Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މެންޗެސްޓަރ ސިޓީ

ސިޓީގެ ފަރިތަކުރުންތަކުގައި ޤަވާއިދުން ހާާލަންޑް ބައިވެރިވޭ

ގާޑިއޯލާ ބުނީ، ކުރިން ވެސް އުންމީދު ކޮށްފައި އޮތް ގޮތަށް، މި މަހުގެ ފަހު ކޮޅު ހާލަންޑަށް ކުޅެވޭވަރު ވާނެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 23 ޖެނުއަރީ 2024 | އަންގާރަ 05:17
ސިޓީގެ ކޯޗު ގާޑިއޯލާ އަދި ހާލަންޑު

ސިޓީގެ ކޯޗު ގާޑިއޯލާ އަދި ހާލަންޑު

އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރުމަށްފަހު، ނޯވޭގެ ފޯވާޑް އާލިން ހާލަންޑް ޤަވާއިދުގެ މެންޗެސްޓަރ ސިޓީގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި އެވެ.

އެކަން ހާމަކޮށްފައި ވަނީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އެވެ. އެންމެ ފަހުން ހާލަންޑް ސިޓީގައި ކުޅުނީ އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާ އަތުން ބަލިވި މެޗުގަ އެވެ. އެ މެޗުގެ ފުރަތަމަ 11 ގައި ހިމެނިގެން، ފުރިހަމަ ވަގުތު ހަމަވަންދެން ހާލަންޑް ވަނީ ކުޅެފަ އެވެ. ނަމަވެސް، އޭގެ ފަހުން ސިޓީން ކުޅުނު އެއްވެސް މެޗެއްގައި އޭނާ ކުޅެފައެއް ނުވެ އެވެ. އެއީ އޭނާ އަށް ލިބުނު އަނިޔާ އިން މުޅިން އެއްކޮށް ރަނގަޅު ނުވާތީ އެވެ. ނަމަވެސް، އަނިޔާ އިން ރަނގަޅުވެ، ޑިސެމްބަރު މަހު އޭނާ ވަނީ ސިޓީގެ ފަރިތަކުރުންތަކަށް ނިކުންނަން ފަށައިފަ އެވެ. ގާޑިއޯލާ ބުނީ، ކުރިން ވެސް އުންމީދު ކޮށްފައި އޮތް ގޮތަށް، މި މަހުގެ ފަހު ކޮޅު ހާލަންޑަށް ކުޅެވޭވަރު ވާނެ ކަމަށެވެ.

އޭނާ ބުނީ، ސިޓީގެ ފަރިތަކުރުންތަކުގައި ޤަވާއިދުން މިހާރު ހާލަންޑް ބައިވެރިވަމުން އަންނަ ކަަމަށާއި، އަނިޔާ އަށް ފަހު ގިނަ ކުރިއެރުންތަކެއް ފެނިއްޖެ ކަމަށެވެ. އެގޮތުން، ހާލަންޑް ދެން ކުޅެން ނިކުންނައިރު، ކުރިން ހުރި ފޯމުގައި ކުޅެވޭނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް އޮތް ކަމުގައި ވެސް ގާޑިއޯލާ ބުންޏެވެ. ފަރިތަކުރުންތަކުގައި ވެސް ހާލަންޑް ވަރަށް ރަނގަޅަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ގާޑިއޯލާ ބުންޏެވެ.

ހާލަންޑަށް އަނިޔާވެ، ކުޅުމާ ދުރުގައި ހުންނަން ޖެހުމުން، ގާޑިއޯލާ ވަނީ މީގެ ކުރިން ވެސް އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ހާލަންޑް ނެތުމަކީ ސިޓީ އަށް ކުރިމަތިވާނެ ގޮން ޖެހުމެއް ކަމަށާއި، ނަމަވެސް، ހާލަންޑް ނެތި ވެސް ސިޓީން ކުރިއަށް ދާން މަސައްކަތް ކުރާނެ ކަމުގައި އޭނާ ބުންޏެވެ.

ސިޓީން މިހާރު ތައްޔާރުވަމުން އަންނަނީ އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުގައި ޓޮޓެންހަމާ ދެކޮޅަށް ކުޅޭ މެޗަށެވެ. އެ މެޗު އޮންނާނީ މި މަހުގެ 27 ވަނަ ދުވަހު އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަނިޔާއިން އަރައިގަނެ ނޫމާން އީގަލްސްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި

އަނިޔާއިން އަރައިގަނެ ނޫމާން އީގަލްސްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި

13 ޖުލައި 2017
ޗެލްސީގެ ފަރިތަކުރުންތަކުގައި ކޯސްޓާ ބައިވެރިއެއް ނުވި

ޗެލްސީގެ ފަރިތަކުރުންތަކުގައި ކޯސްޓާ ބައިވެރިއެއް ނުވި

11 ޖުލައި 2017
އައްޑޫ ސިޓީގެ 17 އަހަރުން ދަށުގެ ޗެމްޕިއަންކަން އައްޑޫ ހައި ސްކޫލުން ހޯދައިފި

އައްޑޫ ސިޓީގެ 17 އަހަރުން ދަށުގެ ޗެމްޕިއަންކަން އައްޑޫ ހައި ސްކޫލުން ހޯދައިފި

15 އެޕްރީލު 2017
ކުރިއަށް އޮތީ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗު، ފަރިތަކުރުންތަކުގައި ލެވަންޑޯވްސްކީ ބައިވެރި ނުވޭ!

ކުރިއަށް އޮތީ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗު، ފަރިތަކުރުންތަކުގައި ލެވަންޑޯވްސްކީ ބައިވެރި ނުވޭ!

11 އެޕްރީލު 2017
އާސެނަލް އާއި ސިޓީގެ މެޗް އެއްވަރުވެ އިތުރު ހުރަސްތަކެއް

އާސެނަލް އާއި ސިޓީގެ މެޗް އެއްވަރުވެ އިތުރު ހުރަސްތަކެއް

03 އެޕްރީލު 2017

އަހަރުތަކުން މިއަދު

24 އެޕްރީލު
ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
20242 އަހަރު ކުރިން
ރިޕޯޓު

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު
20233 އަހަރު ކުރިން
ރިޕޯޓު

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''
20215 އަހަރު ކުރިން
ރިޕޯޓު

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު