Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުނޫޒް ޖަލްސާ

އަންހެނަކަށް ހަމައެކަނި ޤާޒީއަކަށް ވެވޭނީ މަދަނީ މައްސަލަތަކުގައި : ޑރ. މަޖީދު

ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހު ނުތަނަވަސްވެފައިވަނީ ސުޕްރީމް ކޯޓުން ނެރުނު ޤަރާރާއި ގުޅިގެން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 30 ޖުލައި 2017 | އާދީއްތަ 17:50
ޖަލްސާގައި ޑރ. މަޖީދު ވާޙަކަފުޅު ދައްކަވަނީ

ޖަލްސާގައި ޑރ. މަޖީދު ވާޙަކަފުޅު ދައްކަވަނީ

އަންހެނަކަށް ހަމައެކަނި ޤާޒީއަކަށް ވެވޭނީ މަދަނީ މައްސަލަތަކުގައި ކަމަށާއި ޖިނާއީ މައްސަލަތަކުގައި ނޫންކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ ވިދާޅުވެއްޖެއެވެ.

އާދީއްތަ ދުވަހުގެރޭ މާފަންނު ކުނޫޒްގައި އިދިކޮޅު ކޯލިޝަންގެ ފަރާތުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ. މަޖީދު ވިދާޅުވީ ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހު ނުތަނަވަސްވެފައިވަނީ ސުޕްރީމް ކޯޓުން ނެރުނު ޤަރާރާއި ގުޅިގެން ކަމަށާއި ކޯޓުތަކުން ކަންތައްތައް ނިންމަންވާނީ ޤާނޫނާ އެއްގޮތަށްވާ ގޮތުގެމަތިން ކަމަށެވެ.

"އެއްވެސް ފަރާތެއްގެ ނުފޫޒަކަށް އެއްވެސް ކޯޓެއްގެ ފަނޑިޔާރަކު ތަބާވާކަށް ނުޖެހޭ. ސަރުކާރުވެސް އަދި އެހެން ބަޔަކުވެސް ދައްކަވާ ބިރަކަށް، ފޯރުވާ ނުފޫޒަކަށް ތަބާވާކަށް ނުޖެހޭ. އެބޭފުޅުން ވިސްނާ ވަޑައިގަންނަވަން ޖެހޭ ވަރަށް މުހިންމުކަމެއް އެބައޮތް،އެއީ ސަރުކާރަށް ވެސް ޤާނޫނުގެ ކުރިމަތީގައި އެއްވެސް ބޭފުޅަކު ޤާނޫނާ ޙިލާފުވެގެންދާ ހާލަތެއްގައި ހިމާޔަތެއް ނުދެވޭނެކަން" ޑރ. މަޖީދު ވިދާޅުވިއެވެ.

ޑރ. މަޖީދު ވިދާޅުވީ ސުޕްރީމްކޯޓުގެ އިސް ފަނޑިޔާރުންގެ ޤާނޫނީ ޒިންމާ އަދާކުރުމަށް އިލްތިމާސްކުރައްވާކަމަށާއި ޤާނޫނުން ރެކިގަނެގެން ސަލާމަތްވާން އުޅުނުކަމުގައި ވިޔަސް ޤިޔާމަތްދުވަހުން ހުރިހާ އެންމެންވެސް ޖަވާބުދާރީ ކުރުވިގެންދާނެކަމަށެވެ. ޤާޒީނަށްވެސް ސަރުކާރުން ނުފޫޒު ފޯރުވައިގެން ރިޝްވަތުދީގެން ކަންތައްތައް ކުރަން އުޅޭނެކަމަށް ޑރ މަޖީދުވަނީ ފާހަގަކުރައްވާފައެވެ.

ޑރ. މަޖީދު އިތުރަށް ވިދާޅުވީ ދިވެހިސަރުކާރަށް އެއްވެސް މީހަކަށް ނުޙައްގުން އަނިޔާ ނުކުރުމަށް ގޮވާލާކަމަށާއި ނުހައްޤުން ޖަލަށް ލެވިފައިވާ ހުރިހާ އެންމެން ދޫކޮށްލަން ސަރުކާރަށް ގޮވާލާކަމަށެވެ.

އިތުރަށް ކިޔާލަން

15 ޖޫން 2017

ބިދޭސީންގެ ވޯކް ވިޒާ މެޑިކަލް ހެއްދުމުގެ ހުއްދަ ހަމައެކަނި ހަތަރު ފަރާތަކަށް

15 ޖޫން 2017
ބިދޭސީންގެ ވޯކް ވިޒާ މެޑިކަލް ހެއްދުމުގެ ހުއްދަ ހަމައެކަނި ހަތަރު ފަރާތަކަށް
30 މެއި 2017

ޖުލައި 1 ން ފެށިގެން ކުނި ނަގާ އުކޭނީ ހަމައެކަނި ވެމްކޯއަށް: އީޕީއޭ

30 މެއި 2017
ޖުލައި 1 ން ފެށިގެން ކުނި ނަގާ އުކޭނީ ހަމައެކަނި ވެމްކޯއަށް: އީޕީއޭ
26 މެއި 2017

ރަމަޟާން މަހަށް ތައްޔާރުވެވޭނީ ފާފަތަކުންނާއި މުންކަރާތްތަކުން ދުރުހެލިވެގެން: ހުކުރު ޚުތުބާ

26 މެއި 2017
ރަމަޟާން މަހަށް ތައްޔާރުވެވޭނީ ފާފަތަކުންނާއި މުންކަރާތްތަކުން ދުރުހެލިވެގެން: ހުކުރު ޚުތުބާ
14 މެއި 2017

ޤާނޫނުތައް ބާތިލްކުރުމުގެ ބާރަކީ ހަމައެކަނި ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ބާރެއް: މައުމޫނު

14 މެއި 2017
ޤާނޫނުތައް ބާތިލްކުރުމުގެ ބާރަކީ ހަމައެކަނި ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ބާރެއް: މައުމޫނު
02 އެޕްރީލު 2017

ރައްޔިތުން މަދަނީ ބަސްނޭހުމަކަށް ގޮސް، ނޫނެކޭ ބުނެފި:ޝިފާ

02 އެޕްރީލު 2017
ރައްޔިތުން މަދަނީ ބަސްނޭހުމަކަށް ގޮސް، ނޫނެކޭ ބުނެފި:ޝިފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު