Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މާލެ ސަރަހައްދަށް ވެހިކަލް ރަޖިސްޓްރީކުރުން

"ޓްރާންސްޕޯޓް މިނިސްޓަރަށް ނޭނގި ދެއްކުނީ ރައީސް ޑރ.މުއިއްޒު ވަގަށް ގަރާޖުތަކެއް ރަޖިސްޓްރީކޮށްދެއްވި ވާހަކަ" - އިބުރޭ

މިނިސްޓަރު އަމީން ވިދާޅުވީ މިދިޔަ ފަސް އަހަރު މާލެ ސަރަހައްދަށް 69580 ވެހިކަލް ރަޖިސްޓްރީކޮށްފައިވާކަމަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 25 ޖެނުއަރީ 2024 | ބުރާސްފަތި 09:35
މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

މިދިޔަ ސަރުކާރުން ގޯސްކޮށް ކަންކަން ކުރިކަން ދައްކަވަން މަސައްކަތްކުރެއްވުމުގެ ތެރޭގައި، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ މިނިސްޓަރު މުހައްމަދު އަމީނަށް އޮޅިގެން ވިދާޅުވެވުނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގައި ވަގަށް ގަރާޖުތަކެއް ރެޖިސްޓްރީކޮށްދެއްވި ވާހަކަ ކަމުގައި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕަރސަން އިބްރާހީމް ވަހީދު (އިބުރޭ) ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ބުރާސްފަތި ދުވަހުގެރޭ އެމްޑީޕީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

3 ޖެނުއަރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ މިނިސްޓަރު މުހައްމަދު އަމީން ވަނީ މިދިޔަ ފަސް އަހަރު 69580 ވެހިކަލް ރެޖިސްޓްރީކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. އޭގެ ތެރެއިން 42000 ވެހިކަލް ރެޖިސްޓްރީކޮށްފައި ވަނީ މާލެ ސަރަހައްދަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މި ކަމަށް އިޝާރާތްކުރައްވާ އިބްރާހީމް ވަހީދު ވިދާޅުވީ މިނިސްޓަރު އަމީން އެ ވާހަކަތައް ދައްކަވާފައިވަނީ މިދިޔަ ސަރުކާރުގައި އުސޫލްތަކުން ބޭރުން ކަމެއް ކުރިކަމަށް ދައްކަވަން ކަމަށް ޤަބޫލުކުރައްވާ ކަމަށާއި، ނަމަވެސް މިނިސްޓަރު އަމީން އެ ވާހަކަތައް ދެއްކެވި އިރު މާލެ ސަރަހައްދަށް ގިނަ ވެހިކަލްތަކެއް ރެޖިސްޓްރީކޮށްފައި ހުރި ސަބަބަށް ބައްލަވާފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި ސިޓީ ކައުންސިލްގައި ރަޖިސްޓްރީކޮށްފައި އޮންނަ ގަރާޖެއްގެ ލިޔުމެއް ނެތި، ހަތަރުފުރޮޅުލީ އުޅަނދެއް ރަޖިސްޓްރީ ނުކުރެވޭކަން އިބްރާހީމް ވަހީދު ފާހަގަކުރެއްވިއެވެ. އަދި އެމްޑީޕީގެ މެޖޯރިޓީއޮތް މާލެސިޓީ ކައުންސިލްގައި ވޭތުވެދިޔަ 3 ދައުރުގައި އެކަން އޮތީ ކޮންމެ ވެސް ވަރަކަށް ކޮންޓްރޯލްކުރެވިފައި ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް 2021 ވަނަ އަހަރު އޭރުގެ އިދިކޮޅު ޕީޕީއެމްގެ މެޖޯރިޓީއާއެކު ޑރ. މުުއިއްޒުގެ މޭޔަރުކަމުގައި މާލޭގެ ވެހިކަލްތައް ރެޖިސްޓްރީކުރަން 1800 އަށް ވުރެ ގިނަ ގަރާޖު ރެޖިސްޓްރީކޮށްދީފައިވާ ކަމަށް އިބްރާހީމް ވަހީދު ވިދާޅުވިއެވެ. އަދި އެ 1800 ގަރާޖުގައި 4800 ވެހިކަލް ރެޖިސްޓްރީކޮށްފައި އެބަ ހުރި ކަަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން އެއީ އަލަށް ހެދި ގަރާޖެއް ނަމަ، އެ ގަރާޖުތައް ފެންނާނެކަން ވެސް އިބްރާހީމް ވަހީދު ފާހަގަކުރެއްވިއެވެ. އެހެންކަމުން އެ އަދަދަށް މާލޭގައި އަލަށް ގަރާޖުތަކެއް ހެދިފައިނުވާ ކަމަށާއި އޭރު ގޭގައި ހުރި ގޯޅިގަނޑުތައް ވެސް ގަރާޖުގެ ގޮތުގައި ރަޖިސްޓްރީކޮށްދީފައިވާ ކަަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މިނިސްޓަރު އަމީނަށް އެނގިވަޑައިނުގެން ނަމަވެސް ވިދާޅުވެވިފައިވަނީ ރައީސް ޑރ. މުއިއްޒު މޭޔަރުކަމުގައި ހުންނަވައިގެން ވަގަށް ގަރާޖުތަކެއް ވިއްކަވާފައިވާކަން ކަމުގައި އިބްރާހީމް ވަހީދު ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 މެއި
ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި
20251 އަހަރު ކުރިން
ދުނިޔެ

ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ
20224 އަހަރު ކުރިން
ރިޕޯޓު

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް
20197 އަހަރު ކުރިން
ރާއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު