Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުނޫޒް ޖަލްސާ

ގާނޫނުއަސާސީއާއި އެއްގޮތަށް ވެރިކަން ކުރަން އުނދަގޫނަމަ ރައީސް އިސްތިއުފާ ދެއްވާ: ގާސިމް

ދުސްތޫރާއި އެއްގޮތަށް ވެރިކަން ކުރަން އެނގިވަޑައި ނުގަންނަވާ ނަމަ އިސްތިއުފާ ދެއްވަން ޖެހޭ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 31 ޖުލައި 2017 | ހޯމަ 01:11
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް

ގާނޫނުއަސާސީއާ އެއްގޮތަށް ވެރިކަން ކުރަން އުނދަގޫނަމަ ރައީސް އަބުދުﷲ ޔާމީން ރައީސްކަމުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގޮވާލައްވައިފިއެވެ.

މާފަންނު ކުނޫޒްގައި، އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް އިބްރާހިމް ވިދާޅުވީ، ރާއްޖޭގައި އޮތީ ތިން ބާރު ވަކިވެފައިވާ ވަރަށް ފުރިހަމަ ނިޒާމެއްކަމަށާ ވެރިކަން ކުރަންޖެހޭނީ އެ ނިޒާމުގެ ތެރެއިންކަމަށެވެ. ވެރިކަން ކުރުމަށް ބޭފުޅަކާއި ގައުމުގެ ޒައާމަތު ހަވާލުކުރަނީ ގާނޫނުއަސާސީ އާއި އެއްގޮތަށް އަމަލުކުރުމަށް ކަމަށާއި ގާނޫނުއަސާސީއާއި އެއްގޮތަށް ވެރިކަން ކުރަން އުނދަގޫނަމަ އޮތީ ގާނޫން އަސާސީއަށް ބަދަލުނުގެނެސް ރައީސުލްޖުމްހޫރިއްޔާގެ މަގާމުން އިސްތިއުފާދިނުންކަމަށެވެ.

ދިވެހިރާއްޖޭގެ ދުސްތޫރީ އޮނިގަނޑު ފަރުމާކުރެވިފައި ވަނީ "ޑެޑްލޮކް" އަކަށް ކަމަށް ވިދާޅުވެ ދައުލަތް ހުއްޓުމަކަށް ގެނެވޭނޭ ފަދަ މަގުތަކެއް ނުވަތަ ފުރުސަތުތަކެއް ދުސްތޫރީ އޮނިގަނޑުގައި ފަހިވާ ކަމަށް ވިދާޅުވެ، ރައީސް ޔާމީން ދެއްކެވި ވާހަކަތަކަށް ފާޑުވިދާޅުވަމުން ގާސިމް ވިދާޅުވީ، ވެރިކަން ކުރަން ހުންނަ މީހަކު ބޭނުންހާ ގޮތަކަށް ގާނޫނުއަސާސީއަށް ބަދަލު ނުގެނެވޭނެކަމަށާއި ގާނޫނުއަސާސީ އޮތްގޮތުން ވެރިކަން ކުރައްވަން ދަތިކަމަށް ވިދާޅުވެ ވާހަކަދެއްކެވުމަކީ ލަދުވެތިވާންޖެހޭ ކަމެއްކަމަށެވެ.

"ގާނޫނު އަސާސީ އޮތްގޮތުން ޑެޑްލޮކަކަށް އައީއްޔޭ، ރައްޔިތުން މަޖިލީހުގައި ޕެޑްލޮކް އެކޭ އަޅުވާނީ އޭ ބުނުމުން ދިވެހި ތާރީޚް އެބަޔަކަށް މަލާމާތް ކުރާނެ" ގާސިމް ވިދާޅުވިއެވެ.

ރައީސް ޔާމީނަށް ގާނޫން އަސާސީގައި އޮތްގޮތަށް ވެރިކަން ކުރައްވަން ދަތިފުޅުނަމަ މަގާމުން އިސްތިއުފާދިނުމަށް ގާސިމް އިބްރާހިމް ވަނީ ގޮވާލައްވާފައެވެ. ރައްޔިތުންގެ މަޖިލީހުގެ 6 މެންބަރެއްގެ ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާތީ އެކަމާއި ގުޅޭ ގޮތުން ފާޑު ވިދާޅުވަމުން ގާސިމް ވިދާޅުވީ، މެންބަރުންގެ ގޮނޑީގެ މައްސަލައަކީ ވަރަށް ސާފު މައްސަލައެއްކަމަށާ މެންބަރުންގެ ގޮނޑި ގެއްލޭނެ އެއްވެސް ހާލަތެއް މެދުވެރިވެފައިނުވާކަމަށެވެ. ކުރިން ކައުންސިލަރުން ޕާޓީ ބަދަލުކުރުމުގެ މައްސަލާގައިވެސް ސުޕްރީމްކޯޓުން ހުކުމެއް އިއްވާފައިވާކަމަށާ މަޖިލީސް މެންބަރުންގެ މައްސަލާގައިވެސް އެކޯޓުން އަދުލްވެރި ހުކުމެއް އިއްވާނެކަމަށް އުންމީދުކުރައްވާކަމަށް ގާސިމް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ ސުޕްރީމް ކޯޓުން މެންބަރުންގެ ގޮނޑި ގެއްލޭނެ ހާލަތެއް ކަނޑައަޅާ ނެރުނު ހުކުމުން ޖުލައި މަހުގެ 13 ވަނަ ދުވަހުގެ ކުރިން ޕާޓީން ވަކިވުމަށް ސިޓީ ހުށައަޅާފައިވާ އެއްވެސް މެންބަރެއްގެ ގޮނޑި ނުގެއްލޭނެކަން ސާފުކޮށް އިނގޭކަމަށެވެ.

މެންބަރުންތަކެއްގެ ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވަނީ ގާނޫނާއި ޚިލާފަށްކަން ފާހަގަކުރައްވަމުން ގާސިމް ވަނީ އަދުލުވެރި ނިންމުމެއް ކޯޓްތަކުން އެކަމުގައި ނިންމަވާނެކަމަާމެދު ޝައްކު ނުކުރައްވާކަމަށް ވިދާޅުވެފައެވެ.

މެންބަރުންތަކެއް ނުހައްގުން ޖަލަށްލާފައިވާތީ މިހާރުން މިހާރަށް އެ މެންބަރުން ދޫކޮށްލުމަށް ގާސިމް ވަނީ ގޮވާލައްވާފައެވެ. ގާސިމް ވިދާޅުވީ ފުލުހުން އެދުނުނަމަވެސް އަދި އެހެން ފަރާތަކުން އެދުނު ނަމަވެސް ގާނޫނީ އިމުން ބޭރުން މެންބަރުން އަދި އާންމު ރައްޔިތުން ޖަލުގޮޅީގައި ބަންދުކުރުމަށް ފުރުސަތު ނުދެެއްވުމަށް ކޯޓްތަކަށް ގޮވާލައްވާކަމަށެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު