Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަތޮޅު ފިހާރަ

އަތޮޅު ފިހާރައިން ލިބޭ ފައިސާ ހަވާލުކުރަން ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވި ވާހަކަފުޅަށް އަމީރު: "އެ ފައިސާ މިދިޔަ ވެރިކަމުގައި ދޭން ފަށައިފިން"

25 ޖެނުއަރީ 2024 | ބުރާސްފަތި 08:08

2022 ވަނަ އަހަރުން ފެށިގެން ސަރުކާރުން އައީ އަތޮޅުފިހާރަތަކުގެ ޖުމްލަ އާމްދަނީ ކައުންސިލްތަކަށް ޖަމާކުރަމުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 25 ޖެނުއަރީ 2024 | ބުރާސްފަތި 08:08
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު

އަތޮޅު ފިހާރައިން ލިބޭ ފައިސާ އެ އަތޮޅަކާ ހަވާލުކުރަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވި ވާހަކަފުޅަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ރައްދުދެއްވައިފިއެވެ.

އަތޮޅު ފިހާރައިން ލިބޭ ފައިސާ އެ އަތޮޅަކާ ހަވާލުކުރަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ މޭޔަރު އަދި ކައުންސިލް މެންބަރުން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement - newsAdvertisement

އެކަމާ ގުޅޭގޮތުން އަމީރު ވިދާޅުވީ، 2022 ވަނައަހަރު ރައީސް ސާލިހު ނިންމެވީ ކުރިން %50 ދެމުން އައި އާމްދަނީގެ ބަދަލުގައި ލިބޭ އާމްދަނީ އެއްކޮށް ކައުންސިލްތަކާ ހަވާލުކުރުމަށް ކަމަށެވެ.

އެ ނިންމެވުމާއެކު 2022 ވަނަ އަހަރުން ފެށިގެން ސަރުކާރުން އައީ އަތޮޅު ފިހާރަތަކުގެ ޖުމްލަ އާމްދަނީ ކައުންސިލްތަކަށް ޖަމާކުރަމުންދާކަން ވެސް އަމީރު ފާހަގަ ކުރެއްވިއެވެ.

އަމީރު އިތުރަށް ވިދާޅުވީ، 2018 ވަނަ އަހަރު އެމްޑީޕީން ސަރުކާރާއި ހަވާލުވި އިރު، އަތޮޅު ފިހާރަތަކަށް 2014 ވަނަ އަހަރުގެ ފަހުން ލިބުނު އާމްދަނީ ކައުންސިލްތަކާ ހަވާލުކޮށްފައި ނުވާ ކަމަށެވެ.

އެހެންނަމަވެސް، 2019 އަހަރުން ފެށިގެން ސަރުކާރުން އައީ ކުރިން ނުދެވި ހުރި ކައުންސިލް އާމްދަނީ ވެސް، އަތޮޅު ކައުންސިލް މެދުވެރިކޮށް ދެމުންކަމަށް އަމީރު ވިދާޅުވިއެވެ.

އަތޮޅު ފިހާރަތަކުން ލިބޭ އާމްދަނީގެ އިތުރުން، މުޅިން އައު ވެހިކަލްތަކުން ލިބޭ ފީ، އެ ވެހިކަލް ދުއްވާ ރަށަކަށް ނުވަތަ ސިޓީއަކަށް ދޭން ފެށުނުކަން ވެސް އަމީރު ވަނީ ފާހަގަކުރައްވާފައެވެ.

މާލެ ނޯތު ހާބަރު ސަރަހައްދުގައި ހުންނަ އަތޮޅު ފިހާރަތަކުން ލިބޭ ކުލި އެއްކޮށް ކައުންސިލްތަކަށް ދޭން ކުރީ ސަރުކާރުން ނިންމީ 2022 ވަނަ އަހަރުއެވެ. އެއީ އުކުޅަހުގައި ކުރިއަށް ގެންދިޔަ "ވިއަވަތި ރާއްޖެ" ކޮންފަރެންސްގައި ކައުންސިލްތަކުން ހުށަހެޅި ކަންބޮޑުވުންތަކާ ގުޅިގެންނެވެ. އެގޮތުން ގިނަ ކައުންސިލްތަކުން ވަނީ އަތޮޅު ފިހާރަތަކުން ލިބޭ އާމްދަނީ ކައުންސިލްތަކަށް ނުލިބޭތީ އެ ކަންބޮޑުވުން އޭރު ފާޅުކޮށްފައެވެ.

އެކަމަށް ހައްލެއްގެ ގޮތުގައި އަތޮޅު ފިހާރަތަކުން ލިބޭ ކުލި އެއްކޮށް ކައުންސިލާ ހާވާލުކުރުމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސާލިޙު ވަނީ ނިންމަވައިފައެވެ. މި ނިންމެވުމާއެކު 2018 ވަނަ އަހަރު އަތޮޅު ފިހާރަތަކުން ލިބުނު 34 މިލިއަން ރުފިޔާ އެއްކޮށް ކައުންސިލްތަކަށް ޖަމާކޮށްދޭން ސަރުކާރުން އޭރު ނިންމައި އެ ފައިސާ ދިޔައީ ދޫކުރަމުންނެވެ.

އެންމެ ހިނގާ

1

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

2

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

3

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

4

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

5

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި
12 ޖެނުއަރީ 2017

ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި

12 ޖެނުއަރީ 2017
ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް