Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހުކުރު ޚުތުބާ

ރަމަޟާން މަހަށް ތައްޔާރުވެވޭނީ ފާފަތަކުންނާއި މުންކަރާތްތަކުން ދުރުހެލިވެގެން: ހުކުރު ޚުތުބާ

ރޯދަމަހުގެ ބަރަކާތްތެރިކަން ލިބުމަށްޓަކައި މާއްދީގޮތުންނާއި ރޫހާނީ ގޮތުންވެސް ތައްޔާރުވާން ޖެހޭ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 26 މެއި 2017 | ހުކުރު 12:56
އިސްލާމީ މަރުކަޒު

އިސްލާމީ މަރުކަޒު

ރަމަޟާން މަހަށް ތައްޔާރުވެވޭނީ ނަފްސުތައް ހެޔޮކަންތަކަށް ހާނުވައި ފާފަތަކުންނާއި މުންކަރާތްތަކުން ނަފްސު ދުރުހެލިކޮށްގެން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުތުބާގެ މައުޟޫއަކީ"ރަމަޟާން މަހަށް މަރުހަބާ ކިޔުން" އެވެ. ހުކުރު ޚުތުބާގައި ބުނެފައިވަނީ ރޯދަމަހުގެ ބަރަކާތްތެރިކަން ލިބުމަށްޓަކައި މާއްދީގޮތުންނާއި ރޫހާނީ ގޮތުން ވެސް ތައްޔާރުވާން ޖެހޭ ކަމަށެވެ.

ރަމަޟާން މަހަކީ ހެޔޮކަމުން ފުރިގެންވާ މައްސަރަކަށްވާއިރު އެމަހުގެ ސަވާބު ފުރިހަމަ ކުރުމަށްޓަކައި ތައްޔާރީތަކެއް ވާން ޖެހޭކަމަށާއި އެކަން ކުރަންޖެހެނީ އާޚިރަތުގެ ކާމިޔާބީ އާއި ބާއްޖަވެރިކަން ލިބިގަނެ، ނަރަކައިން މިންޖުވުމަށް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

"ބަރަކާތްތެރި ރަމަޟާން މަހަކީ ހެޔޮކަމުން ފުރިގެންވާ މަހެކެވެ. އަޅުގަނޑުމެންގެ އުޚުރަވީ ހަޔާތް ބާއްޖަވެރިކުރުމަށް ލިބިފައިވާ އަގުހުރި ދުވަސްތަކެވެ. ރަމަޟާން މަހަށް ހަނދުބަލާއިރު ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވި ނަރަކައިގެ ދޮރުތައް ބަންދު ކުރެވޭ ހުއްޓެވެ." ހުކުރު ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ރަމަޟާން މަހަކީ ޤުރުއާން ބާވައިލެއްވުނު މައްސަރުކަމަށްވުމާއެކު އެ މަހުގެ ހެޔޮކަން އެއްހާސްމައްސަރުގެ ހެޔޮކަމަށްވުރެ ބޮޑުވެގެންވާ ކަމަށް ހުކުރުޚުތުބާގައި ބުނެފައިވެއެވެ. ރަސޫލާ (ސ) ގެ ހަދީސް ބަސްފުޅަށް އިޝާރަތް ކުރައްވާ ހުރިހާ މައްސަރުތަކުގެ ތެރެއިން އެންމެ ބަރަކާތްތެރި މައްސަރަކީ ރަމަޟާން މަސްކަމަށް ހުކުރުޚުތުބާގައި ބުނެފައިވެއެވެ.

"ރަސޫލާ (ސ) ހަދީސް ކުރައްވާފައި ވަނީ މައްސަރުތަކުގެ ތެރެއިން އެންމެ މާތްވެގެންވާ ބަރަކާތްތެރި މަސް އަތުވެއްޖެއެވެ. ފަހެ، އެމަހަށް މަރުހަބާއެވެ." ހުކުރު ޚުތުބާގައި ބުނެފައިވެއެވެ.

މިއަހަރުގެ ރަމަޟާން މަސް ފެށެނީ މެއި މަހުގެ 27 ވަނަ ދުވަހުގައެވެ.

އިތުރަށް ކިޔާލަން

18 މެއި 2017

ރަމަޟާން މަހުގައި ވިޔަފާރިކުރެވޭނެ ވަގުތުތައް އިކޮނޮމިކް މިނިސްޓްރީ ކަނޑައަޅައިފި

18 މެއި 2017
ރަމަޟާން މަހުގައި ވިޔަފާރިކުރެވޭނެ ވަގުތުތައް އިކޮނޮމިކް މިނިސްޓްރީ ކަނޑައަޅައިފި
17 މެއި 2017

މަގު ހެދުމުގެ މަސައްކަތް ރޯދަ މަހަށް މެދު ކަނޑާލައިފި

17 މެއި 2017
މަގު ހެދުމުގެ މަސައްކަތް ރޯދަ މަހަށް މެދު ކަނޑާލައިފި
14 މެއި 2017

ރޯދަ މަހަށް އެސްޓީއޯއިން ފިޔައި، އަލުވި، ބިސް ވިއްކާނެ އަގުތައް ހާމަކޮށްފި

14 މެއި 2017
ރޯދަ މަހަށް އެސްޓީއޯއިން ފިޔައި، އަލުވި، ބިސް ވިއްކާނެ އަގުތައް ހާމަކޮށްފި
04 މެއި 2017

ރަމަޟާން މަހާ ދިމާކޮށް ސައުދީން ރާއްޖެ އަށް 50 ޓަނުގެ ކަދުރު ހަދިޔާ ކޮށްފި

04 މެއި 2017
ރަމަޟާން މަހާ ދިމާކޮށް ސައުދީން ރާއްޖެ އަށް 50 ޓަނުގެ ކަދުރު ހަދިޔާ ކޮށްފި
16 މާރިޗު 2017

މަހަށް ނުކުމެ އުޅުނު ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި

16 މާރިޗު 2017
މަހަށް ނުކުމެ އުޅުނު ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި
13 މާރިޗު 2017

މަހަށް ނުކުމެ އުޅުނު ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި

13 މާރިޗު 2017
މަހަށް ނުކުމެ އުޅުނު ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި
12 މާރިޗު 2017

ރާއްޖެޓީވީ އަބުރު ފަންޑަށް ފައިސާ ހޯދަން ހިންނަވަރު ރައްޔިތުން މަހަށް ދަނީ

12 މާރިޗު 2017
 ރާއްޖެޓީވީ އަބުރު ފަންޑަށް ފައިސާ ހޯދަން ހިންނަވަރު ރައްޔިތުން މަހަށް ދަނީ
07 ފެބުރުއަރީ 2017

ޝެއިހު އިމްރާނުގެ އިސްތިއުނާފް 10 މަހަށް ފަހު ބުދަ ދުވަހަށް ތާވަލްކޮށްފި

07 ފެބުރުއަރީ 2017
ޝެއިހު އިމްރާނުގެ އިސްތިއުނާފް 10 މަހަށް ފަހު ބުދަ ދުވަހަށް ތާވަލްކޮށްފި
28 ޖެނުއަރީ 2017

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

28 ޖެނުއަރީ 2017
ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު