Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޑރ. މުއިއްޒުގެ ފުރަތަމަ ދަތުރުފުޅު

"ރައީސް ޑރ. މުއިއްޒުގެ ފުރަތަމަ ދަތުރުފުޅުން، ރައީސް ޞާލިހުގެ ފުރަތަމަ ދަތުރުފުޅުގައި ހޯދި ފައިސާގެ 10 އިންސައްތަވެސް ނުލިބޭ"

26 ޖެނުއަރީ 2024 | ހުކުރު 06:58

ރައީސް ސާލިހު ކުރެއްވި ދަތުރުފުޅުގެ 10 އިންސައްތަ ވެސް ރައީސް މުއިއްޒުއަށް ލިބިވަޑައިނުގަންނަވާކަމަށް އިބްރާހީމް ވަހީދު ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 26 ޖެނުއަރީ 2024 | ހުކުރު 06:58
އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕަރސަން އިބްރާހީމް ވަހީދު (އިބުރޭ)

އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕަރސަން އިބްރާހީމް ވަހީދު (އިބުރޭ)

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ފުރަތަމަ ދަތުރުފުޅުން، ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ފުރަތަމަ ދަތުރުފުޅުގައި ހޯދި ފައިސާގެ 10 އިންސައްތަ ވެސް ލިބިވަޑައިގެންފައިނުވާ ކަމަށް އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕަރސަން އިބްރާހީމް ވަހީދު (އިބުރޭ) ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ރޭ އެމްޑީޕީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން އިބްރާހީމް ވަހީދު ވަނީ ޗައިނާ އަށް ރައީސް ޑރ. މުއިއްޒު ކުރެއްވި ދަތުރުފުޅަކީ ކާމިޔާބު ދަތުރުފުޅެއްކަމަށް ބުނަމުންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިޙުގެ ވެރިކަމުގައި އެމަނިކުފާނުގެ ފުރަތަމަ ދަތުރުފުޅުގައި އިންޑިއާއަށް ވަޑައިގަންނަވާ ރާއްޖެއަށް ބޮޑެތި މަންފާތަކެއް ހޯއްދަވާ ދެއްވި ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ޤައުމުގެ ރައީސުން އެހެން ޤައުމުތަކަށް ކުރައްވާ ދަތުރުފުޅުތަކުގެ ކާމިޔާބީގެ މިންވަރު ބަލާނީ އެ ދަތުރަކުން ގައުމަށް ލިބުނު ތަކެއްޗަށް ނުވަތަ ކުރެވުނު ކަންކަމަށް ބެލުމަށް ފަހުގައި ކަމަށް އިބްރާހީމް ވަހީދު ވިދާޅުވިއެވެ. އެގޮތުން ބަލާއިރު ރައީސް ޑރ.މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ދަތުރުފުޅުގައި ޗައިނާ އިން ލިބުނީ 130 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓުކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ފައިސާ ލިބިފައިނުވާކަމަށް އިބްރާހީމް ވަހީދު ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް ރައީސް ސާލިހު އެންމެ ފުރަތަމަ ކުރެއްވި ދަތުރުފުޅުން އިންޑިއާއިން 1.4 ބިލިއަން ޑޮޮލަރު ހޯއްދެވިކަމަށް އިބްރާހީމް ވަހީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ އަދަދުގެ ތެރެއިން 1.2 ބިލިއަން ޑޮލަރަކީ ޕްރޮޖެކްޓުތައް ކަމަށާއި އަދި އޭގެ ތެރެއިން 200 މިލިއަން ޑޮލަރަކީ ފައިސާގެ ގޮތުގައި ލިބުނު އެހީކަން އިބްރާހީމް ވަހީދު ފާހަގަކުރެއްވިއެވެ.

އެހެންކަމުން ރައީސް ސާލިހު ކުރެއްވި ފުރަތަމަ ދަތުރުފުޅުގެ ދިހަ އިންސައްތަ ވެސް ރައީސް ޑރ. މުއިއްޒަށް ލިބިވަޑައިގެންފައިނުވާ ކަމަށާއި ދެ ރައީސުންގެ ފުރަތަމަ ދަތުރުފުޅު އަޅާކިޔާނަމަ، ރައީސް ޑރ. މުއިއްޒުގެ ދަތުރުފުޅަކީ ކާމިޔާބު ދަތުރެއްކަމަށް ބުނާ ސަަބަބާ މެދު އިބްރާހީމް ވަހީދު ވަނީ ސުވާލު އުފައްދަވާފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް