Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބިދޭސީ މީހުންގެ ވޯކް ވިޒާ

ބިދޭސީންގެ ވޯކް ވިޒާ މެޑިކަލް ހެއްދުމުގެ ހުއްދަ ހަމައެކަނި ހަތަރު ފަރާތަކަށް

ޕްރައިވެޓް އެއްވެސް ކްލިނިކްއަކުން ބިދޭސީންގެ މެޑިކަލް ނުހެދޭނެ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 15 ޖޫން 2017 | ބުރާސްފަތި 08:59
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިން

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިން

ރާއްޖެ އަށް ގެންނަ ބިދޭސީ މަސައްކަތު މީހުންގެ ވޯކްވިޒާ ހަތަރު ފަރާތަކުން ނުނީ ނުހެދޭ ގޮތަށް ހެލްތު މިނިސްޓްރީން ކަނޑައަޅައިފިއެވެ.

ހެލްތް މިނިސްޓްރީން ބުރާސްފަތި ދުވަހު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ރާއްޖެ އަށް ގެންނަ ބިދޭސީ މަސައްކަތު މީހުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކީ ގައިގަޔަށް އަރާ ބަލިތައް ފެތުރެމުންދާ ހިސާބްތަކުން އަންނަ މީހުން ކަން އެ އިދާރާ އަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ހެލްތު މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވާ ގޮތުގައި މިފަދަ މީހުންގެ ސަބަބުން ގައިންގަޔަށް އަރާ ބަލިތައް ރާއްޖޭގައި އިތުރަށް ފަތުރެމުން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

އެހެން ކަމުން މިކަން ހައްލު ކުރުމަށްޓަކައި ރާއްޖެ އަށް ނިދޭސީ މަސައްކަތު މީހުން ހަދަން ޖެހޭ ވޯކްވިޒާ މެޑިކަލް ޗެކްޕް ހެދުމުގެ މަސައްކަތް ހަރަދަނާ ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި 22 ޖޫން އިން ފެށިގެން ވޯކްވިޒާ މެޑިކަލްސްގެ ގޮތުގައި ބަލައި ގަނެވޭނީ އައިޖީއެމްއެޗް ހޮސްޕިޓަލުން ހަދާ ވޯކްޕާމިޓް މެޑިކަލްސް އާއި އޭޑީކޭ ހޮސްޕިޓަލުން ހަދާ ވޯކްޕާމިޓް މެޑިކަލް އާއި ހުޅުމާލެ ހޮސްޕިޓަލުން ހަދާ ވޯކްޕާމިޓް މެޑިކަލްސްގެ އިތުރުން އަތޮޅުތެރޭގައި ގާއިމް ކޮށްފައިވާ ސަރުކާރުގެ ހިދުމަތްދޭ ހޮސްޕިޓަލްތަކުން އެކަނި ހަދާ ވޯކްޕާމިޓް މެޑިކަލްސް ކަމަށް ހެލްތް މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނެފައި ވެއެވެ.

މި އަހަރުގެ ކުރީކޮޅު ވެސް ބިދޭސީންގެ ވޯކް ވިޒާގެ މެޑިކަލްގެ ފޭކް ރިޕޯޓްތަކެއް ހާމަވުމާ ގުޅިގެން އޭޑީކޭ އާއި އޭއެމްޑީސީގެ މެޑިކަލް ރިޕޯޓް ބަލައި ނުގަތުމަށް ނިންމި އެވެ. ނަމަވެސް ފަހުން ފަހުން ވަނީ އެ ދެ ތަނަށް ވެސް ހުއްދަ ދީފައެވެ. ނަމަވެސް މި ފަހަރު ހުއްދަ ދީފައި ވަނީ ހަމައެކަނި ސަރުކާރުން ތަންތަނަށާއި އޭޑީކޭ އަށް އެކަންޏެވެ. އޭއެމްޑީސީ އަށް އަދި އަމިއްލަ އެއްވެސް ކްލިނިކްގެ ރިޕޯޓްތައް ބަލައިނުގަންނަން ހެލްތު މިނިސްޓްރީން ވަނީ ނިންފާއެވެ.

އިމިގްރޭޝަނުން ބުނީ 22 ވަނަ ދުވަހުން ފެށިގެން ހެލްތު މިނިސްޓްރީގެ އެންގުމާ އެއްގޮތަށް އެ އިދާރާ އިން އަމަލުކުރަން ފަށާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

18 ޖުލައި 2017

އިހަވަންދޫ މަރުގެ މައްސަލާގައި ހައްޔަރުކުރި 6 ބިދޭސީންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

18 ޖުލައި 2017
އިހަވަންދޫ މަރުގެ މައްސަލާގައި ހައްޔަރުކުރި 6 ބިދޭސީންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
16 ޖުލައި 2017

ބިދޭސީންގެ މުސާރަ އެކައުންޓަށް ޖަމާނުކުރުމުން ޖޫރިމަނާކުރުން ފަސްކޮށްފި

16 ޖުލައި 2017
ބިދޭސީންގެ މުސާރަ އެކައުންޓަށް ޖަމާނުކުރުމުން ޖޫރިމަނާކުރުން ފަސްކޮށްފި
15 ޖުލައި 2017

މޯލްޑިވްސް ސާރޖަންސް އެސޯސިއޭޝަންއިން ވޯކްޝޮޕެއް އައްޑޫ ސިޓީގައި ކުރިއަށް ގެންގޮސްފި

15 ޖުލައި 2017
މޯލްޑިވްސް ސާރޖަންސް އެސޯސިއޭޝަންއިން ވޯކްޝޮޕެއް އައްޑޫ ސިޓީގައި ކުރިއަށް ގެންގޮސްފި
08 ޖުލައި 2017

ޓައިނީ ހާޓްސްގެ މެޑިކަލް ކޭމްޕް ނިމިއްޖެ

08 ޖުލައި 2017
ޓައިނީ ހާޓްސްގެ މެޑިކަލް ކޭމްޕް ނިމިއްޖެ
07 ޖުލައި 2017

ޓައިނީ ހާޓްސްގެ މެޑިކަލް ކޭމްޕް ފަށައިފި

07 ޖުލައި 2017
ޓައިނީ ހާޓްސްގެ މެޑިކަލް ކޭމްޕް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު