ ކެނޑިފައެވެ. މިކަންކަމާ އެއްޗެއް ބުނުމަށް ނުވަތަ ސަރުކާރު ޒިންމާދާރު ކުރުވުމަށް އޮތް ރައްޔިތުންގެ މަޖިލިސް އެވަނީ ސަރުކާރުގެ ބާރާއެކު ބޮޑު ތަޅު އަޅުވައި ހިސޯރުކޮށްފައެވެ. މަޖިލީހަށް ރައްޔިތުންގެ ފަރާތުން ހޮވި މަންދޫބުންގެ ބާރު އެވަނީ ކަނޑުވާލާފައެވެ. ސަރުކާރަށް އައުމަށް ފަހު އެހެން ޕާޓީތަކުގެ މެންބަރުންކޮޅަށް އެހެދިގޮތެއް ހަދައިގެން ގެންގޮސް ހޯދި ސުޕަރ މެޖޯރިޓީގެ ބޭނުން ކޮށްގެން ޤާނޫން އަސާސީއާ ޤާނޫން ތަކަށް ގެނައި ބަދަލުތަކުން ރައްޔިތަކަށް ހުރިހާ ބާރުތަކެއް އެވަނީ ރައީސް މީހާގެ މުށު ތެރެއަށް ލާފައެވެ.

އެސުޕަރ މެޖޯރިޓީއާއެކު ޖުޑިޝަރީ އަނބުރާލައިފިއެވެ. ހުކުމްތައް އިއްތިފާގު ވަނީ ސަރުކާރު ބޭނުން ގޮތަށެވެ. އަމުރު ލިބެނީ ސަރުކާރުން ހިތުހުރި ކަމެކެވެ. ކޯޓުތަކުގެ ބަޔާންތައްވެސް އިދިކޮޅު ސިޔާސީ ހަރަކާތާ ދެކޮޅަށެވެ. ސަރުކާރާ އިދިކީލި ނިންމުމެއް ނިންމާ ކޮންމެ ފަނޑިޔާރަކުވެސް މަސައްކަތެއް ނެތި ފެންނަނީ އެހެލާތަނެވެ. އެކަންކަމާ ބަހެއް ބުނެ އިހުތިޖާޖެއް ކުރުމުގެ ޖާގައެއް ނެތެވެ. އެއްވެ އުޅެން ޖެހެނީ ސަރުކާރުން ބުނިއްޔާ ބުނިތާކަށް ބުނި ވަގުތެއްގައެވެ. ޚިޔާލު ފާޅުކުރަން ޖެހެނީ ސަރުކާރުން ކަނޑައަޅާ މިނކަށެވެ. ސިޔާސީ ހަރަކަތެއްގެ އެންމެ ވަރުގަދަ އެއްބަޔަކީ ޚިޔާލު ފާޅުކުރުމާއި އިހުތިޖާޖް ކުރުން ކަމަށްވާއިރު އެމިނިވަންކަން އެވަނީ ނިގުޅައިގަނެވިފައެވެ.ސިޔާސީ ހަރަކާތެއް ހިންގުމުގެ ޖާގައެއް ނެތެވެ. އިދިކޮޅު ޕާޓީތަކުގެ ލީޑަރުން ޖަލުގެ ކުޑަގޮޅީގައެވެ. ދެންތިބި މީހުން އެހުރަގެއަށް ގެންދިއުމަށްޓަކއި މަޅިތައް ޖަހާ އެމަޅިތަކުން ނުރެކެވޭނެ ހާލަތައް ގެންގޮސްފައެވެ.

މިކަންތައްތަކުގެ ވާހަކަ ދެން ދައްކާންތިބި ބަޔަކީ ނޫސްވެރިންނެވެ. މީޑިއާއެވެ. އެވެރިން އެވަނީ މަރުގެ ތުންފަތް މަތީގައެވެ. ސަރުކާރު ނުރުހޭ ބަހެއް ބުނެފިނަމަ ނުވަތަ ސަރުކާރުގެ ވަތުބަތާނައިން ތަންކޮޅެއް ހިއްލާލިއަސް ގުނާލަން ޖެހެނީ ލައްކައިންނެވެ. ސަރުކާރުގެ ހަޑިފޮރުވާ ސަރުކާރުގެ ޕްރޮޕެގެންޑާ މެޝިނެއްގެ ގޮތުގައި ރައްޔިތުންގެ ފައިސާއިން ހިންގާ ޕަބްލިކް މީޑިޔާއިން ހިތުހުރި އެއްޗެއް ކިޔާއިރު މިނިވަން މީޑިއާތަކަށް އަތްނަގައިގެން ތިބުން ނޫން ގޮތެއް ނެތެވެ. ހަށިފޮޅާލާފައި މިނިވަންކަމާއެކު ބަހެއް ބުނާ ކޮންމެ ޗެނަލެއް އެވަނީ ބަންދުކުރުމުގެ އިންޒާރު މަތީގައެވެ. ފަސްޓް ލޭޑީ ގާތު ގެންގުޅުނު ކުޑަކުޑަކުދިންކޮޅެއް ލައިގެން ހަދާފައިވާ ބްރޯޑްކާސްޓިންގ ކޮމިޝަން އެއޮތީ އެކަމަށް ތައްޔާރުގައެވެ. އެއްފަރާތައް ކަޅި ހިންގާލަ ހިންގާލައެވެ. ސަރުކާރުގެ ފަތިފުށެއް ހަމަ ހާމަކުރާއިރަށް އަބުރަށް އެރިކަމުގެ ލަޤަބް ލިބި އެތަނަކާމެދު ފިޔަވަޅެއް އަޅާނެ ނޯޓިސް ލިޔެގެންނެވެ.

ކޮންމެއަކަސް ރާއްޖޭގައި ސިޔާސީ މިނިވަންކަމެއް އޮތޭ ބުނެވޭނެ އެއްވެސް ކަމެއް ފެންނާކަށް ނެތެވެ. އެކަމަށް ހުޅުވިފައިހުރި ދޮރުތައް އެވަނީ ބަންދުކޮށްފައެވެ. ޤާނޫން އަސާސީން ލިބިދޭ އެމިނިވަންކަން ބޭނުން ނުކުރެވޭވަރަށް ސިފައިނާއި ފުލުހުން ލައްވާ އެވަނީ ހިސޯރުކޮށްފައެވެ. ކުރުކޮށް ފޮނިކޮށް ބުނަންޏާ ޤާނޫނޫން އަސާސީއެއްގައި ލިޔެފައި އޮތަސް ސިޔާސީ މިނިވަންކަން ބީވެއްޖެއެވެ. އެމިނިވަންކަން ހޯދުމަށް އެންމެން ނުކުންނާން ވެއްޖެއެވެ. ޤާނޫނީ ތަރަހައިގެ ތެރެއިން ނުކުމެ އެކަން ކުރާން ޖެހިއްޖެއެވެ. އުއްމީދަކީ ރައްޔިތުންގެ ތާއީދު އޮތްކަމެވެ. އެމިނިވަންކަން ނަގާލި މީހުންނަށް ރައްޔިތުން ނުރުހޭކަމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

12 މާރިޗު 2017
ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް

ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް

07 މާރިޗު 2017
މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

02 މާރިޗު 2017
ސިޔާސަތެއް ނެތް ވެރިކަން!

ސިޔާސަތެއް ނެތް ވެރިކަން!

18 ފެބުރުއަރީ 2017
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަޒީފާ ދިނުން ސިޔާސީ ގޭމަކަށް!

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަޒީފާ ދިނުން ސިޔާސީ ގޭމަކަށް!

13 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު