Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ

ބިންވެރިންގެ ސައްލާ އަށް ރައީސް އާއި ވަޒީރު ވަޑައި ނުގަތުމުން އާޒިމްގެ ވިދާޅުވުން - "ފިނި ކޮޓަރީގައެއް ނުތިބެވޭނެ، އިތުރު 5 އަހަރު ލިބޭނެ ކަމަށް ހީކޮށްގެން ނުވާނެ"

އާޒިމް ވަނީ ގޯއްޗާއި ފްލެޓް ނުދީ ލަސްވުން ދިފާއުކުރުމަށް އެއްވެސް ބަޔަކު މަސައްކަތްކޮށްގެން ނުވާނެ ކަަމަށް ވިދާޅުވެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 21 ޖެނުއަރީ 2024 | އާދީއްތަ 09:56
އެމްޑީޕީގެ މޭޔަރު ކެންޑިޑޭޓް އާދަމް އާޒިމް

އެމްޑީޕީގެ މޭޔަރު ކެންޑިޑޭޓް އާދަމް އާޒިމް

ބިންވެރިންގެ ސައްލާ އަށް ރައީސް ޑރ.މުހައްމަދު މުއިއްޒު އާއި ހައުސިން މިނިސްޓަރ ޑރ.އަލީ ހައިދަރު ވަޑައި ނުގަތުމުން އިންތިޚާބީ މޭޔަރ އާދަމް އާޒިމް އެ ދެ ބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ބިންވެރިންގެ ސައްލާގެ ނަމުގައި ކުރިއަށް ގެންދިޔަ ސައްލާގައި އޭނާ ވަނީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދިނުމަށް ސަރުކާރަށް ގޮވާލައްވާފައެވެ. އާޒިމް ވަނީ އެ ރައްޔިތުންގެ އަޑު ރަނގަޅަށް ސަރުކާރުން އެހި ނަމަ އެ ސައްލާގައި ހުންނާނީ މިނިސްޓަރ ނުވަތަ ރައީސުލްޖުމްހޫރިއްޔާ ކަމަށް ވެސް ވިދާޅުވެފައެވެ. 40 އަހަރު ވަންދެން ބޯހިޔާވަހިކަމުގެ ދަތިކަމުގައި އާއްމުން އުޅެމުންދާ އިރު ސަރުކާރުން އެކަމަށް ދޭ އަހައްމިއްޔަތުކަން ކުޑަކަން ފެނި ހިތާމަކުރައްވާ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ. އަދި ފިނި ކޮޓަރީގައެއް ނުތިބެވޭނެ ކަމަށާއި އިތުރު 5 އަހަރު ލިބޭނެ ކަމަށް ހީކޮށްގެން ނުވާނެ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ. އާޒިމް ވަނީ ގޯއްޗާއި ފްލެޓް ނުދީ ލަސްވުން ދިފާއުކުރުމަށް އެއްވެސް ބަޔަކު މަސައްކަތްކޮށްގެން ނުވާނެ ކަަމަށް ވިދާޅުވެފައެވެ.

Advertisement - newsAdvertisement

މިއީ ރައްޔިތުންގެ އަސާސީ ހައްގެއް ކަމަށާއި އެއީ ސިޔާސީ ވާހަކައެއް ކަަމަށް ޤަބޫލު ނުކުރައްވާ ކަމަށް އާޒިމް ވިދާޅުވިއެވެ. އާއްމުންގެ އަޑު އަހާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަކީ މިއަދު އެންމެންގެ ވެސް ޒިންމާ އެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އާޒިމް ވަނީ މާލެ އާއި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ދޭންވާނީ މާލެ ސަރަހައްދުން ކަމަށް ވިދާޅުވެފައެވެ. މާލެ ސިޓީ ކައުންސިލްގެ މޭޔަރގެ އިންތިޚާބުގައި އޭނާ އަށް ކާމިޔާބު ލިބުމުން އެނގޭ ކަމަކީ ރައްޔިތުން ގޯތި ބޭނުން ވަނީ ބްރިޖަކުން ދެވޭ ހިސާބުގައި އޮތް ތަނަކުންކަން ކަމަށް އާޒިމް ވިދާޅުވިއެވެ.

ހޮނިިރު ދުވަހުގެ ރޭ ބޭއްވި ބިންވެރިންގެ ސައްލާގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ މާލޭގެ މޭޔަރގެ ބައި އިލެކްޝަންގައި އާއްމުން ދިން މެސެޖަކީ އާއްމުން ބޭނުން ވަނީ ބްރިޖަކުން ދެވޭ ތަނަކަށް ދިއުމުގެ މެސެޖްކަމަށެވެ. އެތައް ޒަމާނެއްވަންދެން ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ އަށް މިދިޔަ ސަރުކާރުން ހައްލެއް ގެންނަން ފަށާފައިވާ ކަަމަށާއި އެ މަސައްކަތް ރަނގަޅަށް ކުރިއަށް ގެންދިއުމަށް ސަރުކާރަށް އާޒިމް ވަނީ ގޮވާލައްވާފައެވެ. އަދި ފުށިދިއްގަރުފަޅު ހިއްކުމުގެ ބަދަލުގައި އަވަހަށް އާއްމުންނަށް ދެވޭނެ ތަނެއްގައި އަސާސީ ޚިދުމަތްތައް ހަމަޖައްސާދެއްވުން އެދިވަޑައިގަންނަވާ ކަަމަށް ވެސް އާޒިމް ވިދާޅުވިއެވެ. އެގޮތުން އުތުރުތިލަފަޅު ފަދަ ކުރީ ސަރުކާރުން ހިއްކަން ފަށާފައިވާ ތަންތަން ނިންމުމުގެ މަސައްކަތް ސަރުކާރުން އަވަސްކޮށްދިނުމަށް ވެސް އޭނާ ވަނީ އެދިވަޑައިގައިގަންނަވާފައެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު