Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކްރިސްޓިއާނޯ ރޮނާލްޑޯ

ރޮނާލްޑޯގެ މޮޅުކުޅުމާއި އެކު އަލް ނަޞްރުން އަލް ހިލާލް ބަލިކޮށްފި

ސައުދީ ޕްރޯ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު މިވަގުތު އަލް ނަސްރު އޮތީ 54 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގަ، އަލް ނަސްރަށްވުރެ 3 ޕޮއިންޓް އިތުރަށް ހޯދައިގެން އަލް ހިލާލް ދެވަނައިގައި އޮތީ 57 ޕޮއިންޓް ހަމަކޮށްގެންނެވެ. 61 ޕޮއިންޓު ހޯދައިގެން ތާވަލުގެ އެއްވަނައިގައި އޮތީ އަލް އިއްތިހާދު

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 5 އެޕްރީލު 2025 | ހޮނިހިރު 13:30
އަލް ނަޞްރުން އަލް ހިލާލް އާއި ދެކޮޅަށް ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗުގެ ތެރެއިން ރޮނާލްޑޯ ބޯޅައާއި އެކު

އަލް ނަޞްރުން އަލް ހިލާލް އާއި ދެކޮޅަށް ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗުގެ ތެރެއިން ރޮނާލްޑޯ ބޯޅައާއި އެކު

ކްރިސްޓިއާނޯ ރޮނާލްޑޯގެ މޮޅު ކުޅުމާއި އެކު ވާދަވެރި އަލް ހިލާލް ބަލިކޮށް، ސައުދީ ޕްރޯ ލީގުގެ ޗެމްޕިއަންކަން ހޯދުމުގެ ރޭހުން އަލް ނަސްރުން އިތުރު ފިޔަވަޅެއް ކުރިއަށް ޖެހިލައިފިއެވެ.

ހިލާލްގެ ދަނޑުގައި ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗުގައި އަލް ނަޞްރުން އަލް ހިލާލް ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ.

މެޗު ފެށިގެން ވެސް އަލް ނަޞްރުން މޮޅު ކުޅުމެއް ދައްކަމުން އައިރު، ލަނޑުޖަހަން ވެސް ރަނގަޅު ފުރުސަތުތަކެއް އެޓީމުން އައީ ތަނަވަސް ކުރަމުންނެވެ. އެގޮތުން އަލް ނަޞްރުން މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައި ވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އަލީ އަލް ހަސަން ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

މި މެޗުގައި އަލް ނަސްރުން ލީޑު ފުޅާކޮށްފައިވަނީ ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައެވެ. ސަޑިއޯ މާނޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ލަނޑު ކާމިޔާބުކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މި ލަނޑަށް ފަހުވެސް ރަނގަޅު ހުސް ފުރުސަތުތަކެއް ރޮނާލްޑޯއަށް ލިބުނެވެ. ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ.

ދެޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، އެންމެ ފަހުގެ ޗެމްޕިއަން އަލް ހިލާލަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ މެޗުގެ 62 ވަނަ މިނެޓުގައި ކޯނަރަކުން އެޓީމުގެ އަލީ އަލް ބުލައިހީ ކާމިޔާބުކޮށްދިން ލަނޑާއެކުގައެވެ. ނަމަވެސް އަލް ހިލާލުގެ ބަދަލު ކުޅުންތެރިޔާ މޫތެބް އަލް ހަރްބީއަށް ހެދުނު ގޯހެއްގެ ސަބަބުން ވީއޭއާރް ބެލުމަށްފަހު އަލް ނަސްރަށް ރެފްރީ ދިން ޕެނަލްޓީއާ ހިސާބުން އަނެއްކާވެސް މެޗުގެ ނަތީޖާ ބަދަލުވެގެންދިޔައެވެ. އެގޮތުން މެޗުގެ 88 ވަނަ މިނިޓުގައި ރޮނާލްޑޯ ވަނީ ޕެނަލްޓީ ކާމިޔާބުކޮށް އަލް ނަސްރަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.

ސައުދީ ޕްރޯ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު މިވަގުތު އަލް ނަސްރު އޮތީ 54 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ. އަލް ނަސްރަށްވުރެ 3 ޕޮއިންޓް އިތުރަށް ހޯދައިގެން އަލް ހިލާލް ދެވަނައިގައި އޮތީ 57 ޕޮއިންޓް ހަމަކޮށްގެންނެވެ. 61 ޕޮއިންޓު ހޯދައިގެން ތާވަލުގެ އެއްވަނައިގައި އޮތީ އަލް އިއްތިހާދެވެ.

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ
16 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

16 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު