Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އަލް އިއްތިހާދު

ބެންޒެމާއާ ގުޅޭ އިތުރު މަޝްވަރާތަކެއް އަލް އިއްތިހާދުން ކުރިއަށް ގެންދަނީ

މީގެ އިތުރުން ސައުދީ ލީގުގެ ވެރިން ވެސް ބޭނުންވަނީ ބެންޒެމާ އެ ލީގުގައި ހުންނަން ކަމަށް ވަނީ ބުނެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 23 ޖެނުއަރީ 2024 | އަންގާރަ 01:32
މެޗުގައި ލަނޑު ޖެހުމަށް ފަހު ބެންޒެމާ އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ބެންޒެމާ އުފާ ފާޅު ކުރަނީ

ސައުދީ ޕްރޯ ލީގުގެ އަލް އިއްތިހާދަށް ކުޅެމުން އަންނަ ފްރާންސްގެ ކަރީމް ބެންޒެމާގެ މުސްތަޤުބަލާ ގުޅޭ ގޮތުން އިތުރު މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށް ގެންދަން އެ ކުލަބުން ނިންމައިފި އެވެ.

އުމުރުން 36 އަހަރުގެ ކުޅުންތެރިޔާ އަލް އިއްތިހާދަށް ބަދަލުވީ މިދިޔަ އަހަރު އެވެ. ސްޕެއިންގެ ރެއާލް މެޑްރިޑު ދޫކޮށް އޭނާ އަލް އިއްތިހާދަށް ބަދަލުވީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް، އަލް އިއްތިހާދުން މި ސީޒަންގައި ރަނގަޅު ނަތީޖާއެއް ނުނެރެވޭތީ، ބެންޒެމާ އެ ކުލަބު ދޫކޮށްލަން އުޅޭ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ. އެގޮތުން ބެންޒެމާ، އަލުން އެނބުރި ޔޫރަޕުގެ ފުޓުބޯޅަ އަށް ހިނގައިދާނެ ކަމަށް މީޑިއާ ތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

އަލް އިއްތިހާދުން އޮތީ ބެންޒެމާ އާއެކު އިތުރު މަޝްވަރާތައް ކުރިއަށް ގެންގޮސް، އޭނާގެ ކުރިމަގަށް އަލި ގޮތެއް ހޯދަން ބޭނުންވެފަ އެވެ. މީގެ އިތުރުން ސައުދީ ލީގުގެ ވެރިން ވެސް ބޭނުންވަނީ ބެންޒެމާ އެ ލީގުގައި ހުންނަން ކަމަށް ވަނީ ބުނެފަ އެވެ. އޭނާ އަލް އިއްތިހާދު ދޫކޮށްލަން ބޭނުންވި ނަމަވެސް، ސައުދީ ލީގުގެ އެހެން ކުލަބަކަށް ބަދަލުވާން ވެސް ސައުދީ ލީގުގެ ވެރިން ބޭނުންވާ ކަމަށް ވަނީ މީޑިއާ ތަކުން ރިޕޯޓުކޮށްފަ އެވެ. ސައުދީ ލީގު ދޫކޮށް، ބެންޒެމާ އަލުން ޔޫރަޕުގެ ފުޓުބޯޅަ އަށް އެނބުރި ދާނީ، ސައުދީގައި އޭނާގެ މުސާރަ ކުޑަކޮށްފި ނަމަ ކަމަށް މީޑިއާ ތަކުން ވަނީ ބުނެފަ އެވެ.

އަލް އިއްތިހާދަށް ބަދަލުވެ ބެންޒެމާ އަންނަނީ އެ ކުލަބުގައި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. ނަމަވެސް، ޓީމެއްގެ ގޮތުގައި އެންމެ އެކަށީގެންވާ ނަތީޖާއެއް ނުނެރެވޭތީ ބެންޒެމާ ހިތްހަމަ ނުޖެހޭ ކަމަށް ސައުދީގެ މީޑިއާ ތަކުން ވަނީ ބުނެފަ އެވެ. ބެންޒެމާ ވަނީ މިހާތަނަށް އަލް އިއްތިހާދަށް ކުޅުނު 24 މެޗުން 15 ލަނޑު ޖަހައިފަ އެވެ. އޭގެ ތެރެއިން ނުވަ ލަނޑަކީ ސައުދީ ލީގުގައި އޭނާ ޖަހާފައިވާ ލަނޑުތަކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް އިތުރު ހަ ރަށަކަށް ފުރުސަތު ދީފި

މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް އިތުރު ހަ ރަށަކަށް ފުރުސަތު ދީފި

06 ފެބުރުއަރީ 2017
ނިއުރޭޑިއަންޓަށް އިތުރު ބިދޭސީ ޑިފެންޑަރެއް ގެނެސްފި

ނިއުރޭޑިއަންޓަށް އިތުރު ބިދޭސީ ޑިފެންޑަރެއް ގެނެސްފި

03 ފެބުރުއަރީ 2017
އިތުރު 30 ވޮލީކޯޓް އަޅަންވަނީ ނިންމާފައި: އިރުތިޝާމް

އިތުރު 30 ވޮލީކޯޓް އަޅަންވަނީ ނިންމާފައި: އިރުތިޝާމް

28 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު